އިންޑިޔާގެ ހެލިކޮޕްޓަރެއް ވެއްޓި އޭގެ ދަތުރުކުރި 7 މީހަކު މަރުވެއްޖެ

ފޮޓޯ- ޕީޓީއައި ފޮޓޯ

މޫސުން ގޯސްވެ އިންޑިޔާގެ ކަދަރްނާތުން ދީނީ ހަރަކާތެއްގައި ބައިވެރިވި ބަޔަކު ގޮވައިގެން ދަތުރުކުރި ހެލިކޮޕްޓަރެއް ވެއްޓިއްޖެއެވެ.

ކަދަރްނާތް ޓެމްޕަލްއިން ދަތުރު ފެށި ހެލިކޮޕްޓަރު ވެއްޓި އޭގެން ދަތުރުކޮށްފައިވާ 7 މީހުންނާއި ޕައިލެޓްވެސް މަރުވެފައިވާކަމަށް އިންޑީޔާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. މިހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

"ކެދާރްނާތުގައި ހެލިކޮޕްޓަރު ވެއްޓުމަކީ ވަރަށް ހިތާމަވެރި ކަމެއް. އަދި ލިބުނު ގެއްލުމުގެ ބޮޑުކަން ދެނެގަތުމަށް ސްޓޭޓް ސަރުކާރާ ގުޅައި ގެންދަނީ ހާލަތު އަބަދުވެސް ބަލަމުން،" ސިވިލް އޭވިއޭޝަން މިނިސްޓަރު ޖޯތިރާދިތުޔާ ސިންދިއާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.

މިކަމާއި ގުޅިގެން އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއި އިންޑިޔާގެ ރައީސް ދްރޫޕަދީ މުރްމޫވެސް ވަނީ ހެލިކޮޕްޓަރުން ދަތުރު ކުރި މީހުންގެ އާއިލާއަށް ތަޢުޒިޔާފިނުވާފައެވެ.

އަދި ހެލިކޮޕްޓަރު ވެއްޓުނު ހިތާމަވެރި ހާދިސާއާއި ގުޅިގެން އެމަނިކުފާނަށް ފުން ހިތާމައެއް ކުރިމަތިވެފައިވާކަމަށް ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް