ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް
ހަބަރު
04 Oct 2022 | 13:35
ރިސޯޓުތަކުގައި ކެސިނޯ ހިންގުމާ ގުޅޭ ގޮތުން މަޝްވަރާކުރެވެންޖެހޭ: މަހްލޫފް

ރާއްޖޭގެ ރިސޯޓުތަކުގައި ކެސިނޯ ހިންގުމާ ގުޅޭ ގޮތުން މަޝްވަރާކުރެވެންޖެހޭކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، ކެސިނޯގެ ނަން ބުންޏަސް އަދި އެ ވާހަކަ ދައްކަވަން ފެއްޓެވިއަސް އެ ވާހަކަދައްކަވާ ބޭފުޅުން ގޯސްވެ ކުށްވެރިވާ ކަމަށެވެ. 

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖާބިރު ވަނީ ރާއްޖޭގެ ރިސޯޓުތަކުގައި ބަނގުރާ ވިއްކަމުންދާތީ ކެސިނޯ ނުހިންގެންވީ ސަބަބެއް ނެތްކަމަށް ވިދާޅުވެ، ވާހަކަ ދައްކަވާފައެވެ.

ޖާބިރުގެ މިވާހަކަތަކާއި ގުޅިގެން މަހްލޫފް ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުގައި ބަރާބަރަށް ރާ ވިއްކައި ހުރިހާ ސަކަރާތެއް ޖަހާ ކަމަށެވެ. އަދި ރާ ވިއްކުން ހަރާމް ކުރުމަށް ނޫނެކޭ ބުނެފައި ކެސީނޯ ހިންގުން ހަރާމްނުކުރެވޭނެ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

"ކެސިނޯގެ ވާހަކަ ފަށާފައި ހަމަ ބުނާއިރަށް ބުނޭ ހަރާމޭ. ރާ ވިއްކުން ހަރާމެއް ނޫނޭ، ކެސީނޯގެ މަސައްކަތް ފަށާ ވާހަކަދައްކާއިރަށް އެ ހަރާމެއް ނުކުރެވޭނޭ،" މަހުލޫފު ވިދާޅުވިއެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވާއިރު، މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ކެސީނޯ ލައިސަންސް ދިނުމާ ގުޅޭ ގޮތުން ތަކުރާރުކޮށް ވަރަށް ގިނައިން ސުވާލު އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ކެސީނޯ ލައިސަންސް ދިނުމަކީ އެއްވެސް ގަވައިދަކުން މަނާކުރާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.