މުފްތީ މެންކުގެ ދަރުހެއް ހުޅުމާލޭގައި ބާއްވަން އެއްބަސްވުމެއްގައި ސޮއިކޮށްފި

މުފްތީ މެންކްގެ ދަރުހެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީއާއި އެޗްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުން- ފޮޓޯ/ އެޗްޑީސީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިސްނަގައިގެން ހުޅުމާލޭަގއި މުފްތީ މެންކުގެ ދަރުހެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ދަރުސް ބޭއްވުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އަޙްމަދު އާތިފްއެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މުފްތީ މެންކު ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 28 އިން 31 އަށެވެ. މި ދަތުރުގެ ތެރެއިން ހުޅުމާލޭގައި ބާއްވާ ދަރުސް އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުގައި ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

މުފްތީ މެންކުގެ ދަރުސް މާލޭގެ އިތުރުން އައްޑޫ އަދި ފުވައްމުލައް ސިޓީގައި ބާއްވާނެއެވެ. 

މީގެ ކުރިންވެސް އެކި ފަހަރު މަތިން މުފްތީ މެންކް ރާއްޖެ ވަޑައިގެންފައިވާއިރު، އޭނާ އެންމެ ފަހުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައިވެސް، މާލެއާއި އައްޑޫ ސިޓީ އަދި ކުޅުއްދުއްފުށީ ސިޓީގައި ދީނީ ދަރުސްވަނީ ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް

Advertisement