"މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް" ގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
30 Oct 2022 | 13:05
7 އަހަރުތެރޭ ކުންފުނިތަކާއި ގުޅުންހުރި 1465 ޝަކުވާ

ފާއިތުވި 7 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ގުލުންހުރި 1400އަށް ވުރެ ގިނަ ޝަކުވާ ހުށައަޅަފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ. 

ޝާމިލް މިފަދައިން ވިދާޅުވެފައިވަނީ ބަނޑޮސް މޯލްޑިވްސްގައި މިއަދު ފެށި "މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އޭސީސީގެ ރައީސް ވިދާޅުވިގޮތުގައި ދައުލަތަކީ ނަޒާހަތްތެރި ދައުލަތަކަށް ހެދުމުގައި ކުންފުނިތަކުގެ ދައުރު ބޮޑުކަން އޭސީސީއަށް ހުށަހެޅޭ ތަފާތު އެކި މައްސަލަތަކުން ހާމަވާކަމަށެވެ. ފާއިތުވެދިޔަ 7 އަހަރުގެ ތެރޭގައި އޭސީސީއަށް ކުންފުނިތަކާއި ގުޅުންހުރި 1465 ޝަކުވާ ހުށަހެޅިފައިވާއިރު، ޝަކުވާތައް ބެލުމަށްފަހު 234 ރެކޮމަންޑޭޝަން ކުންފުނިތަކަށް ދެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

އެއާއެކު އޭނާ ވިދާޅުވީ މިގޮތށް ދެވޭ ރިކޮމެންޑޭޝަންތަކާއި އެއްގޮތަށް ކުންފުނިތަކުން އަމަލުކުރޭތޯ ބެލުމަށް އެކަށީގެންވާ ނިޒާމެއް ނެތުމަކީ އޭސީސީއަށް ކުރެވިމަތިވެފައިވާ ގޮންޖެހުމެއްކަމަށެވެ. 

އެހެން ނަމަވެސް މިހާރު އޭސީސީގެ މޮނިޓަރިން އެންޑް އެވިލުއޭޝަން ޑިޕާޓްމަންޓެއް އުފައްދައި މިފަދަ ކަންކަން ބެލޭނެ އިންތިޒާމު އޭސީސީގައި ހަމަޖެހިފައިވާނެކަމަށް ޝާމިލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޭސީސީން 234 އެންގުމެއް އެންގުމަށްފަހު ދެންކުރީ ކީއްތޯ އެއީ ތިބޭފުޅުން އަޅުގަނޑުމެން ގާތު އަހާ ސުވާލު. މިސުވާލުގެ ޖަވާބުގާ އަޅުގަނދަށް ދެންނެވެން އޮތީ ވޭތުވެދިޔަ އަހަރުތަކުގަ އެއަށްފަހު އޭސީސީތެރޭގައި އެކަން ބެލުމަށް މާބޮޑު މަސައްކަތްތަކެއް ކުރެވިފައިނެތޭ. އެހެންކަމުން އަޅުގަނޑުމެން މިމަސައްކަތާއި ހަވާލުވެ އެންމެ ފުރަތަމަވެސް ކުރި އެއްކަމަކީ އޭސީސީގައި މޮނިޓަރިން އެންޑް އިވޮލުއޭޝަން ޑިޕާޓްމަންޓެއް އުފެއްދުން. މިހާރު މިޑިޕާޓްމަންޓުގައި ވަކި މުވައްޒިފުން ތިއްބަވައިގެން އެމަސައްކަތް ފައްޓަވައިފި"

އޭސީސީގެ ރައީސް އާދަމް ޝާމިލް

ޝާމިލް ވިދާޅުވީ، ކުންފުނިތަކާއި ގުޅޭ މައިގަނޑު 3 މައްސަލައެއް ފާހަގަވާކަމަށެވެ.

އޭގެ ތެރޭގައި، މުވައްޒިފުން ނަގާ ގޮތާއި، މަސައްކަތްތަކާއި ޚިދުމަތްތައް ހޯދުމުގައި އަމަލު ކުރާގޮތާއި، ސީއެސްއާރުގެ މަސައްކަތްތައް ހިންގާ ގޮތުގައި ކޮރަޕްޝަން އެކުލެވޭކަން ފާހަގަކުރެއްވިއެވެ.

މިއަދު ބަނޑޮހުގައި ފެށި ކޮންފަރެންސްގައި ހިންގުމުގެ ނިޒާމެއްގެ ތެރެއިން އެސް.އޯ.އީތަކުގައި ހުރި ކޮރަޕްޝަންގެ ރިސްކުތައް ނައްތާލުމަށް ކުރެވޭނެ ކަންކަމާއި، މަޢުލޫމާތު ސިއްރުކުރުމުގެ ސަޤާފަތް ދޫކޮށްލާ، ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކުންފުނިތަކުގެ ހިންގުން ރޭވުމާއި، ޖަވާބުދާރީ ކުރެވޭނެ މެކޭނިޒަމްތައް ޤާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.