ޑރ. މުހައްމަދު ޖަމީލް އަހުމަދު-- ފޮޓޯ: އަވަސް
11 Oct 2022 | 12:42
‪އެޗްއާރްސީއެމް ނިދިން ހޭލަން ވެއްޖެ ނޫންތޯ؟: ޑރ.ޖަމީލް

ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ނިދިން ހޭލަން ވެއްޖެ ކަމަށް ކުރީގެ ނާއިބު ރައީސް އަދި ގާނޫނީ ވަކީލު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

ޖަމީލް މިފަދައިން ވިދާޅުވީ، މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ނުދާ ކަމަށްބުނެ، މަސްވެރިންގެ ހައްގުގައި އަޑު އުފުލުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މަސްމާރުކޭޓު ސަރަހައްދަށް އެއްވެ އިއްޔެ ކުރި އިހްތިޖާޖުގެ ތެރެއިން މީހުން ހައްޔަރު ކުރި ފޮޓޯ އަކާއި، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ގެ މަސްއޫލިއްޔަތުތައް ގާނޫނުން އަންގައިދޭ ލިޔުމެއްގެ ފޮޓޯއެއްގެ އިތުރުން ފުލުހުންގެ މަސައްކަތް ކަމަށް ގާނޫނުގައި އަންގާފައިވާ ކަންކަން ހާމަވާ ލިޔުމެއްގެ ފޮޓޯއަކާއި އެކު ކުރެެއްވި ޓްވީޓެއްގައެވެ. 
ޖަމީލު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދޭ އެއްވެއުޅުމުގެ ޙައްޤަކީ މިހާރު ޖިނާއީ ކުށެއް ކަމަށް ‎ފުލުހުން ދެކެންފަށައިފި ކަމަށާ ފާޅުކަންބޮޑުކޮށް ފުލުހުން ޤާނޫނާ ޚިލާފް ވާން ފަށައިފިކަމަށެވެ. 

"އެޗްއާރުސީއެމް އިން ނިދިން ހޭލައި އަސާސީ ޙައްޤު ޗިސްޗިސް ކުރާއިރު ފިޔަވަޅެއް އަޅަން ވެއްޖެ ނޫންތޯ؟" ޖަމީލު ވިދާޅުވިއެވެ.  


"ލޭނާރު" ނަމުގައި އިދިކޮޅުން އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާ ފެށިތާ މާގިނައިރެއް ނުވެ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ނުދެވޭނެ ގޮތަށް ބެރިކޭޑް ޖަހާ އެ ސަރަހައްދު ބަންދުކޮށްފައެވެ. އަދި ބެރިކޭޑް ހިފައިގެން ކަރުނަ ގޭސް ބޭނުންކޮށްގެން ފުލުހުން އެ މުޒާހަރާ ރޫޅައިލައިފައިވާއިރު އެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ. އަދި އެމީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އެކަމާއި ކަންބޮޑުވުން ފާޅުކޮށް، އެމީހުން ދޫކޮށް ލުމަށް ގޮވާލައި، އަދި ފުލުހުން ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވަނީ ކުއްލި މައްސަލަ އެއްވެސް މިއަދު މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެހެން ނަމަވެސް އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.