މަޖިލިސް / ފޮޓޯ: މަޖިލިސް
ހަބަރު
24 Oct 2022 | 11:08
ޗާގޯސް މައްސަލާގައި ރާއްޖޭގެ ވިސްނުން ބަދަލުކުރުމާއި ގުޅިގެން ކުއްލި މައްސަލައެއް

ޗާގޯސް މައްސަލައިގައި މޮރިޝަސް އާއި އެއްކޮޅަށް ރާއްޖެއިން ވޯޓުދޭން ސަރުކާރުން ނިންމާފައިވަނީ ގާނުނު އަސާސީއިން ނުލިބޭ ބާރެއްގެ ބޭނުން ނަހަމަގޮތުގައި ހިއްޕަވައިގެން ކަމަށްވާތީ، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން އަޒުލުކުރުމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރު ގޮވާލައްވައިފިއެވެ. 

ޗާގޯސް މައްސަލައާއި ގުޅިގެން ރާއްޖޭގެ ވިސްނުން ބަދަލުކުރުމާއި ގުޅިގެން ހުށައެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ޗާގޯސް މައްސަލައިގައި ސަރުކާރުގެ ވިސްނުން ބަދަލުކުރި ސަބަބު ސާފުނުވާކަމަށެވެ.

އެފަދަ ނިންމުމެއް ސަރުކާރަށް ނިންމޭނީ މަޖިލީހަށް ހުށައަޅާ މަޖިލީހުގެ ރުހުން ލިބިގެން ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ސަރުކާރުން އެ ނިންމުން ނިންމާފައިވަނީ ގާނޫނާއި ޚިލާފަށްކަން ތަކުރާރުކޮށް އާދަމް ޝަރީފް ވިދާޅުވިއެވެ. 

އާދަމް ޝަރީފް ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުމުގެ ފުރުސަތު އޮންނަ ގޮތަށް ސަރުކާރުން އެ ނިންމުން ނިންމާ އެކަން އިއުލާނުކޮށްފައިވާއިރު، އެ މައްސަލައިގައި ބައިންލަ އަގުވާމީ ކޯޓުގައި ވަކާލާތު ކުރި ބަންޑާރަ ނައިބު ހުންނެވީ ރިޝްވަތު ނަންގަވައިގެން ތޯ ނޫން ތޯ މަޖިލީހުން ޔަގީންކުރަން ޖެހޭކަމަށެވެ. 

ބަންޑާރަނައިބުގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފެދިފައި ވާތީއާއި، އަދި ބަންޑާރަނައިބު ގާނޫނާއި ޚިލާފުވެފައިވާތީ އޭނާ އަޒުލު ކުރުމަކީ މިއަދު މަޖިލީހުން ކުރަން ޖެހޭ ކަމެއްކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ. 

"މަޖިލިސް މިހާރު އެބަ ޖެހޭ ސަރުކާރު ޒިންމާދާރު ކުރުވުމަށް އޮއްޓަރު ހުރި މަސައްކަތްތަކެއް ކުރަން. އެޓާނީ ޖެނެރަލް ރިއްފަތު މިހާރު އެ ހުންނެވީ ރިޝްވަތު ނަގައިގެން ތޯ ނުވަތަ ނޫންތޯ އެކަން އަޅުގަނޑުމެން ކަށަވަރުކުރަން ޖެހޭ. ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީގެ 3 ވަނަ މާއްދާއާއި 93 ވަނަ މާއްދާއާއި ޚިލާފުވީ ކީއްވެގެންތޯ ބަލަން ޖެހޭ، އަޅުގަނޑުމެންނަކީ ހަރުދަނާ ރަނގަޅު ރައްޔިތުންގެ މަޖިލީހެއް ކަމަށް ވެއްޖެއްޔާ މިއަދު ޖެހޭނީ އަޒުލުކުރަން އެ ފަރާތްތައް"

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު 

ޗާގޯސް މައްސަލައާއި ގުޅިގެން އާދަމް ޝަރީފު މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލައަށް އެންމެ މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުން ވަނީ ތާއީދު ކުރައްވާފައެވެ. 

އާދަމް ޝަރީފް ވަނީ އެ މައްސަލައިގައި ހުރިހާ މެމްބަރުން ވާހަކަ ދެއްކުމަށް ވަގުތު ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މަޖިލީހުގެ ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭހެން ކޮމެޓީއެއް ނަގާ އިންކުއަރީއެއް ހެދުމަށްވެސް ހުށައަޅުއްވާފައެވެ. 

ޗާގޯސް މައްސަަލައާއި ގުޅިގެން ސަރުކާރުން މޮރިޝަސްއާއި އެއްކޮޅަށް ވޯޓުދިނުމަށް ނިންމި ނިންމުމަށް މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި އެކަމަކީ ރާއްޖޭގެ މަސް ކަނޑުން ބޮޑު ސަރަހަދެއް މޮރިޝަސްއަށް ދިއުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވާ މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.