ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ - ފޮޓޯ: މަޖިލިސް
ހަބަރު
24 Oct 2022 | 15:27
ހަނިމާދޫ ގައި ތިބި އިންޑިއާ މީހުން ގެނައީ ކުރީ ސަރުކާރުން: އަބްދުލްޣަފޫރު

ހދ. ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ގެނައީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ސަރުކާރުން ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޣަފޫރު މިފަދައިން ވިދާޅުވީ، ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަކަށް ހަދަން ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ކޯޓުގައި އެގައުމުން ކުރާ ދައުވާގައި މޮރިޝަސްއާ އެއްކޮޅަށް ރާއްޖޭގެ ސިޔާސަތު ދީލައިނުލަން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.  

ޣަފޫރު ވިދާޅުވީ، މިއަދާއި ހަމައަށް އައި އިރުވެސް ރާއްޖޭގެ ބޯޑަރު އޮތީ ކަނޑަނޭޅި ކަމަށެވެ. އަދި މިގައުމަށް އައި ހުރިހާ ސަރުކާރަކުންވެސް އެކަން ކުރުމަށް ނުކުޅެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.  

އެވާހަކަ އާއި ގުޅުވައިގެން ޣަފޫރު ވިދާޅުވީ، ހަނިމާދޫގައި އިންޑިއާ ސިފައިން ތިބޭ ވާހަކަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން ދައްކަވާ ކަމަށެވެ. އެހެން ނަމަވެސް އެ ރަށުގައިވެސް އަދި އެހެން ރަށެއްގައި ވެސް ބޭރުގެ ބަޔަކު ތިބި ނަމަ ތިބީ، ކުރީގެ ރައީސް ޔާމީން ގެ ސަރުކާރުން ހެދި އެގްރިމެންޓްގެ ދަށުން ކަމަށެވެ. 

"ރާއްޖެއާއި އިންޑިއާއާއި ކުރެވުނު އެގްރީމެންޓް އެއްގެ ދަށުން ޑިފެންސް ކޯޕަރޭޝަން އެގްރީމެންޓް ގެ ދަށުން، އެ އެގްރީމަންޓް ގައި ސޮއި ކުރީ ޔާމީންގެ ވެރިކަމުގައި މިހާރުގެ މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެންބަރު، އޭރުގެ ޑިފެންސް މިނިސްޓަރު. ރާއްޖެއަށް ޑޯނިއާ ފްލައިޓެއްް އޭގެ ޓެކްނިކަލް ސަޕޯޓާ އެއްކޮށް ގެނެސް ބާއްވަން. އެހެންވީމާ ސުވާލަކީ މިއަދު ހަނިމާދޫގައި ތިބި އިންޑިއާ ސިފައިންނަކީ އިބްރާހީމް މުހައްމަދު ޞާލިހު ގެނައި ސިފައިން ތޯ؟ ނޫން. އެއީ ޔާމީނު ގެނެސްދީފައި ތިބި ސިފައިން. އެއީ ހަގީގަތަކީ."

އަބްދުލްޣަފޫރު މޫސާ 

މިއާއެކު އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މޮ ސަރުކާރުން ރާއްޖެ ގެނައި ބޭރުގެ އެއްވެސް ބަޔަކު ރާއްޖޭގައި ނުތިބޭނެ ކަމަށެވެ.  

"މިސަރުކާރުން ކޮށްފައި ހުރި އެގްރީމެންޓް އެއްގެ ދަށުން، މި ގައުމަށް އައިސް ތިބި އެއްވެސް ބޭރު ބަޔަކު ނުތިބޭނެ. އަދި އައްޑޫގައިވެސް، ފުވައްމުލަކު ގައި ބަޔަކު ތިބި ނަމަ އެއީ ކުރީގެ ސަރުކާރުން ކޮށްފައި އޮތް ކަންތައްތައް އެއީ. އެހެންވީމާ ހަގީގަތް އޮޅޭ ގޮތަށް މިތަނުގައި ވާހަކަދެކެވިގެން ނުވާނެ."

އަބްދުލްޣަފޫރު މޫސާ 

ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމުގައި ރާއްޖޭގެ އެއްވެސް ސަރުކާރަކުން ނުވަތަ ދުނިޔޭގެ އެއްވެސް ތަނަކުން ހުށަހަޅާފައި ނުވާ ކަމަށާ، އެހެން ކަމުން އެއީ ރާއްޖޭގެ ބައެއް ކަމުގައި ރައްޔިތުންގެ މަޖިލީހުންވެސް ކަނޑައެއް ނޭޅޭނެކަމަށް ޣަފޫރު ވިދާޅުވިއެވެ. އަދި އެފަދަ ވާހަކަ ދައްކައިގެން ފިތުނަ އުފެއްދުން ނޫން ކަމެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ޣަފޫރު އިތުރަށް ވިދާޅުވީ، އަދުގެ ސަރުކާރުން ގާނޫނާއި ޚިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށާ، ރާއްޖޭގެ ބިމުން އެއްވެސް ކައިވަތެއް ބޭރުގެ ބަޔަކަށް މިސަރުކާރުން ދޫނުކުރާނެ ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގެ ސަރަހައްދެއް އަދި މިވީހާތަނަށް ވެސް ކަނޑަނޭޅޭ ކަމަށާ، އަމިއްލައަށް އެގޮތަށް ކަނޑައެޅި ކަމުގައިވިޔަސް އެކަން އެގޮތަށް ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.