ރޮޒެއިނާ އާދަމް-- ފޮޓޯ: ރާއްޖެ އެމްވީ
ހަބަރު
06 Nov 2022 | 10:03
ރައީސް ނަޝީދުގެ ދަތުރުފުޅަށް މަޖްލީހުން ޚަރަދު ނުކުރެއޭ ބުނުމަކީ ހައްލެއް ނޫން: ރޮޒެއިނާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް މިސްރަށް ކުރައްވަމުންދާ ދަތުރުފުޅަށް ރައްޔިތުންގެ މަޖިލީހުން ޚަރަދެއް ނުކުރެއޭ ބުނުމަކުން އެކަމާއި ގުޅިގެން އުފެދޭ އެހެން މައްސަލަތައް ހައްލު ނުވާނެ ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވީ، މިޞްރުގެ ޝަރްމުއްޝައިޚްގައި މިހާރު ކުރިއަށްދާ އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަވަށްްޓެރި ސްރީލަންކާ ތަމްސީލް ކުރައްވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް އެކަމަށް އަމާޒުވެފައި ވަނިކޮށް، އެމަނިކުފާނުގެ އެ ދަތުރުފުޅަށް ރައްޔިތުންގެ މަޖިލީހުން ޚަރަދު ނުކުރައްވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނުމާއި ގުޅިގެންނެވެ. 

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް، ރާއްޖެ ބައިވެރިވާ ފޯރަމެއްގައި އަމުދުން އެހެން ޤައުމެއް ތަމްސީލު ކުރެއްވިދާނެތޯ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އާ ސުވާލެއް ކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރެވޭނެ ކަމަށް އޭނާގެ ބުއްދި އަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ. 

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ، ރައީސް ނަޝީދު ގެ އެ ދަތުރުފުޅަށް މަޖިލީހުން އެއްވެސް ޚަރަދެއް ނުކުރާކަމަށް ބުނުމަކުން ހައްލެއް ނެތް ކަމަށެވެ. 

"އިރުކޮޅަކުން އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާވެސް ވަޑައިގަންނަވަންވީ ދެއްތޯ ޔޫއެން އަށް ސްރީލަންކާ ތަމްސީލު ކުރަން. ދެން ރައީސް އޮފީހުން ޚަރަދު ނުކުރަމޭ ބުނީމަ ނިމުނީ؟ މީ ކޮންކަހަލަ ކަމެއް؟" އޭނާ ވަނީ ސުވާލު އުފައްދަވައިފައިވެއެވެ.

ރޮޒައިނާގެ އިތުރުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވެސް ވަނީ ރައީސް ނަޝީދު ލަންކާ ތަމްސީލު ކުރެއްވުމަކީ ގާނޫނު އަސާސީ އާއި ޚިލާފް ކަމެއް ކަމުގައި ވިދާޅުވެފައެވެ. 

ކޮމެންޓް
ބިސް ޓްރޭޑަރޒް
ގާނޫނު ހިނގާތަ ނަޝީދުއަށް؟
06 Nov 2022
ޢަޙުމަދު.
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނަވައިގެން އެމަޖިލިހުގެ މުސާރަވެސް ލިބޭގޮތަށް ހުރެ ލަންކާ ތަމްސީކުރާކަށް ނަޝިދަކަށް ދެވިގެނެއްނުވާނެ. މިކަމުގެ ބޭނުމަކީ ދެކޮޅުން ކެއުން.
06 Nov 2022
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.