ހެލްތު މިނިސްޓްރީގެ ލީގަލް އޮފިސަރު އިސްމާއިލް ޒާހިރު
ހަބަރު
11 Oct 2022 | 12:48
މަގާމުގެ ކުރިއެރުން ނުދީ ހިފެހެއްޓި ހެލްތު މިނިސްޓްރީގެ މުވައްޒަފަކަށް ކުރިއެރުން ދޭން އަމުރުކޮށްފި

ކޮވިޑް-19 އާއި އެކު ކުރިމަތިވި އިގުތިސާދީ ދަތިތަކާ ގުޅިގެން މަގާމުގެ ކުރިއެރުން ނުދީ ހިފެހެއްޓި ސިވިލް ސާވިސް މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

މަގާމުގެ ކުރިއެރުން ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން އަމުރުކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ ލީގަލް އޮފިސަރު އިސްމާއިލް ޒާހިރަށެވެ. އިސްމާއީލް ޒާހިރު އެމައްސަލަ ހުށަހެޅުއްވީ ސިވިލް ސާވިސްގެ ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގައި ކަނޑައަޅާފައިވާ ޝަރުތު ހަމަވެ، އޭނާއަށް ވަޒީފާގެ ކުރިއެރުން ދީފއިނުވާތީ އެވެ.

ޝަރުތު ހަމަވެ، އޭނާ ހުށަހެޅި މައްސަލައިގައި ބުނީ 2017 އާއި 2019 އަދި 2021 ވަނަ އަހަރާ ހަމަ އަށް ވިދިވިދިގެން ދެ އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން 85 ޕަސެންޓަށް ވުރެ މަތިން ހޯދާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ސިވިލް ސާވިސް ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގައި ކަނޑައަޅާފައިވާ ގޮތަށް އެ މުއްދަތުގައި އޭނާ އަށް ލިބެން ޖެހޭ ތިން ޕްރޮމޯޝަނެއް ނުދޭ ކަމަށް އިސްމާއީލް ޒާހިރު ހުށަހެޅި މައްސަލައިގައި ބުނެފައި ވެއެވެ.

އެމައްސަލައާއި ގުޅިގެން ސިވިލް ސާރވިސް ކޮމިޝަނުން ބުނީ މަގާމުގެ ކުރިއެރުން ނުލިބޭ ގިނަ އަދަދެއްގެ މުވައްޒަފުން އުޅޭ ކަމަށާއި، މުސާރަ އަށް ނުވަތަ އެއްވެސް އެލަވެންސަކަށް ބަދަލެއް އަންނަ ނަމަ، އެ ބަދަލެއް ގެނެވޭނީ ފިނޭންސް މިނިސްޓްރީ އަށް އެންގުމަށް ފަހު ކަމަށެވެ. އަދި މުސާރަ އާއި ކުރިއެރުން ދިނުމުގެ ކުރިން މިނިސްޓްރީއާ މަޝްވަރާކޮށް، ބަޖެޓުގައި އެ ފައިސާ ހުރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

ހަމައެހެންމެ އެ މައްސަލަ ރައްދުވާ އިސްމާއީލް ޒާހިރު ހުށަހެޅި މައްސަލާގައި ބަޔާންކޮށްފައިވާ ދުވަސްވަރަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ހާލާތާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމުން ދިޔަ ދުވަސްވަރު ކަމަށާއި އެހާތަނަށް މުވައްޒަފުންނަށް ދޭން ފަށާފައި ނުވާ އެއްވެސް އެލަވެންސެއް ނުދިނުމަށް ފިނޭންސް މިނިސްޓްރީން އޭރު އަންގާފައި އޮތް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ނިންމީ ސިވިލް ސާރވިސް ކޮމިޝަނާ ދެކޮޅަށް މުހައްމަދު އިސްމާއީލަށް މަގާމުގެ ކުރިއެރުން ދިނުމަށެވެ. އިސްމާއީލް ޒާހިރު އެދިފައިވާ ގޮތަށް އެ ތިން އަހަރުން ފެށިގެން އޭނާ އަށް ލިބެން ޖެހޭ ކުރިއެރުމާއި އެ ކުރިއެރުންތަކާ އެކު އޭނާގެ މުސާރަ އަށް އަންނަ ބަދަލާ ގުޅިގެން ލިބޭ މުސާރަ އާއި ސްޕެޝަލް ޑިއުޓީ އެލަވަންސާއި އިތުރު ގަޑީގެ ފައިސާ އިން އުނިވެފައިވާ ފައިސާ ނަގައިދިނުމަށް ކަނޑައަޅައި އެ ފައިސާ ރަސްމީ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި އޭނާ އަށް ދިނުމަށް ސީއެސްސީގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް
ާއަސްލަމް
ވާ! މުޅި މިނިސްޓްރީގަވެސް މީނަޔައް އެކަނި!! ކޮބާ ދެންތިބި މީހުން، އެހެންވެގެން ބުނެވެނީ ކޮރަޕްޝަން ގެ ސަރުކާރެކޭ
13 Oct 2022
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.