މާލޭ މޭޔަރު ޑރ.މުހައްމަދު މުއިއްޒު
ހަބަރު
15 Oct 2022 | 13:52
މަގުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ކެނޑިނޭޅި މިދަނީ މަސައްކަތް ކުރަމުން: މުޢިއްޒު

ބަޖެޓްގެ ދަތިކަމާއި އެކުވެސް މާލޭގެ މަގުމަތީގެ ޙާލަތު ރަނގަޅު ކުރުމަށް ކައުންސިލުން ދަނީ ކޮންމެ ދުވަހަކުވެސް ކެނޑިޅޭނި މަސައްކަތް ކުރަމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ މޭޔަރު މުޢިއްޒުގެ ކޮމިޔުނިޓީ ވައިބަރ ގްރޫޕްގައި ލިޔުއްވި މެސެއްޖެއްގައެވެ.

އެ މެސެޖްގައި މޭޔަރު ވިދާޅުވީ މާލޭގެ މަގުމަތީގެ ޙާލަތު ރަނގަޅު ކުރަން އެ ކައުންސިލުން ކެނޑިނޭޅި ކޮންމެ ދުވަހަކުވެސް ވަރަށްގިނަ މަސައްކަތްތައް ކުރަމުން ކަމަށެވެ.

އަދި ބަޖެޓްގެ ތާށިކަމުގެ ތެރެއިންނާއި، ސަރުކާރުން ކުރިމަތި ކުރުވާ ހުރަސްތަކާއިއެކުވެސް ކައުންސިލުން މަސައްކަތް ކުރިއަށް ގެންދާކަމަށް މުއިއްޒު ވިދާޅުވިއެވެ. 

މޭޔަރު ވަނީ ހަލާކުވެފައިހުރި ކާނުގަނޑަކުން ތުއްތު ކުއްޖަކަށް ދިމާވި ހާދިސާ އަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި، އެ ހާދިސާގެ ރިޕޯޓު ކައުންސިލަށް ލިބުނުތާ 1 ގަޑިއިރުގެ ނުވަނީސް އެކާނު މަތިގަނޑު ރަނގުކުރި ކަން ފާހަގަ ކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލުން މާލެ އަދި ވިލިމާލޭގެ މަގުތަކުގެ މަސައްކަތްތައް ކޮންމެ ދުވަހަކުވެސް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ސިޓީ ކައުންސިލްގެ މަސައްކަތްތައް ގިނަވެ, މުވަޒަފުން އިތުރުކުރުމަށް ސިވިލް ސާރވިސްއިން ހުރަސްއަޅާ މައްސަލާގައި ކައުންސިލްއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފަކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.