އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު-- ފޮޓޯ: މަޖިލިސް
ހަބަރު
11 Oct 2022 | 10:09
މި ސަރުކާރުން މިދަނީ ބާނާހާ މަހެއް ކިރަމުން: ޝިފާއު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ސަރުކާރުން އަންނަނީ މަސްވެރިން ބާނާހާ މަހެއް ކިރަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިފަދައިން ވިދާޅުވެފައި ވަނީ، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި، މަސްވެރިންނަށް މިސަރުކާރުން ވެފައިވާ ވަޢުދުތައް ނުފުއްދޭތީ މަސްވެރިންގެ ހައްގު ހޯދަންކަަމަށް ބުނެ އިއްޔެ ހަވީރު އިދިކޮޅު ޕީޕީއެމްއިން ކުރި މުޒާހަރާ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ރޫޅާލި ކަމަށް ބުނެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ)، ހުށަހެޅި މައްސަލަ ބޭރުކޮށްލުމާއި ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް ސެމްބެ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. 

ސެމްބެ ވިދާޅުވީ ދިވެހިންގެ ހައްގުތައް ހޯދުމަށް ނުކުންނަ ކޮންމެ މީހަކާ މެދުވެސް އަދުގެ ސަރުކާރުން ކަންކަން ކުރަމުންދަނީ ވަރަށް އިހާނަތިކޮށް ކަމަށެވެ. އެގޮތުން، އިއްޔެ މަސްވެރިންގެ ހައްގުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާ ތެރެއިންވެސް އަނިޔާވެރިކޮށް އަންހެނުންވެސް ހައްޔަރު ކޮށްފައިވާކަން ފާހަގަކޮށް އެމީހުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް އޭނާ ވަނީ ގޮވާލާފައެވެ. 

ސެމްބެގެ މި ވާހަކަތަކަށް ރައްދު ދެއްވައި ޝިފާއު ވިދާޅުވީ، އަންހެނުން ހިމެނޭހެން އިދިކޮޅުން އިއްޔެ މަސްމާރުކޭޓު ކުރިމަތީގައި ކުރި މުޒާހަރާ އިން މަސްވެރިންނަށް ކުރެވެނީ ފުރައްސާރަ ކަމަށެވެ. އަދި ޕީޕީއެމްގެ ސަރުކާރުން މަސްވެރިންނަށް ވީ ވައުދު ނުފުއްދުނު ނަމަވެސް މި ސަރުކާރުން ފުއްދަމުންދާ ކަމަށާ، މި ސަރުކާރުން އަންނަނީ މަސްވެރިން ބާނާހާ މަހެއް ކިރަމުން ކަމަށް ޝިފާއު ވިދާޅުވިއެވެ.

"އިރާދަކުރެއްވިޔާ މިއަދު މި ސަރުކާރުން މި ދަނީ ރާއްޖޭގެ މި ފާގަތި މަސްވެރިކަމުގެ ސީޒަން ގައިވެސް ބާނާހާ މަހެއް ގަންނަމުން. ބާނާހާ މަހެއް ކިރަމުން. ބާނާހާ މަހަކަށް ރުފިޔާ ދެމުން. ބަރާބަރަށް ފައިސާ ދެމުން."

މެންބަރު މުހައްމަދު ޝިފާއު

ޝިފާއު އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރު ނިމިގެން ދިޔަ އިރު 38 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދީ ހުރި ކަމަށާ، އެ ފައިސާވެސް ދެއްކީ ރައީސް ޞާލިހު ގެ ސަރުކާރުން ކަމަށެވެ. އަދި ރަށްރަށުގައި ހުރި އައިސް ޕްލާންޓް ތައްވެސް މި ސަރުކާރު އައި އިރު ދަބަރަށް ވެފައި ވަނިކޮށް އެތަން ތަންވެސް ފެނަކައާއި ހަވާލު ކޮށްގެން ހިންގަންފެށީ މި ސަރުކާރުން ކަމަށް ޝިފާއު ވިދާޅުވިއެވެ. 

މަސްވެރިން ބާނާހާ މަހެއް ސަރުކާރުން ކިރަމުންދާ ކަމަށް ޝިފާއު ވިދާޅުވި ނަމަވެސް، މަސްވެރިކަން ތިޔާގި ވީއިރު އެކަމަށް ތައްޔާރު ނުވެވުނު ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ ދާދިފަހުން މަޖިލީހުގައި އެއްބަސވެ  ވަޑައިގެންފައެވެ. އަދި މަސްވެރިން ބާނާ މަސް ނުކިރިގެން ބައެއް ދޯނިތަކުން މަސްތައް ކަނޑަށް އަޅާލި އިރު، އަނެއްބައި ދޯނިތަކުން ވަނީ އެ މަސްތައް ރަށް ރަށުގެ ރައްޔިތުންނަށް ބަހާފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.