''އެމްވީ ޗެން ގްލޯރީ 9''
ހަބަރު
10 Oct 2022 | 06:16
އެފްކޮންސް އިން ބޭނުންވަނީ އަމިއްލަ ސާވޭއެއްކުރަން: އީފީއޭ

ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އެރި އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމުން އެ ފަރަށް ލިބިފައިވާ ގެއްލުން ބަލަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި ސާވޭއާ މެދު އެ ކުންފުނިން ހިތްހަމަނުޖެހިގެން، އެފްކޮންސް އިން އަމިއްލައަށް ސާވޭ ކުރަން އެދިފައިވާ ކަމަށް އީޕީއޭ އިން މިއަދު ބުނެފި އެވެ.

އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެންކަރ ކުރުމުގެ ތެރޭގައި ކަހާލައިގެން ފަރަށް އެރި ޕްލެޓްފޯމް ފުން ކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ. ފްލެޓްފޯމް ފުންކުރުމުގައި މިހާ ގިނަ ދުވަސްތަކެއް ނެގި ސަބަބެއް ކަމަށް ބުރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފައިވަނީ މޫސުން ގޯސްވުމެވެ.

ތިލަމާލެ ބްރިޖު އެޅުމަށްޓަކައި ހެދި ޕްލެޓްފޯމު ހައްޔަރުން ނެއްޓި ފަރަށް އެރުމާއި ގުޅިގެން ވިލިމާލޭ ފަރަށް ލިބުނު ގެއްލުންތަށް ދިރާސާކުރުމަށް އީޕީއޭއިން ކުރި ސާރވޭ އެ އިދާރާއިން ވަނީ އިންޑިއާގެ ކުންފުންޏާއި ހިއްސާކޮށްފައެވެ. 

އެކަމާއި ގުޅިގެން އީޕީއޭއިން ބުނީ އެ އިދާރާ އިން ހެދި ސާވޭއާ މެދު އެފްކޮންސް އިން ހިތްހަމަނުޖެހޭތީ އަމިއްލައަށް ސާވޭ ކުރަން މީގެ ދެހަފްތާ ކުރިން ހުށަހަޅާފައިވާ ކަމަށެވެ.

އެފްކޮންސް އިން ބުނީ ޑެމޭޖް އޭރިއާ ބަލާފައި ހުރި ގޮތް ބޮޑުކަމުން އެ މީހުން ބޭނުންވަނީ އެ ތަނަށް އެރި، އެ މީހުން އަމިއްލައަށް ސާވޭ ކުރަން ކަމަށެވެ. އަދި އީޕީއޭއިން އެތަނުގެ ސާރވޭ ކުރިއިރު އެފްކޮންސް އަށް ފުރުސަތުދިން ނަމަވެސް އެމީހުން ބައިވެރިނުވާ ކަމަށް އީޕީއޭއިން ބުނެއެވެ.

ޕްލެޓްފޯމް އަރާފައި އޮތް ސަރަހައްދަށް ޑައިވްކޮށްގެން ނަގާފައި ހުރި ފޮޓޯތައް އީޕީއޭއިން އާންމުކޮށްފައިވާއިރު، ފޮޓޯތަކުން ފަރުގެ ގިނަ މުރަކަތައް ހަލާކުވެ، އާނުގަނޑުގައި ހެދިފައިވާ ހަތަރު ވަޅުގަނޑެއް ފެނެއެވެ. 

ކޮމެންޓް
.ުންޖިޗޭ
ހާދަވަރަކަށް މިވެރިން އިންޑިޔާގެ ދަށުވެފައި މިތިބި! ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައި ހުންނަ ރެގިއުލޭޓަރީ ބޮޑީސްތަކުން ބަލާފަ ގޮތް ނިންމެންޖެހޭނެ.
10 Oct 2022
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.