ރައީސ ނަޝީދާއި އިމްރާން އަބްދުﷲ
05 Oct 2022 | 12:49
ޢިމްރާންގެ ޖަވާބު މިއޮތީ އަބޮއްފުޅާއި ދަބޮއްފުޅުގެ ވާހަކައަށް ވެފައި: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ސަރުކާރުން ހދ.ނޭކުރެންދޫގައި ޤާއިމުކުރުމަށް ވައުދުވީ ޖަލުގެ މަސައްކަތާ ގުޅިގެން ހޯމް މިނިސްޓަރ ޢިމްރާން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޖަވާބުން ސިފަވަނީ އަނބޮއްފުޅާއި ދަބޮއްފުޅުގެ ވާހަކަ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ. 

ނޭކުރެންދޫ ޖަލުގެ މަސައްކަތް މި ދައުރު ނިމުނުގެ ކުރިން ނިންމާލެވޭނެތޯ އަހައި އިމްރާނާ، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ލިޔުމުން ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި އިމްރާން ވިދާޅުވެފައިވަނީ، އެ ޖަލު އެޅުމަށް 2020 ވަނަ އަހަރުގެ ބަޖެޓުން ޖަލުގެ މަސައްކަތަށް ލިބުނު ފައިސާ ކޮވިޑާ ގުޅިގެން މަދުކުރުމުން ލިބުމުން ލިބުނީ އެންމެ ބައިލައްކަ ރުފިޔާ ކަމަށެވެ.

އެހެން ނަމަވެސް އެ ފައިސާއިން އެ ސަރަހައްދުގައި ހުރި ރުއްގަހަށް ބަދަލު ދެވޭތޯ ބެއްލެވި ނަމަވެސް އެ ފައިސާއިން އެކަން ވެސް ނުކުރެވޭނެ ކަމަށާ، ރުއްގަސް ބަދަލު ކުރަންވެސް ތިންލައްކަ ރުފިޔާއަށް ވުރެެ ގިނަ ފައިސާ ޚަރަދުވެފައިވާ ކަމަށެވެ. އަދި ޖަލުގެ ކޮންސެޕްޓް ޑިޒައިން މަސައްކަތް މި އަހަރުގެ މޭ މަހުގައި ނިމިފައިވާކަމަށާ، އެހެންނަމަވެސް، އަންނަ އަހަރު ނިމުމުގެ ކުރިން ޖަލުގެ މަސައްކަތް ނިންމައިލެވޭނެ ކަމުގައި ނުބެލެވޭ ކަމަށެވެ. ވުމާއެކު ކުރިއަށް އޮތް ދައުރުގައިވެސް އެ މަސައްކަތް ކުރިއަށްދާނެ ކަމުގައި ބެލެވޭ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"މި މަޝްރޫއު [ނޭކުރެންދޫ ޖަލުގެ މަޝްރޫއު] މި ދައުރުގެ ތެރޭގައި ކުރިއަށް ގެންގޮސް ނިންމުމަށް އުއްމީދުކޮށް އެ ޓާގެޓް ހާސިލުކުރުމަށް ގިނަ މަސައްކަތްތައް ކުރެވުނު ނަމަވެސް މި ފައިސާއިން 2023 ވަަނަ އަހަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް އެސްޓިމޭޓްކުރެވެނީ ޖަލުގެ ވަށާ ފާރާއި އަދި ޖަލުގެ ކޮންސެޕްޓާއި ތަފްސީލުކޮށް ކުރެހުމުގެ މަސައްކަތްތައް،" އިމްރާންގެ ޖަވާބުގައި ވިދާޅުވިއެވެ.

އިމްރާން ލިޔުމުން ދެއްވި ޖަވާބު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު އިއްވަވައި ނިންމެވުމުން އެ ޖަވާބަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ، ލިޔުމުން ޖަވާބު ހޯއްދެވުމަށް މެންބަރު ރާއީ ހޯމް މިނިސްޓަރަށް ފޮނުއްވީ ވަރަަށް ސާފު ސާދާ ކުރު ސުވާލެއް ކަމަށެވެ. ނަމަވެސް އެ ސުވާލުގެ ޖަވާބު ވީ އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކައަށް ކަމަށެވެ.

''އަޅުގަނޑު ދެކޭ ގޮތުގައި މި ތަނުގައި މި ހުރިހާ ތަފާސްހިސާބު ކިޔުއްވަން ޖައްސުވައި އަދި އެ ކިޔާ ނިމުނުއިރުގައި މީ އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކައަށް ވެ ދިއުން އެއީ އަޅުގަނޑު ހިތުން އިއްޒަތްތެރި މެންބަރުން ވަރަށް ގިނައިން ވާނީ އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކަ ކިޔުއްވާފަ. އެ ވާހަކައިގަ ވީ ގޮތް އެނގިވަޑައިގަންނަވާނެ. މި އޮތީ ހަމަ ސީދާ އެ ގޮތްވެފަ.'' ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.