ބީޗް ވޮލީ މުބާރާތުގައި ބްރެޒިލް އާއި ދެކޮޅަށް ރާއްޖޭގެ ކުޑަ ކާއްޓޭ އާއި އެޑަމާ ވާދަކުރަނީ-- ފޮޓޯ: ޔޫތު މިނިސްޓްރީ
ކުޅިވަރު
15 Oct 2022 | 18:39
ދެ މެޗުންވެސް ބަލިވެ ކުޑަ ކާއްޓޭ އާއި އެޑަމާގެ ޕެއާ ކަޓައިފި

ދުނިޔޭގެ ވަރުގަދަ ބީޗް ވޮލީބޯޅައިގެ ތަރިންނާއެކު ރާއްޖޭގައި މިހާރު ކުރިޔަށްދާ އެފްއައިވީބީ ބީޗް ޕްރޯ ޓުއާ 2022 މޯލްޑިވްސް ޗެލެންޖުން ރާއްޖޭގެ އިސްމާޢީލް ސާޖިދު (ކުޑަ ކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމާ) ކަޓައިފިއެވެ.

ސަން އައިލޭންޑް ރިސޯޓުގައި ކުރިޔަށްދާ މުބާރާތުން ކުޑަ ކާއްޓޭ އާއި އެޑަމާ ކެޓީ މުބާރާތުގެ މެއިން ޑްރޯގައެވެ. މެއިން ޑްރޯ ގައި ޖުމްލަ 24 ޕެއާ ވަނީ ވާދަކޮށްފައެވެ. 

ފުރަތަމަ މެޗުގައި ބައްދަލުކުރީ ދުނިޔޭގެ ބީޗު ވޮލީގެ މަޝްހޫރު ބްރެޒިލް އާއި ދެކޮޅަށެވެ. އެ ގައުމުގެ ވަރުގަދަ ޕެއާއެއް ކަމަށްވާ ވިނިޝިއަސް އާއި އިވަންދްރޯގެ ޕެއާ އަތުން ކުޑަ ކާއްޓޭ އާއި އެޑަމާ ބަލިވީ ސީދާ ދެ ސެޓުންނެވެ. 

ބްރެޒިލް އިން ފުރަތަމަ ސެޓު ގެންދިޔައީ 21-10 އިންނެވެ. މި ސެޓުގައި ދިވެހި ޓީމަށް ގޯސްތަކެއް ހެދުނެވެ. އޭގެ ފައިދާ ނަގައިގެން ބްރެޒިލްގެ ޕެއާ ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. 

ފުރަތަމަ ސެޓުގައި ލިބުނު ތަޖުރިބާގެ އަލީގައި ދެވަނަ ސެޓުގައި ރާއްޖޭން ކުޅުން ރަނގަޅުކުރި އެވެ. ވާދަވެރި ކުޅުމަކަށް ފަހު ދެވަނަ ސެޓު ބްރެޒިލްގެ ޕެއާ ކާމިޔާބުކުރީ 21-18 އިންނެވެ. 

ދެވަނަ މެޗުގައި ރާއްޖެ ބައްދަލުކުރީ ތައިލޭންޑާއެވެ. އެ ގައުމުގެ އެއްވަނަ ޕެއާ އާއި ދެކޮޅަށް ރާއްޖެއިން ވަރުގަދަ ފައިޓެއް ދިނެވެ. ތައިލޭންޑުގެ ބަންލުއީ އަދި ސުރީން އާއި ދެކޮޅަށް ކުޅުނު މި މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ރާއްޖެއިން ލީޑުގައި އޮތް ނަމަވެސް މި ސެޓުގެ ފަހުކޮޅު ހެދުނު ގޯސްތަކުގެ ފައިދާ ނަގައިން ތައިލޭންޑުން ވަނީ 22-20 އިން މި ސެޓު ކާމިޔާބުކޮށްފައެވެ. 

މެޗުގެ ދެވަނަ ސެޓުގައި ރާއްޖޭގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. މި ސެޓު ތައިލޭންޑުން ކާމިޔާބުކޮށްފައި ވަނީ 21-06 އިންނެވެ. 

މި މުބާރާތް ސަން އައިލޭންޑުގައި ކުރިޔަށްދަނީ މި މަހު 13-16 އަށެވެ. ދުނިޔޭގެ ބީޗު ވޮލީގައި ފާހަގަކޮށްލެވޭ 80 އަށްވުރެ ގިނަ ޕެއާ މި މުބާރާތުގައި ވާދަކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.