ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ހަބަރު
26 Oct 2022 | 12:22
ގާނޫނާ އެއްގޮތަށް ނޫނީ އަޅުގަނޑު ކުރާ މަސައްކަތުގައި ލޮލުފިޔައެއް ވެސް ނުޖަހާނަން: ނަޝީދު

ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ނޫނީ އެމަނިކުފާނު މަޖިލީހުގައި ކުރާ މަސައްކަތުގައި ލޮލުފިޔަ އެއް ވެސް ނުޖައްސަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ރިޔާސަތުގައި އިންނަވައިގެން ނަޝީދު އަމަލު ކުރައްވާ ގޮތާ މެދުގައި މަޖިލީހުގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާތީ އެކަމަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ، ކޮމިޓީގެ ފަރާތުން ގޮތެއް ނިންމާނީ ކޮން ގޮތަކަށްތޯ ކޮމިޓީ ގަވައިދުގައި ފާހަގަކޮށްފައި ނެތް ކަމަށެވެ. އެހެން ނަމަވެސް ކޮމިޓީގެ ފަރާތުން ކަންކަން ނިންމަން ޖެހޭ ކަން އެއީ ކަށަވަރު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަޖިލިހުގެ ގަވައިދުގައި ތަފްސީލް ނުކޮށް އޮންނަހާ އިރެއްގައި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ މަސްލަހަތު ހުރި ގޮތެއްގައި ކޮމިޓީ ވަގުތު ކަނޑައަޅުއްވާނެ ކަމަށެވެ. ނަޝީދު ވަނީ މަޖިލީހުގައި ގައިވައިދުގައި އޮންނަ ގޮތަށް ނޫން ގޮތަކަށް އެމަނިކުފާނު އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން މެންބަރުންނަށް އަރުވާފައެވެ.

"އަޅުގަނޑު މިތަނުގައި އިނދެ ކުރާ ހުރިހާ މަސައްކަތެއް، ލޮލުފިޔައެއް ވެސް އަޅުގަނޑު މިތަނުގައި ނުޖަހާނެ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި މިތަނުގެ ގަވައިދުތަކާއި ޑިމޮކްރަސީގެ އުސޫލުތަކާއި އިސްލާމް ދީނުގެ މަތިވެރި، ރިވެތި އުސޫލުތަކާ އެއް ގޮތްވާ ގޮތުގެ މަތިން ނޫނީ،"

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު

ނަޝީދު އެގޮތަށް ވިދާޅުވި އިރު، މުޅި މަޖިލިހުގެ ތާރީހުގައި ވެސް ރިޔާސަތުގައި އިންނެވި އެންމެ ހުދުމުހުތާރު ރައީސަކީ މުހައްމަދު ނަޝީދު ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާޢިރާގެ މެންބަރު ރޮޒައިނާ ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރޮޒައިނާ ވިދާޅުވީ، މަޖިލީހުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައި އޮންނަވަރު ބާރެއް ލިބިވަޑައިގަންވާ ބޭފުޅެއް ނޫން ކަމަށާއި ރިޔާސަތުން ކަންތައް ކުރާ ގޮތުން މަޖިލީހުގައި މަސައްކަތް ކުރަން ވެސް އުދަނގޫ ވެފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ