މިނިސްޓަރ ޔުމްނާގެ ވަރުގަދަ ރައްދެއް ކަނޑުހުޅުދޫ ކައުންސިލަށް!

Share on facebook
Share on twitter
Share on telegram
Share on whatsapp

ޖިންސީ ގޯނާގެ ތުހުމަތުތައް ނުބެލީ ރަސްމީގޮތުން ހުށަނާޅާތީ ކަމަށްބުނެ، ގއ.ކަނޑުހުޅުދޫ ކައުންސިލުން ބުނި ބަހަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މިނިސްޓަރ ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވަނީ ދެ އަހަރު ނުވާ ތުއްތު ކުއްޖަކު ރަސްމީކޮށް ޝަކުވާ ހުށައަޅާނީ ކިހިނެތްތޯ ނުރުހުމުގެ ރާގެއްގައި އައްސަވާފައެވެ.

ކައުންސިލުން އެ މައްސަލަ ނުބެލީ ރަސްމީކޮށް ހުށަނާޅާތީ ކަމަށް ބުނެފައިވަނީ ރޭޕްގެ މައްސަލައިގައި ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކުރުވުމަށް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ޖެންޑާ ކޮމެޓީން ނިންމައި، އެކަމާ ބެހޭ މައުލޫމާތު ސާފުކުރުމަށް، ގުޅުންހުރި އިދާރާތަކާއި ސުވާލުކުރުމަށް ރޭ ބޭއްވި އެކޮމެޓީގެ ބައްދަލުވުމުގައެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިޔަ އެބައްދަލުވުމުގައި ކޮމެޓީން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކައުންސިލްގެ ރައީސް އަހްމަދު ޝަހީމް ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރާ ކަމުގެ މައުލޫމާތު ލިބޭއިރަށް ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް ކައުންސިލުން އަންގާފައިވާނެ ކަމަށެވެ.

މިވެސް ކިޔާލާ:

ނަމަވެސް ރަށު ތެރޭގައި ދެކެވޭ ކޮންމެ ވާހަކައަކާ ގުޅިގެން ރަސްމީ ހައިސިއްޔަތުން ކަމާބެހޭ ފަރާތަށް އެންގޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވި ގޮތުގައި ކުއްޖާ ރޭޕްކުރި މައްސަލަ ކައުންސިލަށް އެނގުނީ ފުލުހުންނަށް ވެސް އެ މައްސަލަ ރިޕޯޓު ކުރި ދުވަހު އެވެ.

އޭގެކުރިން އެ ކުއްޖާގެ އާއިލާގެ މީހުން ޖިންސީ ގޯނާ ކުރާ ކަމުގެ ވާހަކަތަކެއް ރަށު ތެރޭގައި ދެކެވުނު ނަމަވެސް ކައުންސިލުން އެކަމާ އަޅާނުލީ ރަސްމީ ސިފައެއްގައި އެކަން ކައުންސިލަށް ހުށަނާޅާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކުއްޖާގެ މުނިކާފަގެ މައްޗަށް އެފަދަ މައްސަލައެއްގައި ކުރިން ދައުވާކުރިކަން ވެސް އެނގުނީ ކުއްޖާގެ މައްސަލަ ފެންމަތިވުމުން ކަމަށް ޝަހީމު ވިދާޅުވިއެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި