އާ ސަރުކާރުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލް އެޕޯލޯ ހޮސްޕިޓަލަށް ދިނުމަށް މަޝްވަރާ ކުރަމުން

30 Sep 2018 | 21:08

މިއަހަރު ބޭއްވި ރީޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަލަށް ބިނާކޮށްފައިވާ 25 ބުރީ ގެ ދަރުމަވަންތަ ހޮސްޕިޓަލް އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލް އާއި ދިގުމުއްދަތައް ހަވާލު ކުރުމަށް މަޝްވަރާ ކުރަމުން ދާ ކަމަށް ޕީޕީއެމް ގެ ސެކެޓްރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހާލީލް މިހެން ވިދާޅުވީ މިރޭ އޭނާ ކޮށްފައިވާ ޓްވީޓެއްގައެވެ.



މީގެ ކުރިންވެސް އެމްޑީޕީ ވެރިކަމެއްގައި ރާއްޖޭގެ ހަރު މުދާ ވިއްކާނެ ކަމަށް ޕީޕީއެމް އާއި މިހާރު އިދިކޮޅު ކޯލިޝަންގެ ޕާޓީ ތަކުން ވަނީ ތުހުމަތު ކޮށްފައެވެ.

އަދި މިފަހަރުގެ ރިޔާސީ ރޭހުގައި ވެސް އެމްޑީޕީ ވެރިކަމެއްގައި އެއާޕޯޓާއި ދަރުމަވަންތަ ހޮސްޕިޓަލް އިންޑިއާއަށް ދޭނެކަމަށް ޕީޕީއެމް އާއި ސަރުކާރުގެ އިސްވެރިން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ސަރުކާރުގެ ޕްރައިވެޓޭޝަން ސިޔާސަތަކީ އޭރު ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި އޮތް ކަމެކެވެ. އަދި އެއާ ގުޅިގެން މާލޭގައި ބޮޑެތި މުޒާހިރާތަކެއް ވެސް ވަނީ ކޮށްފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ދަރުމަވަންތަ ހޮސްޕިޓަލް ހިންގުމަށް ރާވާފައި ވަނީ ދިވެހި ސަރުކާރުންނެވެ.


Advertisement

ކޮމެންޓް