ހުޅުމާލޭަގއި ހަދަމުން އަންނަ ސަރުކާރުގެ އޮފީސް އިމާރާތް
ހަބަރު
26 Oct 2022 | 10:32
ހުޅުމާލޭގައި ހަދަމުން އަންނަ ސަރުކާރުގެ އޮފީސް އިމާރާތް، ޑިސެމްބަރު މަހު ބޭނުންކުރަން ފެށޭނެ

ހުޅުމާލޭގައި ހަދަމުން އަންނަ ސަރުކާރުގެ އޮފީސް އިމާރާތުގެ މަސައްކަތް އަންނަ މަހު ނިންމައި، ޑިސެމްބަރު މަހު ބޭނުންކުރަން ފެށޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އެމިނިސްޓްރީއިން ބުނީ މި އިމާރާތް ހެދުމަށް ސަރުކާރުން ނިންމީ ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށް އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން އުޅެންޖެހިފައި ވުމާއެކު، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްޙުރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް 2019 ވަނަ އަހަރު ނިންމެވި ނިންމުމުގެ މަތީން ކަމަށެވެ.

މިގޮތުން މާލޭގައި އިމާރާތް އަޅާނެ ބިމުގެ ދަތިކަން ހުރުމުން ސަރުކާރުން ނިންމެވީ އޮފީސް އިމާރާތް ހުޅުމާލޭގައި އެޅުމަށެވެ. އަދި، 2019 ވަނަ އަހަރު ޑިސެމްބަރުގައި ބިޑް ކާމިޔާބުވި ފަރާތަށް މަސައްކަތް އެވޯޑްކޮށް 2020 ވަނަ އަހަރުގެ ފެބްރުއަރީގައި އިމާރަތް ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

އެހެން ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މަސައްކަތް ނުނިމި ދިގުލައިގެން ދިޔަ ކަމަށާއި އެކަމަކު ދިމާވި ދަތިތަކަށް ފަހު އަންނަ މަހު އެތަނުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް މިނިސްޓްރީން ބުނެެއެވެ.

މި އިމާރާތުގެ ފަންގިފިލާތައް ބެހިފައިވަނީ

ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ

– ޕާކިންގ އޭރިއާދެވަނަ ފަންގިފިލާ

– މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްތިންވަނަ ފަންގިފިލާ

– މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންހަތަރުވަނަ ފަންގިފިލާ

– އެމެރިކަން އެމްބަސީފަސްވަނަ ފަންގިފިލާ

– މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންހަވަނަ ފަންގިފިލާ

– ކުދި މީޓިންގ ރޫމްތަކާއި ސެމިނާ ރޫމްއެއް އަދި ޓެރަސްއެއް

އޮފީސް އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނަކީ 25000 އަކަފޫޓެވެ. މި މަސައްކަތް 185 މިލިއަން ރުފިޔާއަށް ހަވާލުކުރީ 2019 ވަނަ އަހަރު ޗައިނާގެ ހުނާން އިންޖީނިއަރިންއާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.