ސައީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
05 Oct 2022 | 11:04
ޔޫސަބަލް ރިޒާވް ގުނުން ގަވަރުނަރަށް އޮތީ މަނާކޮށްފަ: ސައީދު

ދައުލަތުގެ ޔޫސަބަލް ރިޒާވް ގުނުން މަރުކަޒީ ބޭންކުގެ ގަވަރުނަރަށް އޮތީ މަނާކޮށްފައިކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ޚަރަދުކުޑަކުރުމަށް އަހަރަކު އެއްފަހަރު ބައި-އިލެކްޝަން ބޭއްވުމަށް ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ގާނޫނަށް ހުށައެޅި އިސްލާހަށް ބަހުސްކުރައްވަމުންނެވެ. 

ސައީދު ވިދާޅުވީ ޚަރަދު ކުޑަކުރަން ބޭނުންވާކަމަށްވާނަމަ ކުރަންވީ ކަމަކީ ސަރުކާރާއި ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުންކަމަށެވެ. އެގޮތުން މުވައްޒަފުންނަށް މުސާރަ ދެވޭނެ ގާބިލުކަންވެސް މިހާރު ސަރުކާރުގެ ކިބައިގައި ނެތްކަމަށް ސައީދު ވިދާޅުވިއެވެ. 

އެގޮތުން މިފަހުން އިންޑިއާއިން 100 މިލިއަންގެ ލޯނު ނުދިންނަމަ މުވައްޒަފުންނަށް މުސާރަކޮޅުވެސް ނުދެވުނީސްކަމަށް އަޑުތައް ފެތުރިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސީދާ ހަގީގަތަކީ ކޮބައިކަން ނޭނގޭއިރު ދައުލަތުގެ ޔޫސަބަލް ރިޒާވުގައި ހުރީ ކިހާ ވަރެއްކަންވެސް ބެލުމުގެ ހުއްދަ މިހާރު އެމްއެމްއޭގެ ގަވަރުނަރަށްވެސް ނޯންނަކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. 

"ހަމަގައިމުވެސް 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އިންޑިއާއިން އިހައްދުވަހު ނުލިބުނު ނަމަ އަޅުގަނޑު އަޑުއެހުން މުސާރަ ދޭނެ ފައިސާވެސް ނެތް ވާހަކަ. މީގެ ހަގީގަތެއްވެސް ނޭނގޭނެތާ. އެއީ ޔޫސަބަލް ރިޒާވު ގައި ހުރި އަދަދެއްވެސް މިހާރު ގުނުން އަލީ ހާޝިމުގެ މައްޗަށް މަނާ ކުރައްވާފައި ވަނީ"

މާވަށު ދާއިރާގެ މެމްބަރު ސައީދު 

ދައުލަތުގެ ޔޫސަބަލް ރިޒާވް ގުނުމުގެ ބާރު ގަވަރުނަރަށް ނެތްކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ މުހައްމަދު ސައީދު ވިދާޅުވެފައިވާއިރު، ދައުލަތުގެ ރިޒާވްގައި ހުރީ ކިހާ މިންވަރެއްކަން ހާމަކުރުމަށް ފިނޭންސް މިނިސްޓަރު އަމީރު ވަނީ އުޒުރުވެރިވެފައެވެ. 

މިއަހަރުގެ ޖޫންމަހުގެ ކުރީކޮޅު މަޖިލީހުގެ ނައިބުރައީސް އީވާ ވަނީ ދައުލަތުގެ ޔޫސަބަލް ރިޒާވްއާއި ގުޅިގެން ފިނޭންސް މިނިސްޓަރާއި ސުވާލުކުރައްވާފައެވެ. އެހެން ނަމަވެސް އީވާ ސާފުކުރައްވަން އެދިވަޑައިގެން މައުލޫމާތު ހާމަކުރެއްވުމުގެ ބަދަލުގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރިޒާވް ހުސް ނުވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. 

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ޕްރީ-ކޮވިޑް ލެވެލްގައި ދެމެހެއްޓޭނެ ކަމަށެވެ.

ކުރިއާ އަޅައިބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީ މިންވަރެއްގައިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ މިންގަނޑުތަކުގައި ދެމެހެއްޓުމަށް ބޭރު ފައިސާގެ އިންފްލޯ އަދި އައުޓްފްލޯ ގާތުން ބަލަމުންދާ ކަމަށާއި ދިމާވާ ގޮންޖެހުންތަކަށް ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.