އަލީ އާޒިމް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
04 Oct 2022 | 23:13
ވެހިކަލެއް ނެތް ރަށްރަށުގައިވެސް ސަރުކާރުން މުސާރަ ދޭ ޑްރައިވަރުން އެބަ ތިބި: އާޒިމް

ސަރުކާރު ހިންގުމަށް ރައްޔިތުންގެ އަތުން ފައިސާ ނަގަމުންދާއިރު ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަން ފާހަގަކުރައްވާ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ. 

އާޒިމް ވިދާޅުވީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީއިން އަންގާފައި ވީނަމަވެސް އެ އަމުރަށް އެއްވެސް ވަރަކަށް އަމަލުކުރަމުން ނުދާކަމަށެވެ. އެގޮތުން ސިޔާސީ މަގްސަދުތައް ހާސިލުކުރުމަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރަމުންދާއިރު، ބޭނުންނުހިފޭ ވަޒީފާތައް އުފައްދައިގެންވެސް ވަޒީފާތައް ދެމުންދާކަމަށް އާޒިމް ވިދާޅުވިއެވެ. 

އޭގެ ތެރޭގައި ބައެއް ރަށްރަށުގައި ދުއްވާނެ ވެހިކަލެއް ނެތް އިރު ޑްރައިވަރުންގެ ގޮތުގައި ވަޒީފާތައް ދީގެން އެމީހުންނަށް ސަރުކާރުން މުސާރަ ދެމުންދާކަން އާޒިމް ފާހަގަކުރެއްވިއެވެ. 

"ވަޒީފާ ދިނުމުގެ ވިސްނުމުގައި އެބަދޭ، ދުއްވާ ވެހިކަލެއް ނެތް ރަށްރަށުގައި އެބަތިބި ހަމައެކަނި ސިޔާސީ މަގްސަދަށްޓަކައި ޑްރައިވަރުން ގެ ވަޒީފާ ދީފަ. ވެހިކަލެއް ނެތް ރަށްރަށުގައި ތިން ހަތަރު މީހުންނަށް ވަޒީފާ ދީފައި، އޭ ކީއްވެގެން، ހަމައެކަނި އެންމެ ބޭނުމަކަށް، ސިޔާސީ ގޮތުން އޭނާ އަށް ދޭން ޖެހޭ ތަންކޮޅެއް ބޮޑު އާއިލާއަކަށް ވީމަ"

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް 

އާޒިމް އިތުރަށް ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ސަރކިއުލާގައި ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ އިވެންޓުތައް މަދުކުރުމަށް އަންގާފައިވާކަމަށެވެ. 

އެހެން ނަަމަވެސް ފާއިތުވި ހަފްތާގައިވެސް ސަރުކާރުން އެތައް އިވެންޓެއް ބާއްވާފައިވާއިރު، އެއިން އެއްވެސް އިވެންޓަކުން ރައްޔިތަކަށް ކުރި މަންފާއެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. 

އެކަންކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ސަރުކާރުގެ ޚަރަދުތައް ކުޑަ ނުކޮށް، ސަރުކާރު ހިންގުމަށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ހުށައެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ސަރުކާރު ހިންގުމަށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ނުކޮށް، އެހެން ގޮތެއް ހޯދަން ޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ. 

ކޮމެންޓް
ާާޢަލިފުޅުބެ
ޖަލްސާއަށް ހާޒިރުނުވާ މެމްބަރުންނަށް މުސާރަ ލިބޭ. އެހެންވީމާ ވެހިކަލްނެތަސް މުސާރަ ލިބޭނެ.
05 Oct 2022
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް