ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--(ފޮޓޯ/ މަޖިލީސް)
26 Oct 2022 | 11:37
ގެސްޓް ހައުސް އިންޑަސްޓްރީ ކުރި ނާރަނީ ހަމައެކަނި ޓެކުސް ރޭޓް ބޮޑުވެގެނެއްނޫން: އަމީރު

ރާއްޖޭގައި ގެސްޓް ހައުސް އިންޑަސްޓްރީ ކުރި ނާރަނީ ހަމައެކަނި ޓެކުސް ރޭޓު ބޮޑު ވެގެނެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެެއެވެ. 

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތައް މަޖިލީހަށް ހާޒިރުކޮށް ކުރިއަށް ގެންދިޔަ މަޖިލީހުގެ އާންމު ކޮމެޓީގައި ވާހަކަދައްކަވަމުން، ގެސްޓް ހައުސް އެސޯސިއޭޝަންގެ އެކްސްކޯ މެންބަރު އަހުމަދު ވަހީދު ވަނީ މި ވަގުތުގައި ޓެކްސް ބޮޑު ކޮށްފިނަމަ ގެސްޓް ހައުސްތަކަށް ބޮޑެތި ގެއްލުންތައް ވާނެ ކަމަށް ވިދާޅުވެފައެވެ. 

އެގޮތުން، އޭނާ ވިދާޅުވީ، މިހާރު ހުޅުމާލޭގެ ގެސްޓް ހައުސް ތަކުގެ އެވްރެޖް ރޭޓަކީ 49 ޑޮލަރު ކަމަށެވެ. އަދި އޮންލައިން ޕްލެޓްފޯމް ތަކުގައި އެ ރޭޓް އަޕްލޯޑް ކޮށްލުމަށްފަހު ޓެކްސް ކަނޑާލުމުން ޖެހެނީ 44 ޑޮލަރު ކަމަށެވެ. އަދި އެއިންވެސް 10 ޑޮލަރު ނުވަތަ 100 ރުފިޔާ އެއާރޕޯރޓް އިން ގެސްޓްހައުސް އަށް ގެނައުމަށް ހޭދަވާ ކަމަށާ، އެއީވެސް ހޭދަވާ އިތުރު ޚަރަދުކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ. 

ޚަރަދު ކަނޑާލީމާ އަޅުގަނޑުމެންނަށް ވަނީ ކަނޑައެޅިގެން ގެއްލުން. ދެން ވިދާޅުވާނެ ކީއްވެގެންތޯ އޮޕަރޭޓް ކުރަނީ. ޚާއްސަކޮށް ގްރޭޓަރ މާލެ އޭރިއާގެ ވާހަކަ މިދައްކަނީ. އަޅުގަނޑުމެންގެ ގެސްޓް ހައުސް އެއް ފެހެންދޫގައި ވެސް އެބަހުރި. އަޅުގަނޑުމެންނަށް ނުކުރެވިގެން ބަންދު ކުރާ ހިސާބުގައި އެ އޮތީ. އޭގެތެރެއިން ވަރަށް ގިނަ މައްސަލަ ތައް އެބަ ދިމާވޭ ޓްރާންސްޕޯޓް ކަނެކްޓިވިޓީ މައްސަލަ ވެސް. 

ގެސްޓް ހައުސް އެސޯސިއޭޝަން އެކްސްކޯ މެންބަރު އަހުމަދު ވަހީދު

އެހެންކަމުން ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތަ އަށް ބޮޑު ކުރުމުން، ލޯކަލް ޓޫރިޒަމަށް ވާނީ 100 އިންސައްތަ ގެއްލުން ކަމަށްވެސް ގެސްޓްހައުސް އެސޯސިއޭޝަނުން ބުންޏެވެ. 

ގެސްޓް ހައުސް އެސޯސިއޭޝަންގެ ވާހަކަތަކާއި ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ، އެ އެސޯސިއޭޝަންގެ ވާހަކަތަކުންވެސް، ގެސްޓްހައުސް އިންޑަސްޓްރީ ކުރި ނާރަނީ ހަމައެކަނި ޓެކްސް ރޭޓް ބޮޑުވެގެން ނުވަތަ ކުޑަ ވެގެންކަން ހާމަވާ ކަމަށެވެ. 

"ހަގީގަތަކީ ހަމައެކަނި ޓެކްސް ރޭޓް ބޮޑުވެގެން ކުޑަވެގެނެއް ނޫނޭ ރާއްޖޭގައި މިސާލަކަށް ގެސްޓްހައުސް އިންޑަސްޓްރީ، އަޅުގަނޑުމެން ކުރިއަރަން ބޭނުންވާ ވަރަށް ކުރި ނާރާ މިއުޅެނީ މިސާލަކަށް." 

އިބްރާހީމް އަމީރު

މިއާއެކު އަމީރު ވަނީ ގެސްޓް ހައުސް ކުރިއެރުމަށް ހުރި އެހެން ގޮންޖެހުންތައް ފާހަގަކޮށް، އެ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ފާހަގަކުރައްވާފައެވެ. އެގޮތުން، ދަތުރުފަތުރުގެ މައްސަލަ ހައްލު ކުރުމަށް އާރްޓީއެލް ފެރީގެ ޚިދުމަތް ތަޢާރަފް ކޮށް، އެ މަޝްރޫއު ކުރިއަށް ގެންދިޔުމާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާރޕޯރޓް ތައް ހެދުމާއި، ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭން ފަށާފައިވާ ކަން އަމީރު ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.