މާލެ ފެހި އައުޓްލެޓް ހުޅުވި ދުވަހު ޑރ. މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ހަބަރު
28 Oct 2022 | 15:48
"މާލެ ފެހި" އައުޓްލެޓް އަކީ ނުގަވައިދުން ހިންގާ ވިޔަފާރިއެއް ނޫން: ޑރ. މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމްކުރި "މާލެ ފެހި" އައުޓްލެޓް ކުރިއަށް ގެންދަނީ ނުޤަވާއިދު ވިޔަފާރިއެއް ގޮތުގައި ނޫންކަމަށާއި އެކަން ކުރިއަށް ގެންދަނީ ކައުންސިލްގެ އިމުގެތެރެއިން ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"މާލެ ފެހި" އައުޓްލެޓާއި ގުޅިގެން ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމަށް މަޢުލޫމާތު ހިއްސާކުރައްވަމުން މޭޔަރު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި ކައުންސިލްތަކަށް އާމްދަނީ ހޯދޭނެކަމާއި ހޯދޭނެ ގޮތްތައް ލާމަރުކަޒީ ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށާއި، އާމްދަނީ ހޯދުމުގެ ހުއްދަ އަކީ ޤާނޫނުން ކައުންސިލްތަކަށް ދީފައިއޮތް ހުއްދައެއް ކަމަށެވެ.

އެގޮތުން މާލޭގަ ފެހިކުރަންޖެހޭ ސަރަޙައްދުތަކާއި ޕާކުތަކާއި މައިދާންތަކަކީ އަބަދު ބަލަހައްޓަންޖެހޭ ތަންތަން ކަމަށްވީއިރު، މިކަންކަން ކުރުމަށް ސަރުކާރުގެ ބަޖެޓުތެރެއިން ފައިސާއެއް ނުދެއްވޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މިއާއިއެކު މޭޔަރު ވިދާޅުވީ މި މަސައްކަތަކީ ކައުންސިލަރުންގެ އަމިއްލަ މުއްސަނދި ކަމެއްހޯދަން ފިހާރައެއް ހުޅުވައިގެން އާމްދަނީ ހޯދުމުގެ ގޮތުން ކުރިއަށްގެންދާ ކަމެއް ނޫންކަމަށާއި، މިއީ މާލެ ސިޓީ ކައުންސިލްގެ އިމުގެ ތެރެއިން ކުރިއަށް ގެންދަވާ މަޝްރޫޢުއެއް ކަމަށެވެ.

”މިއީ ނުޤަވާއިދު ވިޔަފާރިއެއް ނޫންކަމަށާއި މިކަން ކުރިއަށް ގެންދަނީ ކައުންސިލްގެ އިމުގެތެރެއިން. އަޅުގަނޑުމެންނެއް ނޫޅެން އަޅުގަނޑުމެންގެ ކައުންސިލަރުންގެ އަމިއްލަ މުއްސަނދި ކަމެއްހޯދަން ފިހާރައެއް ހުޅުވައިގެން އާމްދަނީ ހޯދާކަށް.“

ޑރ. މުހައްމަދު މުއިއްޒު 

ކައުންސިލްތަކަށް އާމްދަނީ ހޯދުމަށްޓަކައި ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުންފުނި ހެދުމުގެ ހުއްދައަށް އެދިފައިވާތާ އަހަރަކާއި ގާތްވެފައިވާއިރުވެސް ސަރުކާރުން އެހުއްދަވެސް ދެއްވާފައިނުވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

”ދެން ކުންފުނި ހަދަން އުޅުނީމަ އެކަމަށްވެސް ހުއްދައެއް ދެއްވީކީނޫން. އެކަމަށް ޖަވާބެއް ނުދެއްވާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެފައިވާއިރު، ކުރިއަށްދެވޭނެ އެއްވެސް މަގެއްވެސް ފަހިކޮށްދީފައިނުވޭ.“

ޑރ. މުހައްމަދު މުއިއްޒު 

މޭޔަރު ވިދާޅުވީ ކައުންސިލުން މި މަސައްކަތް ކުރިއަށް ގެންދަނީ މާލޭގެ ފެހިކަން ޤާއިމްކުރުމަށާއި، މިކަމުގައި ކުރިއަށްދާ ފަރާތްތަކަށްވެސް އެފުރުޞަތު ފަހިވާނެ ގޮތަކަށް ކަމަށެވެ. އަދި މި ކަމުގެ ބޭނުމަކީ އެކަމަށްކުރާ ޚަރަދު އަނބުރާ ލިބި، ކައުންސިލަށްވެސް ފައިދާލިބި އެފައިދާ އަކީ ރައްޔިތުންނަށް އިންވެސްޓްކުރާ އެއްޗަކަށް ހެދުން ކަމުގައި މޭޔަރު ވިދާޅުވިއެވެ.

"މާލެ ފެހި" މިއީ ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށާއި، އެތަން ހުޅުވައިގެން މިވީ މުއްދަތުގެ ތެރޭގައި ވަރަށްގިނަ ރައްޔިތުން އެތަނަށް ޒިޔާރަތްކޮށް ގަސް ބައްލަވައިގަނެ މީގައި އިތުރަށް ކުރިއަށް ދިއުމުގެ މަގު ކައުންސިލަށް ފަހިވެގެންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެހެންކަމުން މިއީ ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭ ކަމެއްގެ ގޮތުގައި މޭޔަރު ފާހަގަކުރެއްވިއެވެ.

”މިއީ ޙަޤީޤަތުގައިވެސް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭ ކަމެއް. އެކަމަށް މަރުޙަބާވެސް ކިޔަންޖެހޭނެކަމެއް. އެހެންނަމަވެސް މިފެންނަނީ މިކަން ހުއްޓުވަން މަސައްކަތްކުރާތަން.“

ޑރ. މުހައްމަދު މުއިއްޒު 

ކައުންސިލްގެ "މާލެ ފެހި" އައުޓްލެޓް ކުރިއަށް ގެންދިއުން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރައްވާއިރު، މާލެ ތެރޭގައި ނުޤަވާއިދުން ހިންގާ އެތައް ވިޔަފާރިތަކެއް ހުރިނަމަވެސް އެކަންކަން ހުއްޓުވުމަށް އެއްވެސް ކަމެއްކުރައްވާތަން ފެނިވަޑައިނުގަންނަވާ ކަމުގައި މޭޔަރު ވިދާޅުވިއެވެ.

”ނުޤަވާއިދުން އުޅޭ ބިދޭސީން. ނުޤަވާއިދުން ފިހާރަތައް އެބަ ހިންގާ.އޭގެ ސަބަބުން ދިވެހިންނަށް އެތައް ފުރުޞަތުތަކެއް ގެއްލި ބަނގުރޫޓުވަމުންވެސް އެބަދޭ. އެތަންތަނެއް ހުއްޓުވާތަނެއް ނުފެނޭ. އޭގެ ބަދަލުގަ ރައްޔިތުންނަށް ފައިދާވާގޮތަށް ކައުންސިލުން ކުރާކަންތައްތަކެއް ހުއްޓުވާތަން މިފެންނަނީ.“ ޑރ. މުއިއްޒު ވިދާޅުވިއެވެ. 

މީގެ އިތުރުން މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ހޯދާ ފައިސާ އަކީ އޭގެން ޓެކްސް ނެގޭނެ އެއްޗެއް ނޫން ކަމަށާއި، "މާލެ ފެހި" އައުޓްލެޓާއި ގުޅިގެން ކައުންސިލް ޖޫރިމަނާ ކުރުމަށް ފޮނުވި ލިޔުމާއިމެދު ޢަމަލުކުރަންޖެހޭ ގޮތާއިމެދު ކައުންސިލްގެ ޤާނޫނީ ޓީމުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

”އަޅުގަނޑުމެން ހޯދާ ފައިސާ އަކީ އޭގެން ޓެކްސް ނެގޭނެ އެއްޗެއް ނޫން. ކައުންސިލުން ކުރިއަށްދާނީ ޤާނޫނީ އިމުގެ ތެރެއިން.“ ޑރ. މުއިއްޒު ވިދާޅުވިއެވެ.

އޮކްޓޯބަރު 8 ވަނަ ދުވަހުގެރޭ ހުޅުވިގެން ދިޔަ "މާލެ ފެހި" އައުޓްލެޓުން އާންމުފަރާތްތަކަށްވެސް ގަހާއި ގަސްކާނާ ގަތުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

"މާލެ ފެހި" އައުޓްލެޓް ހުޅުވާލެވުނުއިރު 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނު ލިބެންއެބަހުއްޓެވެ. އަދި މިއާއިއެކު މާލެ ސިޓީގެ "އެއްލައްކަ ގަސް" ޕްރޮގްރާމް ވެސް އިތުރަށް ފުޅާވެގެން ދާނެކަމުގައި މޭޔަރު ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ "އެއްލައްކަ ގަސް" ޕްރޮގްރާމަކީ ކުރިއަށްއޮތް 5 އަހަރަށް އެކުލަވާލައިފައިވާ މާލެ ސިޓީކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 2.6 ގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާ ބެހޭ ފަންނީ ފަރާތް ތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢުއެކެވެ.

ކޮމެންޓް
ސައްލާ
ނުގަވައިދު އެއީ ކުށް ގޮތެއް. ޤަވާޢިދާ ޚިލާފު ރަނގަޅު ގޮތަކީ..ވެދާނެ ތިގޮތް ރަނގަޅު ކަމަށް ވެސް އެއީ" ސަޅި " ކެނޑުން ރީއްޗަށްވެ ހިނގާރު ދުވާރަށްވެ 7ދުވަސް އެއްޗަކަށް ވެސް ހެދީތާ. ފަންގިފިލާ ބުރިއަށް ވެސް ވީތާއެވެ.
28 Oct 2022
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.