ކުޅިވަރު
13 Oct 2022 | 18:19
ކްލަބް މޯލްޑިވްސް ކަޕް: މާލޭ ސިޓީ ކައުންސިލާއި، މޯލްޑިވިއަން ބައްދަލުކުރާ މެޗް މިރޭ!

ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ އޮންނަ މެޗުގައި މޯލްޑިވިއަންގެ ޓީމާއި ދެކޮޅަށް ނުކުތުމަށް ނާލެ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ. 

މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 08:05 ގައި ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ. 

މި މުބާރާތުގައި މާލެސިޓީ ކައުންސިލުން މީގެ ކުޅުނު މެޗުގައި، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި ބައްދަލު ކުރި މެޗުން، 4-1 މާލެ ސިޓީ ކައުންސިލް ބަލިވެފައި ވާއިރު، މޯލްޑިވިއަންއިން މީގެ ކުރިން ކުޅުނު މެޗު އެޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ. އެގޮތުން މޯލްޑިވިއަން އާއި މީޑިއާނެޓް ބައްދަލު ކުރި މެޗުގައި އެ ޓީމުވަނީ 4-0 އިން މީޑިއާނެޓް ބަލިކޮށްފައެވެ. 

މި މުބާރާތަށް މާލެ ސިޓީ ކައުންސިލްގެ ޓީމްގެ ކޯޗުކަން ކޮށްދެއްވާނީ ދިވެހި ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށްވާ ކްލަަބް ޓީނޭޖްގެ ކެޕްޓަން އަހުމަދު މުޙައްމަދު (އަންމަޑޭ) އެވެ.

މާލެ ސިޓީ ކައުންސިލް ޓީމުގެ މީޑީއާ ޕާޓްނަރަކީ ވޮއިސްއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ