މާފުށި ޖަލު--ފޮޓޯ/ދަޕްރެސް
ހަބަރު
30 Oct 2022 | 16:27
މާފުށީގައި ޓްރެއިނިން ހަދަމުންދިޔަ އޮފިސަރަކު ނިޔާވެއްޖެ!

ކ. މާފުށީގައި ޓްރެއިނިން ފުރިހަމަ ކުރަމުން ދިޔަ އަންހެން އޮފިސަރަކު ގެނބިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މިކަމާއި ގުޅިގެން ކަރެކްޝަންސް އިން ބުނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ވަޒީފާއާ އަލަށް ގުޅޭ ފަރާތްތަކަށް އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ން ހިންގާ އަސާސީ ތަމްރީން ކޯސް ހަދަމުންދިޔަ ޓްރޭނީއެއް މިއަދު ނިޔާވެފައިވާ ކަމަށެވެ.

އަދި، އަސުރުމާގެ، ސ. ހިތަދޫ މަރްހޫމާ އާމިނަތު ނަޝްވާ ނަސީމް (18 އަހަރު)، ޓްރޭނިންގ ގެ ފެތުމާ ބެހޭ ބައިގައި މިއަދު ހެނދުނު 11:30 ހާ އިރު ފަތަން އުޅުމުގެ ތެރޭގައި އާދަޔާ ޚިލާފު ގޮތްތަކެއް ވާކަން ފާހަގަކުރެވިގެން ވަގުތުން މޫދުން ނެގި ކަމަށާ، އަދި ޕަލްސް ނެތްކަން ފާހަގަކުރެވިގެން ވަގުތުން އަވަސް ފަރުވާ ދެމުން މާފުށީ ހެލްތް ސެންޓަރަށް ގެންދިޔުމުން އެ ސެންޓަރުގެ ޑޮކްޓަރުގެ ލަފާގެ މަތިން އެމަޖެންސީކޮށް ވާނީ މާލެ ގެނެވި، އައިޖީއެމްއެޗް ގައި އަވަސް ފަރުވާ ދެވިފައިވާ ކަމަށްވެސް އެތަނުން ބުނެފައިވެއެވެ. ނަޝްވާ ނިޔާވިކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ކަނޑައަޅާފައިވަނީ 14:02 ހާ އިރު ކަމަށްވެސް ކަރެކްޝަންސްއިން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރވިސްއިން ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާފައިވާ ކަމަށާ އަދި ޢާއިލާއާއި ގުޅިގެން މަރްހޫމާ ނަޝްވާގެ ޖަނާޒާގެ ކަންތައް އެ ސަރވިސްއިން ކުރިއަށް ގެންދާކަމަށެވެ. 

މިކަމާ ގުޅިގެން ފުލުހުން ބުނީ، މާފުށީގައި ޓްރެއިނިން ހަދަމުން ދިޔަ ކަރެކްޝަންސްގެ މުވައްޒަފަކު ގެނބިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 11:15 ހާ އިރު ލިބިފައިވާ ކަމަށެވެ.

އަދި އިތުރު ފަރުވާ އަށް އޭނާ މާލެއަށް ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަަމަށާއި އޭނާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާ އިތުރަށް ބަލައި ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެެވެ.

މީގެ ކުރިން ވެސް ސިފައިންނާއި ފުލުހުންގެ ތެރެއިން ވެސް ޓްރެއިނިންގައި ތިއްބާ އޮފިސަރުން މަރުވެފައިވާ ހާދިސާތައް ވަނީ ފެންމަތިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.