ހަސަން ލަތީފު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
18 Oct 2022 | 10:59
ޓެކްސް ބޮޑުކުރާ ބިލު މަޖިލީހުން ރަބަރު ސްޓޭމްޕް ޖަހާ އުސޫލުން ފާސްކޮށްގެން ނުވާނެ: ހަސަން ލަތީފު

ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ހުށައަޅާފައިވާ ބިލު މަޖިލީހުން ރަބަރު ސްޓޭމްޕު ޖަހާ އުސޫލުން ފާސްކޮށްގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ. 

ހަސަން ލަތީފު މިފަދައިން ވިދާޅުވެފައިވަނީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ ބިލާއި ގުޅިގެން ވާހަކަދައްކަވަމުންނެވެ. 

ހަސަން ލަތީފު ވިދާޅުވީ ރައްޔިތުން މިހާރުވެސް ދައްކަމުންދާ ޓެކްސްއެއް ބޮޑުކުރުމަށް ސަރުކާރުން ހުށައަޅާފައިވާއިރު، ސަރުކާރުން އެފަދައިން އަމަލުކުރަން ޖެހުނު ސަބަބު ސާފުކޮށްދެއްވަން ޖެހޭކަމަށެވެ. 

އެ ބިލުގެ މަގްސަދުތަކުގެ ތެރޭގައި ސަރުކާރުގެ އާމްދަނީ އިތުރުކުރުންކަމަށް ލިޔެފައި އޮތްނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ދީފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ޓެކްސް ބޮޑުކޮށްގެން ދައުލަތަށް ލިބޭނީ ކިހާ އާމްދަނީއެއް ތޯ އާއި، އެ ފައިސާ ލިބޭނެ ދިމަ ދިމާ ކަނޑައެޅިގެން ބަޔާންކޮށްދޭން ޖެހޭނެކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. އަދި ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް މިހާރަށްވުރެ ފުޅާކޮށް ކަމާ ގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށް ރައްޔިތުންގެ ޚިޔާލުވެސް ހޯދަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. 

"ހުށައެޅި ބިލުގެ މަގްސަދުގެ ތެރޭގައި އެބަ ހިމެނޭ، ދައުލަތުގެ އާމްދަނީ އިތުރުކުރުންކަމަށް. އެއީ ދެން އަޅުގަނޑުމެންނަށް ސާފުވާ ކަމެއް. ކިހާ ފައިސާއެއްތޯ މި ދެންނެވި ގޮތަށް އެ ޓެކްސް ބޮޑުކުރީމާ ލިބެނީ، އަދި އެއީ ކޮން ގޮތްތަކަކުން ހޯދި ފައިސާއެއްތޯއާއި، އަދި އެ ނޫން ގޮތަކަށް، މި ދެންނެވި ޓެކްސްތައް އިތުރުކޮށްގެން ބޮޑުކޮށްގެން ނޫން ގޮތަކަށް އެ ބޭނުންވާ އަދަދަށް ފައިސާ ނުހޯދެނީތޯއާއި އަދި ހަމަ އެހެންމެ ކުޑަ ފަރީ ކައުންސިލުން ފޮނުވާފައިވާ ސިޓީގައި އެ ބުނާހެން ދައުލަތުން ކުރަމުންދާ ބޭކާރު ޚަރަދުތައް ހުއްޓާލައިގެން އެ ދެކޮޅު ނުޖެއްސެނީ ތޯއާއި މި ދެންނެވި ކަންކަމަކީ މަޝްވަރާ ކުރުމަށްފަހުގައި ނޫނީ ގޮތެއް ނިންމޭނެ ކަމެއްކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ"

މެމްބަރު ހަސަން ލަތީފު 

ހަސަން ލަތީފު ވިދާޅުވީ އަނެއްކާވެސް ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު، ސަރުކާރުން ކަންކަން ކުރަންވާނީ ރައްޔިތުންގެ އިތުބާރު ނުގެއްލޭ ގޮތަށްކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. 

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ މަޖިލީހުގައި އޮތުމަކީ ސަރުކާރުން ފޮނުވާހާ ބިލެއް ފޮނުވާ ގޮތަށް ފާސްކުރުމަށް އޮތް ހުއްޖަތެއް ނޫންކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. 

"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ހަމަ މިހެން ތިބެފަ ޓެކްސް ބޮޑުކުރަން 2 ޕަސެންޓު މަޖިލީހަށް ލާފައި، ސަރުކާރުން ފޮނުވީތީ ރަބަރު ސްޓޭމްޕް ކުރާ ގޮތަށް އަޅުގަނޑުމެން މި ފާސް ކުރާ ކަމެއް ނޫން މިއީ"

މެމްބަރު ހަސަން ލަތީފު 

އޭނާ އިތުރަށް ވިދާޅުވީ ޓެކްސް ބޮޑުކުރަން ސަރުކާރުން ބިލު ހުށައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 84 ވަނަ މާއްދާގެ ހ ގައި ބުނާ އުސޫލުން ނޫންކަމަށެވެ. އެގޮތުން ބިލު ހުށައަޅާއިރު ކޮސްޓް އެސްޓިމޭޓެއް ހުށައަޅަން ޖެހޭކަމަށް ސާފުކޮށް ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ކޮސްޓް އެސްޓިމޭޓު ހުށައަޅަން ޖެހޭ ފޯމެޓުވެސް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާކަންވެސް ހަސަން ލަތީފު ފާހަގަކުރެއްވިއެވެ. 

އެހެން ނަމަވެސް ސަރުކާރުން ބިލުތައް ފޮނުވާއިރު އެ ގަވައިދަށް އެއްވެސް ފަރުވާލެއް ނުބަހައްޓާކަމަށް އޭނާ ވިދާޅުވިއެވެ. ހަސަން ލަތީފު ވިދާޅުވީ މަޖިލީހުންވެސް ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމަށް ސަރުކާރުން ހުށައަޅާ ހުރިހާ ބިލުތަކަށް ތާއީދުކުރުމުގެ ބަދަލުގައި ކަންކަން އިސްލާހުކުރުމަށް އޮންނަ އުސޫލުގެ ތެރެއިން މަސައްކަތް ކުރަން ޖެހޭކަމަށެވެ. 

ސަރުކާރަށްވެސް އަދި އެމްޑީޕީއަށްވެސް ރައްޔިތުންގެ އިތުބާރު އޮންނާނީ އެ އުސޫލުތަކުގެ ތެރެއިން މަސައްކަތް ކުރެވިގެންކަމަށް ހަސަން ލަތީފުގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.