އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު-- ފޮޓޯ: މަޖިލިސް
ހަބަރު
02 Nov 2022 | 10:16
އެމްބިއުލެންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ ތާރީޚްގައި ނަންލިޔާނެ މިނިސްޓަކަށް ނަސީމް ވާނެ: ޝިފާއު

ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލު ތަކަށް އެމްބިއުލެންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ ތާރީޚްގައި ނަން ލިޔާނެ ވަޒީރެއްގެ ގޮތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެެއެވެ.

ޝިފާއު މިފަދައިން ވިދާޅުވީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 32 ވަނަ ޖަލްސާގައި، ރާއްޖޭގެ ރަށްރަށަށް އެމްބިއުލެންސް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރު ނަސީމް އާއި ސުވާލު ކުރައްވަމުން އެމަނިކުފާނުގެ މަސައްކަތަށް ތައުރީފު ކުރައްވައި ވާހަކަދައްކަވަމުންނެވެ.

"ވަޒީރު ވެވަޑައިގަންނަވާނެ ރާއްޖޭގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލު ތަކަށް އެމްބިއުލެންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ ތާރީޚްގައި ނަން ލިޔާނެ ވަޒީރެއްގެ ގޮތުގައި. އެހެންނަމަވެސް ވަޒީރު އެކަން ކުރެއްވީ ރާއްޖޭގެ ސިއްހީ ދާއިރާ ވަރަށް ހާލުގައި އޮއްވާ. އަދިވެސް ވަރަށް ގިނަ ރަށްރަށަށް އެމްބިއުލެންސް އެބަ ބޭނުންވޭ. ދެން ކިހާ ހިސާބެއްގައިތޯ ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކަށް އެމްބިއުލެންސް ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ފެށޭވަރުވާނީ." ޝިފާއު ސުވާލު ކުރެއްވިއެވެ. 

ޝިފާއުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، ކުދި ރަށްރަށަށް ކުދި އެމްބިއުލެންސް ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. އެހެނީ ބޮޑެތި އެމްބިއުލެންސް ކުދި ރަށްރަށަށް ގެންދިޔަ ނަމަވެސް އެތަކެތި އެރަށްރަށުގައި ބޭނުން ނުކުރެވޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

"އެގޮތުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް އަޅުގަނޑުމެން މިހާރު ވާހަކަދައްކާފައިވީ ޗައިނާއާ. ޗައިނާއާ ވާހަކަ ދައްކައިގެން އަޅުގަނޑުމެންނަށް ކުދި އެމްބިއުލެންސް، އެއީ ބަގީ އެވައްތަރު އެމްބިއުލެންސް އެބަ ހައްދާ އެތަނުގައި. އެއީ ކުދި ރަށް ރަށުގައި ބޮޑެތި އެމްބިއުލެންސް ފޮނުވީމާ އަޅުގަނޑުމެންނަށް އެ އެއްޗެއްސެއް ބޭނުމެއް ނުކުރެވޭ." މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. 

އެހެންނަމަވެސް ކުދި ރަށްރަށަށް އެމްބިއުލެންސް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު އަދި ބުނަންނޭގޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

އެސްޓީއޯ މެދުވެރިކޮށް ހެލްތު މިނިސްޓްރީން ވަނީ 96 އެމްބިިއުލެންސް މީގެ ހަ މަސް ކުރިން ގެނެސް ރާއްޖޭގެ އެކި ރަށްރަށަށް ފޮނުވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Aug 2026
ބޮސްނިއާގެ މުސްލިމުން ޤަތުލުކުރި މޭސްތިރި "ރަޓްކޯ މްލަޑިޗް" ޖަލުގައި އޮވެ މަރުވެއްޖެ
އޭނާގެ ބެލުމުގެ ދަށުން 1995 ވަނަ އަހަރު ސްރެބްރެނިކާގައި ކުށެއް ނެތް 7000 އަށް ވުރެ ގިނަ މުސްލިމު ފިރިހެނުންނާއި ކުޑަކުދިން ރަޙުމެއް ނެތި ޝަހީދުކޮށްލެވުނެވެ. ހަމައެހެންމެ ސަރަޖޭވޯ ވަށައިލައިގެން އެތައް އަހަރެއް ވާންދެން ދެވުނު ހަމަލާތަކުގައި 10000 އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރައިލެވުނެވެ
27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ކާރިސާގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ، 10 ގައުމެއްގެ 500 މީހަކު ގެއްލުނު
ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ މިނިސްޓަރީން ގެންދަނީ އެކަން މޮނިޓަރ ކުރަމުން ކަމަށެވެ. އަދި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް މިނިސްޓްރިއަށް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވާ ކަމަށެވެ
27 Aug 2026
ރައީސާ ބައްދަލުވުމުގެ ފުރުސަތު؛ އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ހުޅުވާލައިފި
ހުޅުވައިލީ ހެންވޭރު އުތުރު ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ވެލިދޫ ދާއިރާ އާއި ތުޅާދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މުލަކު ދާއިރާ އާއި ނިލަންދޫ ދާއިރާގެ އިތުރަށް ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ
27 Aug 2026
ހަނދުގައި ފެން ހުރިތޯ ބަލަން ފޮނުވާ މިޝަން ޗައިނާއިން ފަސްކޮށްފި
27 Aug 2026
ތިނަދޫގެ އާބާދީ އޮޅުވައިލި މައްސަލަ: ޕީޖީއަށް ބަލައިގަނެ ދިރާސާކުރަނީ
ޕީޖީން ބުނީ ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ. މައްސަލާގައި އަޅާ ފިޔަވަޅުތައް ހާމަކުރަމުންދާނެ ކަމަަށް ވެސް ބުންޏެވެ
27 Aug 2026
މިދިޔަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149.2 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުން ހޭދަކޮށްފައިވަނީ އޮންނަ އުސޫލުގެ މަތިންނެވެ. އެގޮތުން ހަރަދު ކުރުމުގައި މައްސަލައެއް ނެތްކަން އޮޑިޓަރުގެ ރިޕޯޓުން ފާހަގަވެއެވެ
27 Aug 2026
ޕާކިސްތާނުގައި އަނެއްކާވެސް ހަމަލާދީ ބަޔަކު މަރާލައިފި، ހަމަލާތައް އިތުރުވަނީ
މި ހަމަލާ ދިން މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.
27 Aug 2026
ތިނަދޫ އާބާދީ އޮޅުވާލި ކަމުގެ ތުހުމަތުގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ 2024 ވަނަ އަހަރު މި މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވެފައިވާގޮތުން ތިނަދޫގެ އާބާދީގައި 10150 މީހުން ހަމަވާ ކަމަށް ބުނެފައިވަނީ އޮޅުވާލައިގެންނެވެ.