ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު --ފޮޓޯ/މަޖިލިސް
ހަބަރު
31 Oct 2022 | 10:32
ބަޖެޓު 2023: 300 މިލިއަން ރުފިޔާ ޓްރާންސްޕޯޓް ސަބްސިޑީގެ ގޮތުގައި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅި 42.6 ބިލިއަން ރުފިޔާގެ ބަޖެޓުގެ 300 މިލިއަނަށްވުރެ ގިނަ ރުފިޔާ އަކީ ޓްރާންސްޕޯޓް ސަބްސިޑީގެ ގޮތުގައި ހިމަނުއްވާފައިވާ ފައިސާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެެއެވެ. 

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި 300.6 މިލިއަން ރުފިޔާ ޓްރާންސްޕޯޓް ސަބްސިޑީގެ ގޮތުގައި ހިމެނިފައިވާނެ ކަމަށެވެ.

އެހެނީ، ދަތުރުފަތުރުގެ ނިޒާމަކުން ރަށްރަށާއި މީހުން ގުޅިފައި އޮތުމަކީ ސަރުކާރުން ތަސައްވުރުކުރާ ޖަޒީރާ ތަރައްގީގެ މުހިއްމު އުންސުރެއްކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ އެގޮތުން ރާއްޖެ ޓްރާންސްޕޯޓް ލިންކުން ހަގީގަތަކަށް ހަދައިދެނީ އެ ތަސައްވުރު ކަމަށެވެ. އަދި އާރު.ޓީ.އެލްގެ ހިދުމަތާއިއެކު ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެވިފައިވާ  ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“ފަސޭހަކަމާއެކު، ބާރަށް ދުވާ ފެރީގެ ނިޒާމަކުން މުޅިރާއްޖެ ގުޅުން ކޮންމެހެން މުހިންމު. ކުރިއަށް އޮތް އަހަރުގެ ތެރޭގައި، އާރު.ޓީ.އެލް.ގެ އުޅަނދުފަހަރު، މުޅި ހުވަދޫ އެކުގައި އަމުނާ، ގަތާލުމަށް ކުރަންޖެހޭ ކަންކަން ފެށިއްޖެ. ހަމައެއާއެކު، އާރު.ޓީ.އެލުން އީކުއޭޓަރ ހުރަސްކޮށް ފުވައްމުލަކާއި އައްޑޫ އަދި ހުވަދޫ އެކުގައި ގުޅައިލެވޭނެ. އަދި މުޅި ރާއްޖެ އެކުގައި ދަތުރުފަތުރުގެ ބޮޑު ވިއުގައަކުން ލާމަހާލެވޭނެ،” އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ ކަނޑު ދަތުރުފަތުރުގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ލުއިފަސޭހަވެސް ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ގްރޭޓާ މާލޭގެ އެއްގަމު ދަތުރުފަތުރަށް ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި މާލޭގެ އެތެރޭގައި މިނީބަހުގެ ހިދުމަތް ފަށާފައިވާ ކަމަށާ، މާލެ އާއި ހުޅުމާލެވެސް ބަހުގެ ހިދުމަތުން ގުޅާލެވިފައިވާ ކަމަށެވެ. އަދި ގްރޭޓާ މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ލާމު އަތޮޅުގައިވެސް ބަހުގެ ހިދުމަތްތައް ފެށިފައިވާ ކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.  

ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅެއްވި ބަޖެޓުގައި ހިމެނޭ ދަތުރު ފަތުރާއި ގުޅޭ މުހިންމު އިތުރު ކަންކަން:

• އާރު.ޓީ.އެލުން އީކުއޭޓަރ ހުރަސްކޮށް ފުވައްމުލަކާއި އައްޑޫ އަދި ހުވަދޫ އެކުގައި ގުޅައިލުން. އަދި މުޅި ރާއްޖެ އެކުގައި ދަތުރުފަތުރުގެ ބޮޑު ވިއުގައަކުން ލާމަހާލުން.

• 2023 ވަނަ އަހަރުގެ ބަޖެޓުގައި 141 ރަށެއްގެ ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ މަޝްރޫއުތައް ހިމަނާފައިވުން

• 50 އަށް ވުރެ ގިނަ ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވޭ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.