ފުލުހުންގެ ޕްރެސް ކޮންފަރެންސްގެ ތެރެއިން
ހަބަރު
15 Oct 2022 | 12:03
މިންހާޖު ގެއްލުން: ފެނުނު މީހާ ތެދު މައުލޫމާތު ނުދޭކަމަށް ފުލުހުން ބުނެފި

އއ މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ސ. ހިތަދޫ މިންހާ، މުހައްމަދު މިންހާޖު އާއެކު ދަތުރުކުރި ޅ. ހިންނަވަރު، އަލީ އަހުމަދު ތަހުގީގަށް ދެމުން އަންނަނީ މުޅިން ތެދު މައުލޫމާތުތަކެއް ނޫންކަމަށް ފުލުހުން ބުނެފިއެވެ. 

މިންޖާހު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އޮކްޓޫބަރު 5 ވަނަ ދުވަހުގައެވެ. އަދި އެފަހުން މި މަހުގެ 7 ވަނަ ދުވަހުގެ ވަގުތެއްގައި މަހަށް ނުކުމެ އުޅުނު ބަޔަކަށް ލޯންޗު ބަންޑުންޖަހާލާފައި އޮތްވާ ފެނުނެވެ. އަދި މިންހާޖާއި އެކު އެ ލޯންޗުގައި ދަތުރުކުރި އަލީ އަހުމަދު ފެލިދޫ ފުއްޓަރު ފަރާތުން ފެނިފައިވެއެވެ. 

އެ ހާދިސާއާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، ލޯންޗު ބަންޑުން ޖަހާލީ މަހަށް ނިކުމެނެގެން އުޅެނިކޮށް އިންޖީނު ހުއްޓިގެންކަމާއި، އަދި ލޯންޗު ބަންޑުންޖަހާލީ ކަނޑު ގަދަވެގެންކަމަށް އެ ލޯންޗުން ދަތުރުކުރި އަލީ އަހުމަދު ކިޔައިދީފައިވާކަމަށެވެ. 

ލޯންޗު ބަންޑުން ޖަހާލުމަށްފަހުވެސް މިންހާޖު ފެންނަން އޮތް ކަމަށާއި، އެހެން ނަމަވެސް ހެނދުނު ވިއިރު ފެންނަން ނެތްކަމަށް އަލީ އަހުމަދު ތަހުގީގަށް ކިޔައިދީފައިވާކަމަށް ފުލުހުން ބުންޏެވެ. 

އެކަން ފާހަގަކުރައްވާ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މުޅި މައްސަލައިގައި މިހާތަނަށް ފެންނަން ހުރި ކަންތައްތަކަށް ބަލާއިރު، އަލީ އަހުމަދު ކިޔައިދިން ވާހަކަތަކަކީ މުޅިން ހަގީގަތްކަމަށް ގަބޫލު ނުކުރެވޭކަމަށެވެ. އެގޮތުން އެގޮތުން އެމީހުން ދަތުރު ކުރި ލޯންޗުން ގިނަ އަދަދެއްގެ ޕެޓްރޯލު ފެނިފައިވާކަމަށް ބަޝީރު ވިދާޅުވިއެވެ. 

އެ ދެމީހުންނަކީވެސް މަސްތުވާތަކެތީގެ ރިކޯޑު އޮތް ދެމީހުންކަމަށް ވާތީ، މި ހާދިސާއާއި މަސްތުވާތަކެއްޗާއި އެއްވެސް ގުޅުމެއް އޮތްތޯ ބެލުމުގެ މސައްކަތްވެސް ކުރެވެމުންދާކަމަށް ބޝީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ބަންޑުން ޖަހާލި ލޯންޗުން މަސްތުވާތަކެތި ފެނިފައި ނުވާކަމަށެވެ. 

އެ ލޯންޗު ބަންޑުން ޖަހާލީ ކިހާ ހިސާބަކުންކަން ލޯންޗުގެ ޖީޕީއެސް އިން ދެނެގަނެވިފައިވާ ކަމަށާއި މޫސުމުގެ ގޮތުން ލޯންޗު އަންނާނީ ކޮން ދިމާލަކަށްކަން ފުލުހުންގެ ޓެކްނިކަލް ޓީމަށް ދެނެގަނެވިފައިވާ ކަމަށް ބަޝީރު ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް ލޯންޗު ދަތުރުކުރި ރޫޓްތައް ދެނެގަނެވިފައި ނުވާ ކަމަށާއި އެކަމަކު ސީދާ ހާދިސާ ހިނގި ލޮކޭޝަންވެސް ދެނެގަނިފައި ނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. 

މިންހާޖު ހޯދުމަށްޓަކައި ގައުމީ ދިފާއީ ބާރައި ގުޅިގެން 78 ގަޑިއިރު މަސައްކަތްކޮށްފައިވާކަން ފުލުހުން ވަނީ ބުނެފައެވެ. އަދި އެއަށްފަހު ސާޗު ހުއްޓާލާފައިވާކަމަށާއި، އެހެން ނަމަވެސް އެ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.