ކްލަބް މޯލްޑިވްސް ކަޕްގައި މިއަދު ހަވީރު ބައްދަލުކުރާ މާލޭ ސިޓީ ކައުންސިލްގެ ޓީމް- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
ހަބަރު
08 Oct 2022 | 14:21
ކްލަބް މޯލްޑިވްސް ކަޕް: މާލޭ ސިޓީ ކައުންސިލާއި، އާރްއާރްސީ ބައްދަލުކުރާ މެޗް މިއަދު ހަވީރު

ކްލަބް މޯލްޑިވްސް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި މާލެ ސިޓީ ކައުންސިލް ބައްދަލު ކުރާ މެޗުން މުބާރާތް ފަށަން ތައްޔާރުވެއްޖެއެވެ.

މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 5:00 ގައި ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ. 

ކްލަބް މޯލްޑިވްސް ކަޕް މިއަދު ހަވީރު 4:00 ގައި ހުޅުވުމުގެ ރަސްމިއްޔާތު އޮންނައިރު ކްލަބް މޯލްޑިވްސް ކަޕްގެ ހަތަރު މެޗާއި 18/30 ފުޓްސަލް ފިއެސްޓާގެ ދެ މެޗު ކުޅޭނެއެވެ. އެއަށްފަހު ފުރަތަމަ ބައްދަލު ކުރާނީ އާރްއާރްސީ އާއި ސިޓީ ކައުންސިލް ބައްދަލުކުރާ މެޗެވެ.

މި މުބާރާތަށް މާލެ ސިޓީ ކައުންސިލްގެ ޓީމްގެ ކޯޗުކަން ކޮށްދެއްވާނީ ދިވެހި ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށްވާ ކްލަަބް ޓީނޭޖްގެ ކެޕްޓަން އަހުމަދު މުޙައްމަދު (އަންމަޑޭ) އެވެ.

ކްލަބް މޯލްޑިވްސްގައި ބައިވެރިވާ މާލޭ ސިޓީ ކައުންސިލްގެ ޓީމަށް ހިތްވަރުދިނުމުގެ ގޮތުން މާލޭ މޭޔަރު ވަނީ ޓުވީޓުކޮށްފައެވެ. އެގޮތުން  މި މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންނަށް ހިތްވަރުދެއްވުމުގެ ގޮތުން މޭޔަރު ވަނީ ޓީމަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލް ޓީމުގެ މީޑީއާ ޕާޓްނަރަކީ ވޮއިސްއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.