ޕެންޝަން އޮފީހުގެ އިވެންޓެއްގެ ތެރެއިން
ހަބަރު
01 Nov 2022 | 15:21
ރިޓަޔާކުރާ ނަމަ އިނާޔަތް އިހްތިޔާރު ކުރުމުގެ ފުރުސަތު ދެނީ

ވަޒީފާއިން ވަކިވެގެން ދާއިރު އިނާޔަތް ދޭންޖެހޭ ނަމަ މުވައްޒަފަކަށް ލިބޭނެ އިނާޔަތް އިހްތިޔާރުކުރުމުގެ ފުރުސަތު އޮންނަ ގޮތަށް ހަމަޖައްސައިފި އެވެ.

މިގޮތަށް ހަމަޖައްސާފައި ވަނީ ކުރިން ޕޭ ފްރޭމްވޯކް އޮތްގޮތުން ބައެއް މީހުން ހަ މަސް ދުވަހުގެ ތެރޭގައި ރިޓަޔާކުރާއިރު ބޮޑުވި މުސާރައިގެ ބަދަލުގައި ކުރީގެ ކުޑަ މުސާރައަށް ބަލައިގެން ޕެންޝަން ހަދަމުންގެންދާތީ އެކަމުގެ ކަންބޮޑުވުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ފާޅުކުރުމާއި ގުޅިގެންނެވެ. 

ޓީޗަރުންގެ އެ ކަންބޮޑުވުންތައް ފާހަގަކޮށް 500 އަށް ވުރެ ޓީޗަރުން ސޮއިކޮށް ޕެޓިޝަނެއްވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާފައެވެ. 

ޓީޗަރުންގެ އެ ކަންބޮޑުވުންތަކާއި ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ދަޢުލަތުގެ ޕޭފްރޭމްވޯކް މިންގަޑަށް މިހާރު ވަނީ ފުރަތަމަ އިސްލާހް ގެނެސްފަ އެވެ.

އެގޮތުން މުވައްޒަފަކު ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރާ ތާރީޚުން ފެށިގެން ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެން ދާއިރު އިނާޔަތް ދޭންޖެހޭ ނަމަ އެ މުވައްޒަފަކަށް ލިބޭނެ އިނާޔަތް އިހްތިޔާރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އިސްލާހުގައިވެ އެވެ. އަދި މިހާރު ވަނީ އެ އިސްލާހަށް އަމަލުކުރަން ވެސް ފަށައިފަ އެވެ.

މިހާރުގެ ފްރޭމް ވޯކުގައި ވާ ގޮތުން އެ ފްރޭމް ވޯކަށް ހިޖުރަކުރާ މުވައްޒަފުން ވަޒީފާއިން ވަކިވެގެންދާއިރު ޢިނާޔަތުގެ ގޮތުގައި ފައިސާ ދޭނީ އެއްފަހަރާ ގަނޑުކޮށެވެ. މިހާތަނަށް މިއިނާޔަތް ދެމުން އައިސްފައިވަނީ އެއްފަހަރާ ގަނޑުކޮށް ދިނުމުގެ އިތުރަށް މަހުން މަހަށް ލިބޭ އިނާޔާތުގެ ގޮތުގަ އެވެ.

ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލި ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުގައި ވަޒީފާއިން ވަކިވެގެންދާއިރު ދެވޭނެ އިނާޔަތް ހިސާބުކުރާނެގޮތުގެ ތަފްޞީލު ހިމަނާފައިވެ އެވެ.

އެގޮތުން ޚިދުމަތުގެ އެންމެ ދިގު މުއްދަތުގެ ގޮތުގައި 30 އަހަރު ބަލާނެ އެވެ. ޚިދުމަތުގެ މުއްދަތު ބަލާނީ، މީލާދީ އަހަރުންނާއި އަހަރުގެ ބައިކުޅަ ބައިންނެވެ. މިސާލަކަށް ދެ އަހަރާއި ހަ މަސް ކަމުގައި ބަލާނީ 2.5 އަހަރު ކަމުގަ އެވެ. އަދި މަހު މުސާރައިގެ އަދަދުގެ ގޮތުގައި ބަލާނީ އެންމެ ފަހުން ޚިދުމަތްކުރި 5 އަހަރުގެ އެވްރެޖް އަސާސީ މުސާރައަށެވެ.

އަލަށް އެކުލަވާލި ފްރޭމްވޯކުގައި ވާ ގޮތުން އެލެވަންސް ދޭނީ ޤާނޫނުގައި ވަޒީފާއިން މުސްކުޅިކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ އުމުރުހަމަވުމަށްފަހު، އަމިއްލައަށް ބޭނުންވެގެން ވަޒީފާއިން މުސްކުޅިވުމަށް އެދި، އެ މުވައްޒަފެއް މަސައްކަތްކުރާ ދައުލަތުގެ އިދާރާއަށް ހުށަހެޅުމުންނެވެ.

ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބިގެންވާ އިދާރާއަކުން އެ މުވައްޒަފަކު މުސްކުޅިކުރުމަށް ކަނޑައެޅުމުންވެސް މި އެލެވަންސް ލިބޭނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.