އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް
17 Oct 2022 | 14:03
ދެން ވެރިކަމަށް އަޔަސް އިންޑިއާ އާއި ބާއްވާނީ ގާތް ގުޅުމެއް: ރައީސް ޔާމީން

އިންޑިއާ އާއި އެއްވެސް ޒާތީ ކަމެއް ނެތް ކަމަށާ، ދެން ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް އެގައުމާއި އެކު ބާއްވަވާނީ ގާތް ގުޅުމެއް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީން ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ތުރާކުނު ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އިންޑިއާ އާއި އެކު ބާއްވަވާނެ ގުޅުމާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. 

އެގޮތުން ޔާމީން ވިދާޅުވީ، ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރިއްޔާއަށް ގާއިމުވެ ނުތިބޭނެ ކަމަށެވެ. އެހެން ނަމަވެސް މިހާރުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށާ އެގައުމުގެ ނުފޫޒުވެސް ދިވެހީންނާއި ދިވެހި ގައުމުގެ މައްޗަށް އެބައޮތް ކަމަށެވެ.

މިއާއެކު ރައީސް ޔާމީން ވަނީ، އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާއި ދެކޮޅަށް ވާހަކަ ދައްކަވަނީ، ވަކި ގައުމަކާ ދެކޮޅު ވެގެން ނޫން ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެ ވާހަކަ ދައްކަވަނީ ޒާތީ ކަމެއް އޮވެގެން ނޫން ކަމަށާއި އެ ވާހަތައް ދައްކަވަނީ ދިވެހި ގައުމާއި މުސްތަގުބަލަށްޓަކައި ދައްކަން ޖެހޭ ވާހަކައަކަށްވާތީ އަދި އެ ނުފޫޒުން ދިވެހީން ސަލާމަތް ކުރަން ޖެހޭތީ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. 

"އަޅުގަނޑާ އިންޑިއާ ދޭތެރެއަކު ޒާތީ އެއްވެސް މައްސަލައެއް ނެތް. ހަމަ އެއްވެސް ކަމެއް ނެތް! އަދިވެސް އަޅުގަނޑުމެންގެ ވެރިކަމެއްގައި އިންޑިއާ ވާނީ އަޅުގަނޑުމެންގެ ރަހުމަތްތެރިއަކަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ނަމަވެސް އިންޑިއާއަކީ ރަހުމަތްތެރިއެއް ކަމަށް ބެލެވޭނީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް އިހްތިރާމް ކުރާ ނަމަ ކަމަށާ، ކޮންމެ ކަމެއް ކުުރުމުގެ ކުރީން އިންޑިއާގެ ހުއްދަ ހޯދަން ޖެހޭ ހިސާބަށް ކަންކަން ގެންގޮސްފިނަަމަ އެއީ އެކުވެރި ގައުމެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"އެކަމަކު ދިވެހިރާއްޖެއަކީ މިނިވަން ގައުމެއް ކަމާއި ދިވެހިރާއްޖެއަކީ އިހްތިރާމް ލިބިގެންވާ ގައުމެއް ކަމަށް ގަބޫލު ކޮށްގެން އެ ބީދައިން އަޅުގަނޑުމެންނާއި މުއާމަލާތު ކުރަން ވާނީ. އަޅުގަނޑުމެންނަކީ ދެވަނަ ދަރަޖައިގެ ގައުމެއް ކަމަށް، އަޅުގަނޑުމެންނަކީ އެ މީހުން ބުނާ ކޮންމެ ކަމެއް ކުރަން ޖެހޭނެ ބައެއް ކަަމަށް، އަދި އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ކުރަންވާނީ އިންޑިއާއިން ކަމަށް ގަބޫލު ކޮށްގެން ކުރާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އެ ގުޅުން ނުބޭއްވޭނެ. އެކަމަކު އެހެން ނޫން ކަމަށް ވަންޏާ އަޅުގަނޑުމެންނާއެކު މަސައްކަތް ކުރެވޭނެ،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.