ފިނޭންސް މިނިސްޓަރު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
17 Oct 2022 | 10:03
ދަރަނި އަދާކުރާކަށް އެއްވެސް ދައްޗެއް ނެތް: އަމީރު

ދައުލަތުން އަދާކުރަންޖެހޭ ދަރަނި ދެއްކުމަށް އެއްވެސް ކަހަލަ ހުރަހެއް ނެތްކަމަށް ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވެއްޖެއެވެ. 

އަމީރު މިފަދައިން ވިދާޅުވެފައިވަނީ މިއަދު އަމީރު މަޖިލީހަށް ހާޒިރުކުރައްވާ މެމްބަރުން ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ވަނީ ރާއްޖޭގެ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އޮތްތޯއާއި ދައުލަތުގެ ރިޒާވްގެ ސްޓޭޓަސް އަކީ ކޮބައިތޯ އައްސަވާ މިނިސްޓަރު އަރިހުން ސުވާލުކުރައްވާފައެވެ. 

"ރާއްޖޭގެ ދަރަންޏާއި އާމްދަނިއާއި ގުޅޭގޮތުން ކަންބޮޑުވުން އުފެދޭގޮތަށް ބައެއް ފަރާތްތަކުން އެބަ ވާހަކަފުޅު ދައްކަވާ. އެގޮތުން ރާއްޖޭގައި ދަރަނި ދައްކާނެ ގޮތުގެ ޕްލޭންއެއް ނެތްކަމަށާއި، އަދި ޑިފޯލްޓުވުމުގެވެސް ފުރުސަތު އޮތްކަމަށް އެބަ އަޑުއިވޭ. މިނިސްޓަރ އަޅުގަނޑުމެންނަށް ޔަގީންކޮށް ދެއްވަފާނަންތޯ ދަރަނިދެއްކުމުގައި އެއްވެސް މައްސަލައެއް އެބަ އުޅޭތޯ؟ އަދި ރާއްޖެއަށް ލިބެންޖެހޭ އާމްދަނީއާއި ބޭރު ފައިސާގެ ރިޒާވްގެ ހާލަތު އޮތީ ކިހެނެއްތޯ؟

ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމު

ސަލީމުގެ އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ސަރުކާރުން އަންދާޒާ ކުރި ވަރަށް ވުރެވެސް ރަނގަޅުވަމުން އަންނަކަމަށެވެ. އެއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުވެސް އަންދާޒާކުރި ވަރަށްވުރެ ކުރިއަރާފައިވާކަމަށެވެ. 

ދުނިޔޭގެ ނިސްބަތުންވެސް ކޯވިޑްއަށްފަހު އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހުރީ ރަނގަޅު ފައްތަރެއްގައި ކަމަށެވެ. 

އެވާހަކަތައް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ދަރަނި ސާރވިސްކުރުމަށް އެއްވެސް ދައްޗެއް ނެތްކަމަށެވެ. ކޯވިޑްގެ އެންމެ ނާޒުކު ހާލަތުގައިވެސް، ދވެހި ދައުލަތުން ދައްކަން ޖެހުނު ދަރަނިތައް ދައްކާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

"ކޮވިޑާއެކު ދައުލަތުގެ އާމްދަނީ 60 އިންސައްތަ ދަށްވެފައި އޮތް އިރުވެސް ރަނގަޅަށް ބަލައިގެން އަޅުގަނޑުމެން މިވަނީ ދަރަނި އަދާކޮށްފައި، އެހެންވީމަ ޑެޓް ސާރވިސިންގައި އެއްވެސް ރިސްކެއް ނެތްކަން އަޅުގަނޑު ފާހަގަކުރަން"

ފިނޭންސް މިނިސްޓަރު އަމީރު 

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ، މިހާރު ހުށައަޅާފައިވާ ފިސްކަލް ސްޓްރެޓެޖީގައި ދައުލަތަށް ލިބޭ އާންދަނީ އިތުރުކޮށް ޚަރަދުތައް ކުޑަކުރުމަށް ޕޮލިސީސްތައް އެކުލަވާލާފައިވާނެކަމަށެވެ. އެ ޕޮލިސީސްތަކުގެ ތެރެއިން ދައުލަތަށް ލިބޭ އާމްދަނީ މިހާރަށްވުރެ 3 އިންސައްތަ އިތުރުކުރުމާއި ޚަރަދުތައް 3 އިންސައްތަ ކުޑަކުރުމަށް ޕްލޭންތައް ހިމަނުއްވާފައި ވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެއާއެކު އެ ހުރިހާކަމަށް ބަލާ އެއްވެސް ދައްޗަކާއި ނުލާ ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން އޮތްކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
މުޖުތާޒު
ބޭރުގެ މާލީއިދާރާތަކުން ބުނާއެއްޗަކާ މިއަމީރުބުނާއެއްޗަކާ ދިމާނުވޭ ވެދާނެ މާލީ އިދާރާތަކަށްވުރެ އަމީރުމޮޅީކަމަށް
17 Oct 2022
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.