ރައްޔިތުންގެ މަޖިލީހުގެ މުހައްމަދު ނަޝީދު އާއި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން
26 Oct 2022 | 10:30
އިކްރާމް ރައީސް ނަޝީދަށް: މިތާ ތިއްބަވަނީ ކޮންމެވެސް ވަރަކަށް ތަންދޮރުދަންނަ ބޭފުޅުންކަން ހަނދާން ބަހައްޓަވާތި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ އިތުރުން، ދެންވެސް މަޖިލީހުގައި ތިއްބަވަނީ ކޮންމެވެސް ވަރަކަށް ތަންދޮރު ދަންނަ ބޭފުޅުންކަން ހަނދާން ބެހެއްޓެވުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން، ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފިއެވެ. 

އިކްރާމް މިފަދައިން ވިދާޅުވެފައި ވަނީ، ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތައް މަޖިލީހަށް ހާޒިރުކޮށް ކުރިއަށްދާ މަޖިލީހުގެ އާންމު ކޮމެޓީގައި އިކްރާމް ދެއްކެވި ވާހަކަތަކުގެ ތެރެއިން ކުށެއް ބުނެވިފައިވާ ކަމަށް ވިދާޅިވެ އެ ކުށް ރައީސް ނަޝީދު އިސްލާހު ކޮށްދެއްވުމާއި ގުޅިގެންނެވެ. 

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ހުށަހަޅާފައިވާ ބިލާއި ގުޅިގެން ވާހަކަދައްކަވަމުން އިކްރާމް ވިދާޅުވީ، އެ ބިލާއި ދެކޮޅަށް ވާހަކަ ދައްކަވާ މެންބަރުން ވާހަކަދައްކަވަނީ ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންގެ ހިތަށް ތަދު ކުރާން ކަމަށެވެ. އެހެން ނަމަވެސް، އެގޮތަށް ކަންތައް ނުކޮށް، ގައުމަށް ފައިދާ ހުރި ކަންކަމުގައި ސިޔާސީ ފިކުރު އެއްކިބާކޮށް، ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.  

މިއާއެކު އިކްރާމް ވިދާޅުވީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކޮށްގެން ރައްޔިތުންނަށް މާބޮޑު ގެއްލުމެއް ނުވާނެ ކަމަށެވެ. 

"ސަބަބަކީ ޖީއެސްޓީ ޒީރޯ ރޭޓެޑް ފޫޑް އައިޓަމްސް ތަކެއް އެބައުޅޭ. އެއީ އާއްމުކޮށް ޒަރޫރީ ބޭނުންތަކަށް ރައްޔިތުން ބޭނުންކުރާ އައިޓަމް ތައް." އިކްރާމް ވިދާޅުވިއެވެ. 

އިކްރާމްގެ ވާހަކަ އެ ހިސާބަށް ގެންދެވުމާއި އެކު އެވާހަކަ މެދުކަނޑާލައްވައި ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވަނީ، އެތަކެއްޗަކީ ޖީއެސްޓީ ޒީރޯ އެއްޗެއްސެއް ނޫން ކަމަށާ، އެއީ ޑިއުޓީ ޒީރޯ އެއްޗެހި ކަމަށް ވިދާޅުވެފައެވެ. 

"އެތަކެއްޗަކީ ޖީއެސްޓީ ޒީރޯ އެއްޗެއްސެއް ނޫން، އެއީ ޑިއުޓީ ޒީރޯ އެއްޗެހި. އައި ޑިއުޓީ ޒީރޯ." ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު މި ވާހަކަފުޅާއި ނުރުހުންވެ ވަޑައިގެން އިކްރާމް ވަނީ، "ދެންވެސް މިތާ ތިއްބަވަނީ ހަމަ ކޮންމެވެސް ވަރަކަށް ތަންދޮރު ދަންނަ ބޭފުޅުންކަން" ހަނދާން ބެހެއްޓެވުމަށް އެދިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.