ރައީސް ޔާމީން ތުރާކުނުގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
16 Oct 2022 | 17:16
"ލޯނު ނެގީމާ ފާޑުކީ މީހުން ރައްޔިތުންގެ ބޮލުގައި އެއްލައްކަ ރުފިޔާގެ ދަރަނި އަޅުވައިފި"

ރައީސް ޔާމީންގެ ޒައާމަތުގައި ދަރަނި ނެގުމުން، އެއީ ބޮޑު ފާފައެއްކަމަށް ރައްޔިތުންނަށް ވިސްނައިދިން މީހުން ވެރިކަމާއި ހަވާލުވެ މިވީ މުއްދަތުގެ ތެރޭގައި ކޮންމެ ދިވެއްސެއްގެ ބޮލުގައި އެއްލައްކަ އައްޑިހަހާސް ރުފިޔާގެ ދަރަނި އަޅުވާފައިވާކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ހއ ތުރާކުނަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. 

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޒައާމަތުގައި ލޯނު ނެގީ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށެވެ. އަދި އެއީ ރާއްޖޭގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކުގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ލޯނުނަގައިގެން ކުރިއަށް ގެންދިޔަ އެއް މަޝްރޫއަކީ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ މަަސައްކަތް އެމަނިކުފާނު ނުކުރެއްވިނަމަ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ނުކުރެވި އަދިވެސް އެއަރޕޯޓު އޮންނާނީ މީގެ އެތައް އަހަރެއް ކުރިން އޮތް ހާލަތުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އެހެން ހުރިހާ ސަރުކާރުތަކާއި ޚިލާފަށް އެމަނިކުފާނު ލޯނު ނެންގެވީ އިގްތިސާދީ މަސައްކަތްތައް ފުޅާކޮށް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ޒައާމަތުގައި ލޯނު ނަގަން ފެށުމުން، އޭރު އިދިކޮޅުގައި ތިއްބެވި ފަރާތްތައް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރިކަމަށެވެ. އަދި އެއީ ރައްޔިތުންގެ ބޮލުގައި އަޅުވާ ދަރަނިކަމަށް ވިސްނައިދީ، އެއީ ފާފައެއްގެ ގޮތަށް ސިފަކުރަމުން ދިޔަކަމަށެވެ. 

އޭރު އެގޮތަކަށް ސިފަކުރި މީހުން މިއަދު ވެރިކަމުގައި ތިބިއިރު، ރައީސް ޔާމިންގެ ޒައާމަތުގައި ނެގި ދަރަންޏަށްވުރެ ބޮޑު ދަރަނި ނަގާ ރައްޔިތުން ދަރަނިވެރި ކުރުވާފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

"އަޅުގަނޑުމެންގެ ސަރުކާރުގައި ދަރަންޏަކީ ބޮލަކަށް 80000 ރުފިޔާ ޖެހޭ ވާހަކަ ބުނެފައި، އެއީ އެވަރުގެ ނުބައިކަމެއް، ބޮޑު ފާފައެއްކަމަށް ރައްޔިތުންނަށް ވިސްނޭވަރަށް ކިޔައިދީފަ މިކަން ކުރި މީހުންގެ މިއަދުގެ ހާލަތަކީ ކޮބައިތޯ؟ އަޑުއައްސަވާ! މިއަދުގެ ހާލަތަކީ، މިއަދު މި ސަރުކާރުން ނަގާފައި ހުރި ދަރަނީގެ ހާލަތަކީ ބޮލެއްގެ މައްޗަށް އެ ޖެހެނީ 80000 ރުފިޔާއެއް ނޫނޭ، އެއްލައްކަ އައްޑިހަ ހަތަރުހާސް ރުފިޔާ"

ރައީސް ޔާމީން 

ރައީސް ޔާމީން ވިދާޅުވީ މިހާ ބޮޑު ދަރަންޏެއް ރައްޔިތުންގެ ބޮލުގައި މި ސަރުކާރުން އަޅުވާފައި އޮތް އިރުވެސް އެކަށީގެންވާ މަޝްރޫއުތަކެއް ހިނގަމުން ނުދާކަމަށެވެ. ޚާއްސަކޮށް ލޯނު ނަގައިގެން އިގްތިސާދީ މަސައްކަތްތަކެއް ކުރަމުންދާތަން ނުފެންނަކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

އެކި ދާއިރާތަކަށް ވަކި ވަކިން ބަލާލިކަމުގައި ވީނަމަވެސް ސަރުކާރުން އިންވެސްޓުކޮށްގެން ކުރިއަރުވާފައި އޮތް ހަމަ އެއްމެ ދާއިރާއެއް ނެތްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.