ޝިފާއު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
07 Nov 2022 | 09:58
ކޯޓުތަކުން އަދުލު އިންސާފު ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ކަށަވަރުކޮށްދީފި: ޝިފާއު

ދިވެހިރާއްޖޭގެ ކޯޓުތަކުން ރައްޔިތުންނަށް އަދުލު އިންސާފު ލިބިގެންދާނެކަން މި ސަރުކާރުން ކަށވަރުކޮށްދީފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. 

ޝިފާއު މި ފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ހެއްކާއި ބެހޭ ބިލަށް ބަހުސްކުރައްވަމުންނެވެ. 

އެ ބިލަށް ބަހުސް ކުރައްވަން ފައްޓަވަމުން ޝިފާއު ވިދާޅުވީ، ޝަރުއީ ދާއިރާއާއި ކޯޓުތަކަށް އިންތިހާއަށް ނުފޫޒު ފޯރުވާ ފަނޑިޔާރުންނަށް ބިރުދެއްކި ވެރިކަމެއް ދިވެހިން ތަޖުރިބާކޮށްފައިވާކަމަށެވެ. 

އެހެން ނަމަވެސް މިއަދު އެ ހާލަތު ބަދަލުވެ ރާއްޖޭގެ ޝަރުއީ ދާއިރާ ވަރަށް ބޮޑަށް އިސްލާހު ކުރެވިފައިވާަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން ވަނީ ކޯޓުތަކާއި މެދު އޮތް އިތުބާރު އަލުން އަނބުރާ ނަގަހައްޓާދީފައި ކަމަށާއި، ކޯޓުތަކުން ރައްޔިތުންނަށް އިންސާފު ލިބޭނެކަން މި ޝަރުކާރުން ކަށަވަރުކޮށްދީފައިވާކަމަށް ޝިފާއު ވިދާޅުވިއެވެ. 

"ދެކެމުން މި ދަނީ ޝަރުއީ ނިޒާމު މިނިވަންކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަމިއްލަ އިސް ނެންގެވުމުގައި އެތައް މަސައްކަތެއް ކުރާ ޒަމާނެއް، މިއަދު ރައްޔިތު މީހާއަށް އޮތް ހިތްހަމަ ޖެހުމަކީ ރައްޔިތު މީހާ އާއި ގުޅޭގޮތުން ރާއްޖޭގެ ޝަރުއީ ކޯޓެއްގައި މައްސަލައެއް ހިނގިކަމުގައި ވިޔަސް، އެކަމަށް އަދުލުވެރި ހުކުމެއް ލިބޭނެ ކަމުގެ ޔަގީންކަން"

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު

ޝަރުއީ ދާއިރާ އިސްލާހުކޮށް ކޯޓުތަކަށް އޮތް ނުފޫޒު މި ސަރުކާރުން ނައްތާލާފައިވާކަމަށް ޝިފާއު ވިދާޅުވިނަމަވެސް، ޝަރުއީ ދާއިރާ އިސްލާހުކުރުމަށް މި ސަރުކާރުން ވީ އެންމެ ބޮޑު ވައުދު މިހާތަނަށް ފުއްދާފައި ނުވާކަން ފާހަގަކޮށްލެވެއެވެ. 

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށައެޅި މެނިފެސްޓޯގައި އަދުލު އިންސާފު ގާއިމުކޮށް ކޯޓުތަކަށް އޮތް ނުފޫޒު ނައްތާލުމަށް ކޯޓުތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ޖުޑިޝަލް ސާރވިސް ކޮމިޝަންގެ ކޮމްޕްސިޝަން ބަދަލުކުރާނެކަމަށް ބަޔާންކޮށްފައިވެއެވެ. 

އެހެން ނަމަވެސް ޖޭއެސްސީ އެތުރިފައިވާ ގޮތް ބަދަލުކުރުމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު 3 ފަހަރުމަތިން ހުށައެޅުމުންވެސް އެ ބިލު ބަލައިގެންފައެއް ނުވެއެވެ. އަދި އެފަހުން ސިޔާސީ މީހުން ޖޭއެސްސީގައި ތިބެން ނުޖެހޭކަމަށް މީގެ ކުރިން އެމްޑީޕީއިން ބުނަމުން ދިޔަ ސްޓޭންޑްވެސް ވަނީ ބަދަލުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.