މެމްބަރު ޝިފާއު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
11 Oct 2022 | 11:37
ސްރީލަންކާ ބަނގުރޫޓުވީ ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ނުކުރީމަ: ޝިފާއު

ސްރީލަންކާ ބަނގުރޫޓުވީ ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރަންވީ ދަނޑިވަޅުގައި އެކަން ނުކުރެވުމުންކަމަށާއި، އެ ގޯސް ދިވެހި ސަރުކާރުން ހަދައިގެން ނުވާނެކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. 

ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް މަޖިލީހަށް ހުށައަޅާފައިވާ އިސްލާހަށް ވާހަކަދައްކަވަމުން ޝިފާއު ވިދާޅުވީ މި ބިލަށް ބަހުސްކުރެއްވި ގިނަ މެމްބަރުންތަކެއް ޖީއެސްޓީ ބޮޑުކުރުމާއި ދޭތެރޭގައި ކަންބޮޑުވުން ފާހަގަކުރެއްވި ނަމަވެސް މުޅި ބިލު ސްޓްރަކްޗާކޮށްފައިވާ ގޮތަށް ބަލާނަމަ ޖީއެސްޓީ ބޮޑުކުރެވެނީ އެންމެ 2 އިންސައްތަކަމަށެވެ. 

ޝިފާއު ވިދާޅުވީ ޖީއެސްޓީ ނެގެނީ ނިސްބަތުން މަދު މުދަލަކުންކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތު މީހާއަށް ކުރާނެ އަސަރު ވަރަށް ކުޑަވާނެކަމަށެވެ. 

ޓެކްސްއަށް މި ގެނެވޭ ބަދަލާއެކު، 3 ބިލިއަން ރުފިޔާ އާމްދަނީއަށް އިތުރުވެގެންދާއިރު، އެ ތިން ބިލިއަން ރުފިޔާގެ ބޮޑު ޕަސެންޓަކީ ޓީޖީއެސްޓީކަމަށް ޝިފާއު ވިދާޅުވިއެވެ. 

ޝިފާއު އިތުރަށް ވިދާޅުވީ ޖީއެސްޓީއާއި ޓީޖީއެސްޓީއަށް ގެނެވޭ ބަދަލަކީ އެއަށް ބައިނަލް އަގުވާމީ މާލީ އިދާރާތަކުން މަރުހަބާ ކިޔާ ބަދަލެއްކަމަށެވެ. 

"މިއަދު ރާއްޖޭގެ އެތެރޭގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި އެތެރޭގެ އާމްދަނީ ބޮޑުކުރަން ޖެހޭނެކަމަށް، ދުނިޔޭގެ މާލީ އިދާރާތަކުން ސަރުކާރަށް އެ އަންނަނީ ތަކުރާރުކޮށް ލަފާދެމުން. އެއީ މި ގެނެވޭ ބަދަލަކީ"

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު

ޝިފާއު ވިދާޅުވީ، މިފަދަ އިލްތިމާސްތައް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަވައްޓެރި ސްރީލަންކާއަށްވެސް ތަކުރާރުކޮށް ދެމުން ގޮސްފައިވާކަމަށެވެ. އެހެން ނަމަވެސް އެ ފަލާތަކާއި އެއްގޮތަށް ޓެކްސް ބޮޑުކޮށްފައި ނުވުމުގެ ނަތީޖާއެއްގެ ގޮތުން ސްރީލަންކާ އިގްތިސާދީ އަނދަވަޅަކަށް ވެއްޓިގެން ދިޔަކަމަށް ޝިފާއުވަނީ ވިދާޅުވެފައެވެ. 

"ޓެކްސް ބޮޑުކޮށް އެތެރޭގެ އާމްދަނީ ބޮޑުކުރަން ތަކުރާރުކޮށް ލަފާދިން އިރުވެސް އެ ލަފާ ބަލައެއް ނުގަތް، އެންމެ ފަހުން އެ އޮތީ ގައުމު އެގައުމުގެ ރައްޔިތުން އަންދާޒާ ނުކުރާ ވަރުގެ އިގްތިސާދީ އަނދަވަޅުގަނޑަކަށް ވެއްޓިފަ

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު

ޝިފާއުގެ ވާހަކައިގައި ވަނީ މި ވަގުތަކީ ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް އެންމެ މުނާސަބު ވަގުތު ނޫންކަން ފާހަގަކުރައްވާ މެމްބަރުން ދައްކަވާފައިވާ ވާހަކަތަކަށްވެސް ރައްދުދެއްވާފައެވެ. 

އެގޮތުން އޭނާ ވިދާޅުވީ ސަރުކާރުން މި ގެންނަ ބަދަލަކީ ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން މި އަންނަ ވަގުތު، އިގްތިސާދު "ބޫސްޓު" ކުރުމަށް ގެނެވޭ ބަދަލެއްކަމަށެވެ. 

ދުނިޔޭގެ އިގްތިސާދު މާލީ ބަލިމަޑުކަމަކުން އަރައިގަންނަން އަންނަ މި ވަގުތަކީ މި އިސްލާހު ގެނައުމަށް އެންމެ މުނާސަބު ވަގުތުތަކަށް ޝިފާއު ފާހަގަކުރެއްވިއެވެ. އަދި ޓެކްސް ނަގަނީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭންކަމަށް ވާއިރު، މިއީ ރައްޔިތުންވެސް އުފަލާއެކު ބަލައިގަންނަ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.