އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
31 Oct 2022 | 11:37
2023 އަށް ހުށައެޅި ބަޖެޓު: ތައުލީމީ ދާއިރާއަށް 4.6 ބިލިއަން ރުފިޔާ ކަނޑައަޅައިފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައެޅި ބަޖެޓުގައި ތައުލީމާއި މަތީ ތައުލީމަށް ކުރާ ޚަރަދުގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ހިމަނައިފިއެވެ. 

2023 އަށް ލަފާކުރާ ސަރުކާރުގެ ބަޖެޓު މިއަދު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މަޖިލީހަށް ހުށައަޅުއްވާފައެވެ. 

ބަޖެޓު ހުށައަޅުއްވާދެއްވަމުން މިނިސްޓަރު ވިދާޅުވީ ތޫނުފިލި އުފެއްދުންތެރި ޖީލެއް ބިނާކުރުމަކީ މި ސަރުކާރުން ކުރާ އެންމެ ބޮޑު އިންވެސްޓުމަންޓު ކަމަށެވެ. އަދި ސަރުކާރުގެ ދިގު ރާސްތާގެ އަމާޒަކީ އަމިއްލަ ފަސްގަނޑުގައި ތިބެގެން ފެންވަރު ރަނގަޅު ތައުލީމެއް ހޯދޭނެ މަގު ކޮންމެ ދަރިވަރަކަށްވެސް ފަހިކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެއާއެކު މިނިސްޓަރު ވިދާޅުވީ ތައުލީމާއި މަތީ ތައުލީމަށް ދެވޭ އެންމެ ބޮޑު ޖާގަ ކަނޑައަޅާފައިވަނީ ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ކަމަށެވެ. އެގޮތުން މަތީ ތައުލީމަށް ބަޖެޓުން 4.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ފިނޭންސް މިނިސްޓަރު އަމީރު ބަޖެޓު ހުށައަޅުއްވާދެއްވަނީ 

"ތައުލީމާއި މަތީ ތައުލީމަށް މިހާތަނަށް ދެވޭ އެންމެ ބޮޑު ޖާގަ ކަނޑައަޅާފައިވާނީ މި ބަޖެޓުގައި. އެގޮތުން 4.6 ބިލިއަން ރުފިޔާ މި ދާއިރާއަށް ކަނޑައެޅިފައިވާނެ"

ފިނޭންސް މިނިސްޓަރު އަމީރު 

އެ ބަޖެޓުގެ ތެރޭގައި ތައުލީމީ ދާއިރާގެ މުސާރަ އެއްހަމަ ކުރުމުގެ ސަބަބުން އިތުރުވި 636.2 މިލިއަން ރުފިޔާ ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

ޓީޗަރުންގެ މުސާރައަށް ގެނެވުނު ހެޔޮ ބަދަލު ތައުލީމީ ދާއިރާއިން ފެންނަމުން ދާ ކަމަށާއި، އެ ކަމުގެ ސަބަބުން ތައުލީމީ ދާއިރާގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެގެން ގޮސްފައިވާކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

ސުކޫލުތައް އަޕްގްރޭޑް ކުރުމަށް ގިނަ މަޝްރޫއުތައް ހިމަނައިފި!

ބަޖެޓު ހުށައަޅާދެއްވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާގެ އިމާރާތާއި ވަސީލަތްތައް ގާއިމްކުރުމަށް 142 ރަށެއްގައި 195 މަޝްރޫއެއް 2023 ވަނަ އަހަރު ހިންގުމަށް ވަނީ ހަމަޖެހިފައިކަމަށެވެ. 

އޭގެތެރޭގައި 21 ރަށެއްގެ ސުކޫލު އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުމުގެ އާ މަޝްރޫއުތައް ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

"އަލަށް އާބާދުވާ ސަރަހައްދުތަކުގައި މުޅިން އާ ސުކޫލުތައް އެޅުމަށް ހިމެނޭ. ހުޅުމާލޭ ފޭސް 2 ގައި ގާއިމްކުރެވުނު ވަގުތީ ސުކޫލުގެ ބަދަލުގައި އަންނަ އަހަރު ދާއިމީ ސުކޫލުތައް ގާއިމްކުރެވިގެންދާނެ." 

ފިނޭންސް މިނިސްޓަރު އަމީރު 

ހުޅުމާލޭގައި އިމާރާތް ކުރި ވަގުތީ ސުކޫލު 

ތައުލީމީ ދާއިރާއަށް ކުރަން ނިންމަވާފައިވާ ބައެއް މުހިންމު ޚަރަދުތަކުގެ ތަފްސީލުތައް ހާމަކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިލޭ ޑިގްރީގެ ޕްރޮގްރާމަށް 166.7 މިލިއަން ރުފިޔާ ހިމަނާފައިވާކަމަށެވެ. 

އޭގެ އިތުރުން މަތީ ތައުލީމު ހާސިލްކުރުމަށް ކުދިންނާއި މައިންބަފައިން ކުރަން ޖެހޭ ހޭދަ ކުޑަކުރުމަށް ކުޑަ އިންޓްރެސްޓް ރޭޓުގައި ހުޅުވާލާފައިވާ ލޯނު ސްކީމް އަންނަ އަހަރުވެސް ކުރިއަށް ދާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށް 216.1 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އިތުރުން މަތީ ތައުލީމަށް ޚާއްސަކޮށް 856.6 މިލިއަން ުރިފޔާ ބަޖެޓުގައި ހިމަނާފައިވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

މިނިސްޓަރު ވިދާޅުވީ އެފަދައިން ބޮޑު ބަޖެޓެއް އެކަމަށް ޚާއްސަކޮށްފައިވަނީ މަތީ ތައުލީމު ހޯދުމަށް ދިވެހި ޒުވާނުންނަށް ހުރި ހުރަސްތައް ނައްތާލާ އެމީހުންގެ ދިރިއުޅުން އަމިއްލައަށް ބައްޓަން ކުރާ ގަދަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ތެރެއިންކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.