މުވައްޒަފުންނާއި ޓީޗަރުންގެ އަގުވަޒަންކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން/ ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ހަބަރު
01 Nov 2022 | 19:14
މާލޭ ސިޓީ ކައުންސިލުން އަވަށު ސުކޫލުތަކުގެ ޓީޗަރުންނާއި މުވައްޒަފުންގެ އަގުވަޒަންކޮށް އިނާމު ދީފި

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެދަށުގައިވާ އަވަށު މަދަރުސާތަކުގެ ޓީޗަރުންނާއި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ޚާއްސަ ހަރަކާތެއް ބާއްވާ އިމާދު ދީފިއެވެ. 

މިއަދު ކުރިއަށްގެންދިޔަ މި ޙަރަކާތުގައި މާފަންނު މަދަރުސާ އާއި ގަލޮޅު މަދަރުސާގެ އިތުރުން އަހުމަދިއްޔާ ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުންނަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ގިފްޓް ހެމްޕަރ އެއް ހަދިޔާކޮށްފައެވެ.

މި ޙަރަކާތަކީ މި އަހަރުގެ ޓީޗަރުންގެ ދުވަހާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ދުރާލާ ތައްޔާރުވެގެން ކުރިއަށް ގެންދިއުމަށް ނިންމި ޙަފްލާ ބޭއްވުމަށް ސަރުކާރުން ހުއްދަ ނުދެއްވުމުން އެ ހަފްލާ ކެންސަލްކުރެވިފައިވާތީ މި ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޭއްވުނު ޙަރަކާތެކެވެ.

އަވަށު މަދަރުސާތަކަށް ހަދިޔަ ހަވާލު ކޮށްދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ޙަރަކާތާއި ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލާއި އަވަށު ސްކޫލްތައް ހިންގަން ހަވާލުވި ހިސާބުން ކައުންސިލުން މަސައްކަތް ކުރަނީ ސްކޫލްތަކާއި ގުޅިގެން ވީހާވެސް ރަނގަޅަށް ކައުންސިލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

އަދި ޓީޗަރުންނާއި ސްކޫލްތަކުގެ މެނޭޖްމެންޓް އާއި މުވައްޒަފުން ކޮށްދެއްވާ ބުރަ މަސައްކަތް ކައުންސިލުން ފާހަގަކުރާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އަވަށު ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެގޮތުން މާލެ ސިޓީ ކައުންސިލުން ބޭއްވި ޙަރަކާތުގެ ތެރެއިން

"އަޅުގަނޑުމެން ވަރަށް އެޕްރިޝިއޭޓް ކުރަން ޓީޗަރުންނާއި ސްކޫލް މެނޭޖްމެންޓް އަދި ސްޓާފުން ތިކޮށްދެއްވާ ބުރަ މަސައްކަތް. އަޅުގަނޑުމެން ޙަޤީޤަތުގަ ބޭނުންވީ ޓީޗަރސްޑޭ އާއި ގުޅިގެން ހަފްލާއެއްބާއްވަން . މާފަންނު މަދަރުސާ ގަލޮޅު މަދަރުސާ އަދި އަހުމަދިއްޔާ ހިމެނޭނެހެން. އެކަމަށް ވަރަށް ތައްޔާރީތައްވެސް ވީން. އެހެން ނަމަވެސް ކެންސަލްކޮށްލަން ޖެހުނީ ސަރުކާރުން އެކަމަށް ހުއްދަ ނުދެއްވުމުން. ސަރުކާރުން އެއްބާރުލުން ނުދެއްވި ސަބަބު އަޅުގަނޑަކަށް އަންޑަސްޓޭންޑް އެއްނުވޭ"

މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒު އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުން ޕްލޭނު ކުރި ގޮތަށް އެ ހަރަކާތް ކުރިއަށް ނުގެންދެވުނު ނަމަވެސް ޓީޗަރުންނަށް ރަމްޒީ ގޮތެއްގައި ނަމަވެސް ކޮންމެވެސް ކަހަލަ ހަދިޔާއެއްދީ ތުއްތު ކުދިންތަކެއް ބިނާކުރުމަށްޓަކައި ޓީޗަރުން ކުރައްވާ ބުރަ މަސައްކަތް ބަލައިގަނެ ހިތްވަރު ދިނުމަށް ކައުންސިލުން ބޭނުންވާކަމަށެވެ. 

ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ރަނގަޅަށް ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި މިކަމަށް ސަރުކާރުންވެސް އެއްބާރުލުން ލިބިގެންދާނެ ކަމުގައި ޤަބޫލުކުރައްވާކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ. 

މިއަދު ކުރިއަށް ގެންދެވުނު ޙަރަކާތުގައި މާލެ ސިޓީގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރ އަލް އުސްތާޛާ ފާތިމަތު ޝަމްނާޒް ޢަލީ ސަލީމް އާއި މެދު ހެންވޭރު ދާއިރާގެ ކައުންސިލަރ އާދަމް ރަމީޒްގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ