އަބްދުﷲ ރަޝީދުގެ މަންމަ ނޫސްވެރިންނަށް މައުލޫމާތު ދެނީ/ ފޮޓޯ: ޚަބަރު އޮންލައިން
ހަބަރު
30 Oct 2022 | 09:31
އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހޯދުމަށް އާއިލާއިން ހުށައެޅި މައްސަލައިގެ އަޑުއެހުން ނިންމާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހޯދުމަށް އާއިލާއިން ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުން ނިންމާލައިފިއެވެ. 

އާއިލާގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށައެޅީ އާއިލާގެ ރުހުމަކާއި ނުލާ، ފުލުހުންގެ ތަހުގީގަށް އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މަސައްކަތް ކުރަމުންދާ ދިއުމާއި ގުޅިގެންނެވެ. އަދި އޭނާގެ ހަށިގަނޑު އާއިލާއާއި ހަވާލުކުރުމަށް ފުލުހުން ދެކޮޅުހަދަމުން ދިއުމާއި ގުޅިގެންނެވެ. 

އެ މައްސަލައިގައި ކުރިއަށް ގެންދިޔަ އަޑުއުހުމުގައި ފުލުހުން ބުނީ ފުލުހުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުމާއި ގުޅިގެން އަދި ފުލުހުން ބަދުނާމުވާ ގޮތަށް ގިނަ ވާހަކަތަކެއް ފެތުރުމާއި ގުޅިގެން ތަހުގީގުގެ ބޭނުމަށް ޕޯސްޓްމޯޓަމް ހަދަން ޖެހޭކަމަށެވެ. އަދި އެއީ ގާނޫނުން ފުލުހުންގެ މައްޗަށް ލިބިދޭ ބާރެއްކަމަށް ދައުލަތުން ވަނީ ބުނެފައެވެ. 

އެހެން ނަމަވެސް އާއިލާއިން ބުނީ އެ މަރަކީ އާދަޔާ ޚިލާފު މަރެއް ނޫން ކަމަށާއި ޕޯސްޓްމޯޓަމް ހަދައިގެން ނިކުންނާނެ އިތުރު ނަތީޖާއެއް ނޯންނާނެކަމަށެވެ. އެހެންކަމުން ހަށިގަނޑަށް އިތުރު އަނިޔާ ނުދީ އާއިލާއިން އެދެނީ އަބްދުﷲ ރަޝީދުގެ ޖަނާޒާ ވީހާވެސް އަވަހަކަށް ބޭއްވުމަށެވެ. 

އާއިލާގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންވެސް އަބްދުﷲ ރަޝީދުގެ ދަރިފުޅު މިކަން ފާހަގަކޮށްފައިވެއެވެ. އަދި އަބްދުﷲ ރަޝީދު ފަރުވާއަށް އެދި އާދޭސްކުރި މިންވަރު ޕޯސްޓްމޯޓަމްއިން ނުފެންނާނެކަމަށާއި، އޭނާ ނިޔާވީ ފުލުހުންގެ ބެލުމުގައި ދަށުގައި ހުރެ، ފަރުވާއާއި ހަމަޔަށް ނުގެންދެވިކަންވެސް ފާހަގަކޮށްފައިވެއެވެ. 

ރަޝީދު ނިޔާވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ މެއަށް ތަދެއް އަރައި ސީޒަރގެ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން އޭނާ ގދ.މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައިކަމަށް ފުލުހުންވަނީ މީގެކުރިން ވިދާޅުވެފައެވެ.

އަދި އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް މަޑަވެލި ސިއްޙީ މަރުކަޒުން އޭނާ ބެއްލެވި ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން އޭރުވަނީ ވިދާޅުވެފައެވެ.

އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހޯދުމަށް އާއިލާއިން ސިވިލް ކޯޓަށް މައްސަލަ ހުށައަޅައި އަޑުއެހުން ނިމިފައިވާއިރު، އެ މައްސަލައިގައި އަވަސް ނިންމުމަކާއި ހަމަޔަށް ދިއުމަށް މަސައްކަތް ކުރަމުންދާކަމަށް ސިވިލް ކޯޓުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.