ހެލްތު މިނިސްޓަރު ނަސީމު
ހަބަރު
31 Oct 2022 | 10:40
2023އަށް ހުށައެޅި ބަޖެޓު: ސިއްހީ ދާއިރާއަށް 5 ބިލިއަން ރުފިޔާ

ކުރިއަށް އޮތް އަހަރަށް ސަރުކާރުން ހުށައެޅި ބަޖެޓުގައި ސިއްހީ ދާއިރާގެ ތަރައްގީއަށް 5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށައަޅުއްވާދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޯވިޑް ނަވާރައިގެ ތަޖުރިބާއަށް ފަހު ސަރުކާރުން އެންމެ އިސްކަމެއް ދެނީ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށްކަމަށެވެ. އެގޮތުން މުޅި ސިއްހީ ދާއިރާއަށް ބަޖެޓުގައި 5 ބިލިއަން ހިމަނާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ސިއްހީ ޚިދުމަތް ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ތެރެއިން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާރަޝީ ފެންވަރުގެ ހޮސްޕިޓަލުތައް ތަރައްގީކުރުމުގެ މަސައްކަތްތައް ފެށިގެން ކުރިއަށް ދާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުތަކުން ދެވޭ ޚިދުމަތްތަކާއި ލިބެން ހުރި ވަސީލަތްތަކުގެ ފެންވަރުވެސް އެތައް ގުނައެއް މަތި ކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

މިނިސްޓަރު ވިދާޅުވީ މި ކަންކަމާއެކު ޓާޝަރީ ހޮސްޕޮޓަލުތަކަށް ހިނގާ ޚަރަދު މިހާރަށްވުރެ ތިން ގުނަ ބޮޑުވެގެންދާނެކަމަށެވެ. އަދި އެއާއެކު ޚިދުމަތްތަކުގެ އަދަދާއި ފެންވަރުވެސް ރަނގަޅުވާނެކަމަށެވެ. 

އޭގެ އިތުުރުން އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ 136 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށްވެސް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްގީ ގެނައުމާއި، ވަސީލަތްތައް މުއްސަނދިކޮށް ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން ފެންވަރު ރަނގަޅުކުރުން ހިމަނާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ނަފްސާނީ ބަލިމަޑުކަން ހުންނަ ފަރާތްތަކަށް ޚާއްސަ ސެންޓަރުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަމަށެވެ. 

ސިއްހީ ދާއިރާއަށް ގެނެވޭ އެންމެ މުހިންމު ތަރައްގީއަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރައަށް ގެނެވޭ ހެޔޮ ބަދަލުކަމަށް ބަޖެޓު ހުށައަޅުއްވާދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ. 

އެގޮތުން މުސާރަތައް ދެން އެންމެ އަވަހަށް އެއްހަމަ ކުރެވިގެންދާނީ ސިއްހީ ޚިދުމަތްތެރިންނަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

"ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް މުސާރަތައް އެއްހަމަ ކުރެވިގެންދާނީ ސިއްހީ ޚިދުމަތްތެރިންގެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރަ އެއްހަމަ ކުރުމަށްޓަކައި ބަޖެޓުގައި ވާނީ ހިމަނާފަ"

ފިނޭންސް މިނިސްޓަރު އަމީރު 

މިނިސްޓަރު އިތުރަށް ވިދާޅުވީ އަތޮޅުތެރޭގައި ހުރި 24 ގަޑިއިރު ޚިދުމަތްދޭ ސިއްހީ މަރުކަޒުތަކަށްވެސް އަންނަ އަހަރުގެ ބަޖެޓުގައި އިތުރުކޮށްދީފައިވާކަމަށެވެ. 

އޭގެ އިތުރުން ސިއްހީ ޚިދުމަތްތެރިންގެ އަދަދު އިތުރުކުރުމަށް 40.1 މިލިއަން ރުފިޔާ ހިމަނާފައި ވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެކަންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އިގްތިސާދު ތަންދޭ މިންވަރަކުން ސިއްހީ ދާއިރާއަށް ކުރާ ހޭދަ އިތުރުކުރަމުން ދިއުންކަމަށެވެ. އަދި ސިއްހީ ދާއިރާއަށް އަންނަ ތަރައްގީއަކީ ރައްޔިތުންގެ ދިރިއުޅުމާއި ދުޅަހެޔޮކަމާއި ގުޅިފައިވާ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.