ހެލްތު މިނިސްޓަރު އަހުމަދު ނަސީމް: ފޮޓޯ/މަޖިލިސް
ހަބަރު
02 Nov 2022 | 10:50
ނަފްސާނީ ބަލިތަކަށް މިވަރުގެ ސަމާލުކަމެއް ލިބެންފެށީ އަދި ކިރިޔާ: ނަސީމް

ރާއްޖޭގައި ނަފްސާނީ ބަލިތަކަށް މިވަރުގެ ސަމާލުކަމެއް ލިބެންފެށީ އަދި ކިރިޔާ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ނަސީމް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 32 ވަނަ ޖަލްސާގައި، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމަ ރަޝީދު (ބޮންޑެ) މެންޓަލް ހެލްތު އެކްޓް އާއި ގުޅިގެން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ.

އެގޮތުން ބޮންޑެ ވަނީ ދިވެހިރާއްޖޭގެ ނަފްސާނީ ހާލަތު ވަރަށް ބޮޑު ކަން ފާހަގަކުރައްވައި ގުރައިދޫ މަރުކަޒުގެ ހާލަތު ވެސް އަދިވެސް ވަރަށް ދަށް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، މެންޓަލް ހެލްތު އެކްޓާއި، އުމުރުން ދުވަސްވީ ފަރާތްތަށް ބެހެއްޓުމަށް ދުނިޔޭގެ އެކި ގައުމުތަކުގައި ހަދާފައި ހުންނަ ގޮތަށް ޑޭކެއަރ ސެންޓަރުތައް ހެދޭނީ ކޮންއިރަކުތޯ ސުވާލުކުރައްވާފައެވެ. 

ބޮންޑެ ގެ ސުވާލަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވީ ނަފްސާނީ ބަލިތައް މިހާރު ވަރަށް ގިނަ ވެފައިވާ ކަމަށާ، އެކަމާއި ގުޅޭ މަސައްކަތް ކުރުމަށް ހެލްތު މިނިސްޓްރީގައި ވަކި ޑިޕާޓްމަންޓެއް ހަދައިގެން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

މިއާއެކު ނަސީމް ވިދާޅުވީ ނަފްސާނީ ބަލިތަކަކީ ދިރިއުޅުމާއި އުޅޭ މާހައުލާއި ވަރަށް ބޮޑަށް ގުޅިފައިވާކަމެއް ކަމަށާއި ނަފްސާނީ ބަލިތައް އިތުރުވެގެންދިޔައީ ލޮކްޑައުންގެ ތެރޭގައި ކަމަށެވެ.

"އަދި ކިރިޔާ މީގެ ބޮޑު ފޯކަސް އަކަށް އާދެވިގެން މިއުޅެނީ. ނަފްސާނީ ބައްޔަކީ މުޅި ސަރުކާރުގެ ހުރިހާ މުއައްސަސާ ތަކަކާ، މުޅި އާއްމު ރައްޔިތުންގެ ވަރަށް ބޮޑު ހޭލުންތެރިކަމެއް އައިސްގެން ނޫނީ އަޅުގަނޑަށް ކުރިއަށް ނުގެންދެވޭނެ ކަމެއް. ހަމައެކަނި ހެލްތު މިނިސްޓްރީ އަކުން އަޅުގަނޑުމެންނަށް ނަފްސާނީ ބަލިތަކަށް ޚިދުމަތް ނުދެވޭނެ އިނގޭތޯ." މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. 

ނަސީމް ވިދާޅުވީ ނަފްސާނީ ބައްޔަށް ހައްލެއް ހޯދުމަކީ، ހަމައެކަނި ހެލްްތު މިނިސްޓްރީއަށް ކުރެވޭނޭ ކަމެއް ނޫން ކަމަށާއި މިކަމުގައި މުޅި މުޖުތަމައުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށެވެ. އަދި ނަފްސާނީ ބަލިތަކަކީ ހީކުރާ ވަރަށްވުރެ މާ ސީރިއަސް މައްސަލައެއް ކަމަށާ، އެކަމަށްޓަކައި ވަކި ޑިޕާޓްމަންޓެއް ވެސް ހަދާފައިވަނީ އޭގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ނަފްސާނީ ފަރުވާ ދިނުމަށް ޑިޕާޓްމަންޓެއް ގާއިމްކުރީ މިސަރުކާރުން 2019 ވަނަ އަހަރު އެވެ. އެއަށްފަހު މިއަހަރު ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް މެންޓަލް ހެލްތު ޑިޕާޓްމަންޓެއް ވަނީ ގާއިމްކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Aug 2026
ޕާސްޕޯޓް ބުކްލެޓް ލިބުން ދަތިވުމުން އާ ޕާސްޕޯޓް ދޫކުރުމުގެ އުސޫލަށް ބަދަލެއް
ފުރަތަމަ ބަދަލަކީ ރާއްޖޭގައި ތިބެގެން މުއްދަތު ހަމަވެފައިވާ ޕާސްޕޯޓު އައުކުރަން ހުށަހަޅާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ހެދުމުގެ ބަދަލުގައި ކުރީގެ ޕާސްޕޯޓުގެ މުއްދަތު 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުމެވެ
27 Aug 2026
ބޮސްނިއާގެ މުސްލިމުން ޤަތުލުކުރި މޭސްތިރި "ރަޓްކޯ މްލަޑިޗް" ޖަލުގައި އޮވެ މަރުވެއްޖެ
އޭނާގެ ބެލުމުގެ ދަށުން 1995 ވަނަ އަހަރު ސްރެބްރެނިކާގައި ކުށެއް ނެތް 7000 އަށް ވުރެ ގިނަ މުސްލިމު ފިރިހެނުންނާއި ކުޑަކުދިން ރަޙުމެއް ނެތި ޝަހީދުކޮށްލެވުނެވެ. ހަމައެހެންމެ ސަރަޖޭވޯ ވަށައިލައިގެން އެތައް އަހަރެއް ވާންދެން ދެވުނު ހަމަލާތަކުގައި 10000 އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރައިލެވުނެވެ
27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ކާރިސާގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ، 10 ގައުމެއްގެ 500 މީހަކު ގެއްލުނު
ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ މިނިސްޓަރީން ގެންދަނީ އެކަން މޮނިޓަރ ކުރަމުން ކަމަށެވެ. އަދި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް މިނިސްޓްރިއަށް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވާ ކަމަށެވެ
27 Aug 2026
ރައީސާ ބައްދަލުވުމުގެ ފުރުސަތު؛ އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ހުޅުވާލައިފި
ހުޅުވައިލީ ހެންވޭރު އުތުރު ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ވެލިދޫ ދާއިރާ އާއި ތުޅާދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މުލަކު ދާއިރާ އާއި ނިލަންދޫ ދާއިރާގެ އިތުރަށް ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ
27 Aug 2026
ހަނދުގައި ފެން ހުރިތޯ ބަލަން ފޮނުވާ މިޝަން ޗައިނާއިން ފަސްކޮށްފި
27 Aug 2026
ތިނަދޫގެ އާބާދީ އޮޅުވައިލި މައްސަލަ: ޕީޖީއަށް ބަލައިގަނެ ދިރާސާކުރަނީ
ޕީޖީން ބުނީ ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ. މައްސަލާގައި އަޅާ ފިޔަވަޅުތައް ހާމަކުރަމުންދާނެ ކަމަަށް ވެސް ބުންޏެވެ
27 Aug 2026
މިދިޔަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149.2 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުން ހޭދަކޮށްފައިވަނީ އޮންނަ އުސޫލުގެ މަތިންނެވެ. އެގޮތުން ހަރަދު ކުރުމުގައި މައްސަލައެއް ނެތްކަން އޮޑިޓަރުގެ ރިޕޯޓުން ފާހަގަވެއެވެ
27 Aug 2026
ޕާކިސްތާނުގައި އަނެއްކާވެސް ހަމަލާދީ ބަޔަކު މަރާލައިފި، ހަމަލާތައް އިތުރުވަނީ
މި ހަމަލާ ދިން މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.