ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ހަބަރު
25 Oct 2022 | 12:15
ރާއްޖޭގެ ސްޓޭންޑަށް ބަދަލެއް ނާންނާނެކަން ވާނީ އަންގާފައި: ފޮރިން މިނިސްޓްރީ

ޗާގޯސްގެ މައްސަލައާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހަށް ގަރާރެއް ހުށަހަޅައިފިނަމަ އެ ގަރާރާއި ދެކޮޅު ނުހެދުމަކީ ރާއްޖެއިން މޮރިޝަސް އާއި ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތު ކުރަމުންގެންދާ މައްސަލާގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ ކަމަށް މޮރިޝަސް ސަރުކާރަށް އަންގާފައިވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އދ.ގެ އާންމު މަޖިލީހުގައި ދޭ ވޯޓުގެ މައްސަލަ އާއި ރާއްޖޭގެ އިން ކަނޑައެޅުމާއި ގުޅޭ ގޮތުން މިހާރު ޓްރައިބިއުނަލުގައިކުރިޔަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ. 

ފޮރިން މިނިސްޓްރީން ބުނީ ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރުހިންގާ ގައުމުގެ މައްސަލައަކީ މޮރިޝަސް އާއި އިނގިރޭސިވިލާތާއި ދެމެދު އޮތް މައްސަލައެއް ކަމަށާއި، ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫން ކަމަށެވެ. 

އަދި 1965 ވަނަ އަހަރު ރާއްޖެއަށް ފުރިހަމަ މިނިވަންކަންލިބި 21 ސެޕްޓެމްބަރުގައި އދ ގެ މެންބަރު ގައުމަކަށް ވުމަށްފަހު ބައިނަލްއަގްވާމީ ދުނިޔޭގައި އިސްތިއުމާރާއީ އަޅުވެތިކަމާއި ދެކޮޅަށް ރާއްޖޭގެ ހުރިހާ ސަރުކާރާކުންވެސް ވަނީ އަޑުއުފުލާފައި ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ރާއްޖެއަށް އދ.ގެ މެންބަރުކަން ލިބުމަށްފަހު ދުނިޔޭގެ އެކި ބައްރުތަކުގައި އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި ހުރި އެތައް ގައުމެއް މިނިވަންވެ، އދ.ގެ މެންބަރުންގެ ގޮތުގައި އެބަތިބި ކަމަށާއި، އެހުރިހާ މައްސަލަތަކަށް ރާއްޖެއިން މިހާތަނަށް ތާއީދުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މޮރިޝަސް އާއި އެފްރިކާގެ ގައުމުތަކާއި ވަކި ފަރާތަކަށް ނުޖެހޭ ހަރަކާތް (ނޮން އައިލެންޑް މޫވްމެންޓް) ގެ ގައުމުތަކާއި ގުޅިގެން 22 މެއި 2019 ގައި އދ ގެ އާންމު މަޖިލީހަށް ގަރާރެއްވެސް ވަނީ ހުށަހަޅާފައެވެ. މި ގަރާރުގައި 6 މަސް ދުވަހުގެ ތެރޭގައި ޗާގޯސް މޮރިޝަސް އާއި ހަވާލުކުރުމަށް ވަނީ ގޮވާލާފައެވެ. އެހެން ނަމަވެސް ރާއްޖެއިން ވަނީ އެގަރާރާ ދެކޮޅަށް ވޯޓުދީފައެވެ.

މިނިސްޓްރީން ބުނީ 2019 ވަނަ އަހަރު ރާއްޖެއިން އެގަރާރާއި ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްޕް200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ކޮމިޝަން އޮފް ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް 26 ޖުލައި 2010 ގައި ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިއުތިރާޒުކޮށް، 24 މާޗް 2011 ގައި ފޯމަލް ޕްރޮޓެސްޓް ހުށަހަޅާފައިވާތީ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.