ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު
ހަބަރު
17 Oct 2022 | 12:37
ޚިޔާނާތުގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން އެންމެ ރުފިޔާއެއްވެސް ނުހޯދޭކަން ހާމަވެއްޖެ

ވައްކަމާއި ކޮރަޕްޝަންގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާަގެ ތެރެއިން މިހާތަނަށް އެންމެ ރުފިޔާއެއްވެސް ހޯދިފައި ނުވާކަން ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރުގެ ވާހަކަފުޅުން ހާމަވެއްޖެއެވެ. 

ފިނޭންސް މިނިސްޓަރު އަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރައްވާ މެމްބަރުންވަނީ ރާއްޖޭގެ އިގްތިސާދާއި ދައުލަތުގެ އާމްދަނީ އާއި ގުޅިގެން ގިނަ ސުވާލުތަކެއް މިނިސްޓަރާއި ކުރައްވާފައެވެ. 

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލެއްގައި ވަނީ ޚިޔާނާތުގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން އަނބުރާ ކިހާ މިންވަރެއް މިހާތަނަށް ހޯދުނުތޯ މިނިސްޓަރު އަރިހުން އައްސަވާފައެވެ. 

"ކޯވިޑް ނިމިދިޔަ އިރުވެސް ވެންޓިލޭޓަރުކޮޅު ނުލިބިވުމުގެ އިތުރަށް، 30 މިލިއަނުގެ ވެންޓިލޭޓަރުގެ ޚީޔާނާތުން ދައުލަތަށް ލިބެންޖެހޭ ކިތަށް ބައި ރުފިޔާފޮތި މިހާރު ދައުލަތަށް ހޯދިއްޖެތޯ؟ އަދި އެ ނޫންވެސް ސަރުކާރުތަކުން ހިންގާފައިވާ ބޮޑެތި ޚިޔާނާތްތަކުގެ ތެރެއިން މި ސަރުކާރުން ވީ ވައުދާއި އެއްގޮތަށް އެއްވެސް ފައިސާއެއް މިހާރު ދައުލަތަށް ވެއްދިއްޖެތޯ؟ 

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ 

ވެންޓިލޭޓަރު ކޮރަޕްޝަނާއި ގުޅިގެން އެއްސެވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިހާރު އެ މައްސަލަ އޮތީ އާބިޓްރޭޝަން މަރުހަލާގައިކަމަށެވެ. އަދި ދައުލަތުން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. 

މީގެ ކުރީގެ ސަރުކާރުތަކުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަށް، ޚާއްސަކޮށް ކުރީ ސަރުކާރުގެ ތެރެއިން ފެންމަތިވި އެމްއެމްޕީއާރުސީގެ ޚިޔާނާތް ބަލާ، އެ ޚިޔާނާތުގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ކޮމިޝަނެއް ހެދި ނަމަވެސް، މިހާރު އެ ކޮމިޝަންގެ މަސައްކަތް އޭސީސީއަށް ބަދަލުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އޭސީސީއިން މިހާރު އެ މަސައްކަތް ކުރަމުންދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

"މިސާލަކަށް އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިންވެސް ހޯދަން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު އޭސީސީގެ ތެރެއިން، ކުރީގައި އެސެޓް ރިކަވަރީ ކޮމިޝަނެއް ހެދި، އޭގެ މަސައްކަތް މިހާރު އޭސީސީއަށް ޓްރާންސްފާވެ، އޭސީސީގެ ތެރެއިން ޕީޖީއާ އެއްކޮށްވެސް އޭގެ މަސައްކަތްތަކެއް އެބަ ކުރެވޭ، ހޯދޭނެ ފައިސާ ހޯދުމުގެ މަސައްކަތް އެބަ ކުރެވޭ"

ފިނޭންސް މިނިސްޓަރު އަމީރު 

މިނިސްޓަރުގެ ޖަވާބު ކުރުކޮށްލެއްވި އިރުވެސް ޚިޔާނާތުގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން ހޯދުނީ ކިހާ މިންވަރެއްކަމަށް ބަޔާންކުރައްވާފައެއް ނުވެއެވެ. އަދި އެއްވެސް މިންވަރަކަށް ފައިސާ ހޯދިފައިވާކަންވެސް ހާމަކުރައްވާފައެއް ނުވެއެވެ. 

އެހެން ނަމަވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަކީ ވެރިކަމަށް ވަޑައިގަންނަވާތާ ފުރަތަަމަ 2 އަހަރު ދުވަހުގެ ތެރޭގައި ފުއްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެ ވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.

އެކަމަށްޓަކައި އެސެޓް ރިކަވަރީ ކޮމިޝަނެއް ހައްދަވާ، އެ ކޮމިޝަނަށް ބޮޑެތި ޚަރަދުތަކެއްވެސް ކުރައްވާފައެވެ. އެހެން ނަމަވެސް ގާތްގަނޑަކަށް 3 އަހަރުފަހުން އެ ކޮމިޝަން އުވާލައްވާފައިވާއިރު، ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް އެސެޓް ރިކަވަރީ ކޮމިޝަނަށް ހޯދާދެވިފައެއް ނުވެއެވެ. 

ހަމަ އެގޮތަށް، ވެންޓިލޭޓަރު ގަތުމުގެ ނަމުގައި ހެލްތު މިނިސްޓްރީއިން ހިންގާފައިވަނީ ބޮޑު ކޮރަޕްޝަނެއްކަމަށް އޯޑިޓް ރިޕޯޓުތަކުން ހާމަކޮށްފައި ވީނަމަވެސް، އެ މައްސަލައިގައި ޝާމިލުވާ މީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާ އޭސީސީއިން މިހާރު ވަނީ މައްސަލަ ފައިލުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.