ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
19 Oct 2022 | 15:54
ދަނޑުތައް އަޅާ ވަރުން، މިހާރު އަޅުގަނޑަށް ކިޔަނީ ފުޓްސެލް މިނިސްޓަރު: މަހުލޫފު

ރަށްރަށުގައި ފުޓްސެލް ދަނޑުތައް ގިނަ އަދަދަކަށް އަޅަމުންދާތީ، "ފުޓް ސެލް މިނިސްޓަރޭ" ކިޔާ ނަން ހަރުކުރަމުންދާކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާލުވެއްޖެއެވެ. 

މަހުލޫފު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް އޭނާ ހާޒިރުކޮށް މެމްބަރަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. 

އޭނާ ވިދާޅުވީ ގިނަ ރަށްރަށުގައި ޒުވާނުން ކުރާނެ ކަމެއް ނެތިފައި ތިބޭކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން އިރުއޮއްސުމަށްފަހު ކޮފީއެއް ބޯލަން ދާނެ ތަނެއްވެސް ނުހުންނަ ރަށްރަށް ރާއްޖޭގައި ހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެހެންކަމުން ރަށްރަށަށް ކުރާ ދަތުރުތަކުގައި ޒުވާނުންނާއި ބައްދަލުވުމުން، އެންމެ ފުރަތަމަވެސް އެދެނީ އެމީހުން ކުޅެލަންދާނެ ދަނޑެއް އަޅާދިނުމަށްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ކައުންސިލްތަކުންނާއި މަޖިލިސް މެމްބަރުންވެސް އެ ގޮތަށް އެދެމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެއާއެކު މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު ގަބޫލކުރާ ގޮތުގައި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ރަށްރަށުގައި ދަނޑުތައް އަޅާ ނިންމުމުގެ މަސައްކަތްކަަމަށެވެ. އަދި އެމަނިކުފާނުގެ ޔޫތު މިނިސްޓަރުކަމުގެ ދަށުން ރާއްޖޭގައި ގިނަ އަދަދަކަށް ދަނޑުތައް އަޅާފައިވާނެކަންވެސް ފާހަގަކުރެއްވިއެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ ވޭތުވެ ދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ޔޫތު މިނިސްޓްރީއިން ގިނ އަދަދަކށް ދަނޑުތައް އަޅާފައިވާތީ، އަދި މިހާރުވެސް އެ މަސައްކަތް ކުރަމުންދާތީ މިނިސްޓަރާއި ދިމާލަށް "ފުޓްސެލް މިނިސްޓަރޭ" ބައެއް ފަރާތްތައް ކިޔަމުންދާކަމަށެވެ. 

"އަޅުގަނޑު މި ފުޓްސެލް ދަނޑު އަޅާތީ، ފުޓުބޯޅަ ދަނޑު އަޅާތީ ވަރަށް ފާޑުވެސް ކިޔާނެ، ތިޔައީ ފުޓު ބޯޅަ މިނިސްޓަރުއޭ، ފުޓުސެލް މިނިސްޓަރުއޭ ކިޔާފަ"

ޔޫތު މިނިސްޓަރު މަހުލޫފު 

މިނިސްޓަރު ވިދާޅުވީ އެފަދަ ނަންނަން މިނިސްޓަރާއި މުޚާތަބު ކުރައްވާ ވިދާޅުވި ނަމަވެސް، ރަށްރަށުގައި ފުޓްސެލް ދަނޑު ބޭނުންވެފައިވާ މިންވަރު ރަނގަޅަށް ވަޒަންކުރެވޭކަމަށެވެ. 

ޒުވާނުން ކުޅެލާ މުނިފޫހި ފިލުވާލުމަށް ރަށްރަށުގައި އަޅާ ދަނޑުތަކަކީ ޒުވާނުން އުފަލާއެކު ބަލައިގަންނަ ކަމެއްކަމަށާއި، އެ ޚިދުމަތަކީ ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ޢަބްދުﷲ
ކެސިނޯ ނޫނީ ޔޯގާ މިނިސްޓަރު މާ ގުޅޭ.
20 Oct 2022
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.