ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ-- ފޮޓޯ: ޕީޕީއެމް
ހަބަރު
07 Oct 2022 | 19:39
ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަން ގާސިމާއި އިމްރާނާއި ނާޒިމްވެސް ބޭނުމެއްނުވި: ރައީސް ޔާމީން

އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގުން އަތުލުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވެސް ބޭނުން ނުވި ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވީއައިއޭ ފަދަ ދައުލަތުގެ ހަރުމުދާ ވިއްކަމުން ދާތީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ހަރުމުދާ ނުވިއްކޭ ގޮތަށް ދައުލަތުގެ މާއްލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ފާސްކުރިއިރު، ގިނަ ސިޔާސީ ލީޑަރުން ވެސް ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން އެއްބަސްވި ކަމަށެވެ.

"މިހާރު ބައެއް ބޭފުޅުން ވިދާޅުވޭ އޭރުވެސް ތިމަންނަމެން ދެކޮޅޭ. އެކަމު އެ ވިދާޅުވަނީ މި ޖީއެމްއާރު އެގްރީމެންޓް ނުވަތަ ހަރުމުދާ ވިއްކާލަން ގާނޫނަށް އިސްލާހް ގެނައިއިރު އަޅުގަނޑުމެން އެންމެން ތިބީ އެއް އޮޑިއެއްގައި. ގާސިމްވެސް އަޅުގަނޑުވެސް، ހަސަން ސައީދުވެސް، ތަސްމީނުވެސް. އެކަމު ރައީސް ވަހީދު އަޅުގަނޑުމެންގެ މަޝްވަރާއަށް އެއްކުރެއްވިއިރު ހިޔާލު މުޅިން ތަފާތުވެއްޖެ،" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ، ޖީއެމްއާރު އެއްބަސްވުން ބާތިލުކުރަން ސިޔާސީ ލީޑަރުން ދެކޮޅު ހެއްދެވީ ނަޝީދުގެ ވެރިކަން ނިމުމަށްފަހު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ކަމަށެވެ. އެގޮތުން ރައީސް ވަހީދުގެ ވެރިކަމުގައި ސިޔާސީ ލީޑަރުންނާ އެކު މަޝްވަރާކުރަން ސަރުކާރުން ބޭއްވި ބައްދަލުވުމެއްގައި އެ ސިޔާސީ ބޭފުޅުން އެކަމާ ދެކޮޅު ހެއްދެވި ކަމަށް ޔާމީން ވިދާޅުވި އެވެ.

"ހަމަ ގާސިމް ކަނޑައެޅިގެން ވިދާޅުވި ގައުމު ހިންގަން ހުންނަ މީހަކަށޭ އެންމެ ރަނގަޅަށް އެނގޭނީ މިކަންތައްތައް ވާނެގޮތް އަދި ތީގަ ބޭރު ގައުމަކާއެކު އޮންނަ ގުޅުމަށް ވާނެ ގޮތަކާ އެއްޗެހި. އެހެންވީމަ ތިމަންނަ ރައީސް ނިންމަވާ ގޮތަކަށް ނިންމަވާނެއޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

"ތަސްމީނު ވިދާޅުވި ވާހަކަފުޅަކީ ރާއްޖެ އަބަދުވެސް ތަރައްގީ ކުރެވޭނީ ބޭރުގެ އިންވެސްޓަރުން ގެނެސްގެންނޭ، ތިވަރުގެ އިންވެސްޓްމަންޓެއް ހުއްޓާލައިފި ކަމަށްވަންޏާއި ދެން މިތަނަށް އިންވެސްޓްމެންޓެއް ނާންނާނޭ. އެހެންވީމަ ތިމަންނަ ތާއީދުކުރަނީ ޖީއެމްއާރާއެކު ކުރިއަށްދާށޭ. ދިވެހި ސަރުކާރުގެ ފަރާތުން މިކަން ވިސްނަދޭން އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމް."

މިއާއެކު ޔާމީން ވިދާޅުވީ އަދުގެ ސަރުކާރުގެ ހޯމް މިނިސްޓަރ ޢިމްރާން ވެސް ހުންނެވީ ޖީއެމްއާރާއި އެކު ކުރިއަށް ވަޑައިގަންނަވަން ކަމަށާ، މިހާރުވެސް އެބޭފުޅުންގެ ވިސްނުން ހުންނެވީ އިންޑިއާ އާއި އެކުގައި ކުރިއަށް ދާން ކަމަށް ޔާމީން ވިދާޅުވިއެވެ.

"އިމްރާންވެސް ވިދާޅުވާ ކަމަށް އަޅުގަނޑަށް އަޑުއިވޭ ތިމަންނަ އެ ޖަލްސާގައި ޖީއެމްއާރަށް އެއާޕޯޓްދިނުމާ ދެކޮޅު ހެއްދެވީމޭ، އެ ރަނގަޅުވާހަކައެއް ނޫން. އަަޅުގަނޑުމެން ހުރިހާ މަސައްކަތެއް ނިމި ޖަލްސާ ރޫޅާލާ، ޖީއެމްއާރާ އެކު އެގްރީމެންޓް ކޮށްގެން ތިބެން ބޭނުން ނޫން ކަމަށް ދަންނަވާފައި އަޅުގަނޑު ދެންނެވިން މިހިސާބުން ބޭނުންވަނީ ޖަލްސާ ދޫކޮށްފައި ދާށޭ. އެ ހިސާބުން އިމްރާން ވަޑައިގެން ޖަލްސާއާ ގުޅިވަޑައިގެންނެވީވެސް. އޭރު ޖަލްސާ ހިނގާތާ ވިއްސަކަށް ފަންސަވީހަށް މިނެޓް ވެއްޖެ،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ނެތް ތަންތަނުގައި އެ ސިޔާސީ ބޭފުޅުން ކޮންމެ ވަހަކައެއް ދެއްކެވިޔަސް ކަންތައްތައް ހިނގާދިޔަ ގޮތަކީ އެމަނިކުފާނު އެ ކިޔައި ދެއްވި ގޮތް ކަމަށާ، އޭރު އެ ހުރިހާ ބޭފުޅުން ތިއްބެވީ ޖީއެމްއާރާ އެކީ ކުރިއަށް ވަޑައިގަންނަވަންކަމަށެވެ. 

އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ވީއައިއޭ އިންޑިއާގެ ޖީއެމްއާރާ ހަވާލުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެތަނުގައި ރަންވޭއަކާއި ސީޕްލޭން ޓާމިނަލެއް ތަރައްގީކުރީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް