ބާސާގެ ފިޔަ ކޮށާލާ ރެއާލް އަނެއްކާވެސް ތަހުތަށް
ކުޅިވަރު
16 Oct 2022 | 21:20
ބާސާގެ ފިޔަ ކޮށާލާ ރެއާލް އަނެއްކާވެސް ތަހުތަށް

ސްޕެނިޝް ލީގުގެ އެންމެ މަޝްހޫރު އެއް ކުރިމަތިލުން ނުވަތަ އެލް ކްލަސިކޯ މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރެއާލް މެޑްރިޑުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން މޮޅުވެގެން ބާސާއަށް އެއްވަނައިގައި ލީޑު ނެގެން އޮތެވެ.

މި ނަތީޖާއާއެކު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް އެއްވަނައިގައި އޮތީ ކުޅުނު 9 މެޗުން ލިބުނު 25 ޕޮއިންޓާއެކު އެވެ. މި މެޗުގެ ކުރިން ބާސާ އެއްވަނައިގަ އޮތީ ރެއާލް އާއި އެއް އަދަދަކަށް ޕޮއިންޓް ހޯދާ ފައިދާ ލަނޑުގެ ތަފާތުންނެވެ. ނަމަވެސް މި މެޗުން ބަލިވުމާއެކު ބާސެލޯނާ ދެވަނައިގައި އޮތީ ރެއާލް އާއި އެއް އަދަދަކަށް މެޗު ކުޅެގެން 22 ޕޮއިންޓާއެކު އެވެ.

ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެއާލުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާ އެވެ.

އޭގެފަހުން މެޗުގެ 35 ވަނަ މިނެޓުގައި ރެއާލްގެ ވަލްވާޑޭ އެ ޓީމަށް ލީޑު ފުޅާކޮށްދިން އިރު ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގަ އޮވެގެންނެވެ. މެޗުގެ 83 ވަނަ މިނެޓުގައި ފެރާން ޓޮރޭސް ބާސާއަށް ސުން ކަނޑުވާލަދިން ނަމަވެސް ލިބުނު ޕެނަލްޓީއަކުން ރޮޑްރިގޯ ވަނީ ރެއާލްގެ ތިންވަނަ ލަނޑު ޖަހާދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.