ފިނޭންސް މިނިސްޓަރު އަމީރު/ ފޮޓޯ: ފައިނޭންސް
ހަބަރު
24 Oct 2022 | 10:13
ޓެކްސް ބޮޑު ނުކޮށް އާމްދަނީ އިތުރު ކުރާނެ ގޮތެއް މިނިސްޓަރަށް ވިދާޅެއް ނުވެވުނު

ރައްޔިތުން އަތުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ބޮޑުކޮށްގެން ނޫނީ ދައުލަތަށް އާމްދަނީ ހޯދޭނެ ސިޔާސަތެއް ސަރުކާރުން ނުގެންގުޅުއްވާކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ވާހަކަފުޅުން ހާމަވެއްޖެއެވެ. 

ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން މިއަދުގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު ހާޒިރުކޮށް މެމްބަރުން ވަނީ ގިނަ ސުވާލުތަކެއް އަމާޒުކުރައްވާފައެވެ. 

ޓެކްސް ބޮޑުކުރުމާއި ގުޅޭގޮތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަނީ ރައްޔިތުންގެ އަތުން ނުނަގާ ސަރުކާރަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތެއް ނެތީތޯ އައްސަވާ ސުވާލުކުރައްވާފައެވެ. 

"ސަރުކާރުގެ ރިކަރެންޓް ޚަރަދު ދެކޮޅުޖެއްސުމަށްޓަކައި މަޖިލީހަށް އެބައޮތް ޖީއެސްޓީ އަދި ޓީޖީއެސްޓީ  ބޮޑުކުރުމަށް ފޮނުވާފަ. 2.5 ބިލިއަން ރުފިޔާ ލިބޭނެކަމަށް. ރައްޔިތުންގެ އަތުން އެ ފައިސާ ނުނަގާ އެހެން ގޮތެއް ނެތީތޯ؟"

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

އާޒިމްގެ އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ރިކަރެންޓު ޚަރަދުތައް ފޫބެއްދުމަކީ ޓެކްސް ބޮޑު ކުރަން ހުށައެޅި ސަބަބުތަކުގެ ތެރެއިން އެއް ސަބަބުކަމަށެވެ. ދައުލަތަށް މިހާރު ލިބޭ އާމްދަނީއިން ރިކަރެންޓު ޚަރަދުތައް މިހާރު ހަމަޖެއްސުމަކީ ފިސްކަލް ޕޮލިސީގެ އަމާޒުކަމަށް ހިމަނާފައިވާނެކަމަށެވެ. 

އާޒިމްގެ ސާފު ސުވާލަށް ޖަވާބު ނުދެއްވާ މިނިސްޓަރު އިތުރު ވާހަކަދައްކަވަމުން ދިއުމާއި ގުޅިގެން އާޒިމް ވަނީ ނިޒާމީ ނުގުތާއެއް ނަގަންވާ އޭނާ ކުރެއްވި ސުވާލަށް ސާފު ޖަވާބެއް ދެއްވުމަށް މިނިސްޓަރު އަރިހުން އެދިލައްވާފައެވެ. 

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

"ޓީޖީއެސްޓީއާއި ޖީއެސްޓީ ރައްޔިތުން އަތުން ނުނަގާ އެހެން ގޮތެއް ނެތް ތޯ؟ އެއީ އަޅުގަނޑުގެ ސުވާލަކީ. މިއީ މާ ގިނަ ވާހަކައެއްވެސް ދައްކަން ޖެހޭ ސުވާލެއް ނޫން"

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

އެއަށްފަހު އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ފިނޭންސްއިން އެކުލަވާފައިވާ ފިސްކަލް ސްޓްރެޓެޖީގެ އަމާޒަށް ވާސިލްވުމަށް ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ޖެހޭކަމަށެވެ. 

"އަޅުގަނޑު ފާހަގަކުރަމުން މިދަނީ އަޅުގަނޑުމެންގެ ފިސްކަލް ސްޓްރެޓެޖީ، އަޅުގަނޑުމެން ހުށައަޅާފައިވާ ފިސްކަލް ސްޓްރެޓެޖީގެ އަމާޒުތައް ހާސިލްކުރުމަށް ކޮންމެހެންވެސް ޖީއެސްޓީއާއި ޓީޖީއެސްޓީ އެބަ ބޮޑުކުރަން ޖެހޭ"

ފިނޭންސް މިނިސްޓަރު އަމީރު 

މިނިސްޓަރުގެ ޖަވާބުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އެއްސެވި ސުވާލަށް ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ޖީއެސްޓީ ބޮޑުކޮށްގެން ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރާ 2.5 ބިލިއަން ރުފިޔާ އެ ނޫން ގޮތަކަށް ހޯދުމުގެ ސިޔާސަތެއް ސަރުކާރުން ނުގެންގުޅުއްވާކަން މިކަމުން ހާމަވެގެންދެއެވެ.

އަދި ސަރުކާރަށް އާމްދަނީ ހޯދުމަށް ޓެކްސް ނެގުން ނޫން ގޮތެއް، ނުވަތަ އެފަދަ ވިސްނުމެއް ނުގެންގުޅުއްވާކަންވެސް މިނިސްޓަރުގެ ޖަވާބުން ފާހަގަވެގެން ދިޔައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ