މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު--ފޮޓޯ/މަޖިލިސް
ހަބަރު
31 Oct 2022 | 16:33
މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިއްރު ސިޓީ ހޯދަން މަޖިލީހަށް

އދ. ގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓްލާނޭކަން އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީއަށް ގެންނަވައި އެ މައްސަލަ ބަލައި ދިނުމަށް ރައްޔިތުންގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އެދިލައްވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ޓޮމް ފޮނުއްވެވި ސިޓީގައި ވިދާޅުވީ، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދާއި ޗާގޯސް ކަނޑުގެ ސަރަހައްދާއި ފުށުއެރުންތަކެއް ހުރި ކަަމަށް ބުނެ ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ހުށައަޅައި ކުރިއަށް ދަނިކޮށް މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ރާއްޖެއިން ގަބޫލުކޮށް އޮގަސްޓް 22، 2022 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު، އޮކްޓޫބަރު 20، 2022 ގައި ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި ވިދާޅުވެފައިވާ ކަމަށެވެ.

އަދި މޮރިޝަސް އިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ލިބިގެންވާ ކަަމަށް ދައުވާ ކުރާ މައްސަލާގައި ޒަމާނުއްސުރެ ރާއްޖެއިން އަމަލު ކުރަމުން އަދި ދަމަހައްޓަމުން އަންނަ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމުގެ ސިޔާސަތު ބަދަލު ކުރުމުގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް އުނިވެދާނެ ކަމަށްވެސް ޠާރިގުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. 

އެހެންކަމުން ރައީސް ޞާލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅަކީ ގާނޫނު އަސާސީގެ ތިންވަނަ މާއްދާ އިން ކަނޑައަޅާފައިވާ ރާއްޖޭގެ ސަރަހައްދަށް ބަދަލު އަންނާނެ ހާލަތެއް މެދުވެރިވާނެ ކަމަކަށް ވާތީ އެ ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީއަށް ގެންނަވައި އެ މައްސަލަ ބަލައި ދިނުމަށް ޓޮމްގެ ސިޓީގައި ވަނީ އެދިލައްވާފައެވެ. 

ޗާގޯސް އާއި ރާއްޖޭގެ އިން ވަކިކުރުމުގެ މައްސަލައިގައި 2019 ވަނަ އަހަރު މި ސަރުކާރުން ވޯޓް ދިނީ މޮރިޝަސްއާ ދެކޮޅަށް އިނގިރޭސިވިލާތާއި އެއްކޮޅަށެވެ. އެހެން ނަމަވެސް، ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް އެއްބަސްވެ މިދިޔަ އޮގަސްޓު މަހު ރައީސް ސޯލިހް މޮރިޝަސްގެ ރައީސްއަށް ސިޓީއެއް ވަނީ ފޮނުވާފައެވެ. ނަމަވެސް އެކަން ސަރުކާރުން ހާމަކުރީ އިން ވަކިކުރުމުގެ މައްސަލައިގެ ޝަރީއަތުގައި މީގެ ދެހަފްތާ ކުރިންނެވެ. ސަރުކާރުގެ މި ކުއްލި ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.