މަޖިލިސް
ހަބަރު
10 Nov 2022 | 10:21
ޗާގޯސް މައްސަލާގައި ސަރުކާރުން މައުލޫމާތު ހިއްސާ ނުކުރާ ކަމަށް މަޖިލީހުން ބުނެފި

ރާއްޖެ-މޮރިޝަސް އިމުގެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވި ވާހަކަ ރައްޔިތުންގެ މަޖިލީހުން ދޮގު ކޮށްފި އެވެ.

މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުވި ސޓީ އާއި އދ. ގެ ޖެނަރަލް އެސެމްބްލީގައި ރާއްޖެއިން މިހާތަނަށް ނަގަމުން އައި ސްޓޭންޑް ބަދަލުކޮށްފައިވާ ކަން މަޖިލީހަށް މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

އަދި އޭގެ އިތުރުން އައިސީޖޭ އިން ނިންމި ނިންމުން ތަންފީޒުކޮށް، ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރަށް ރާއްޖެއިން ތާއީދުކޮށް ވޯޓުލާން ނިންމާފައިވާ ކަމެއް ވެސް މަޖިލީހަށް ހިއްސާ ކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މިއާއެކު މަޖިލީހުގެ ބަޔާނުގައި ބުނީ މޮރިޝަސްގެ އިމުގެ މައްސަލަ އަކީ ދިވެހި ދައުލަތުގެ ސިޔާދަތާ ގުޅުން ހުރި ކަމަކަށް ވާތީ އެކަން ބަޔާންކޮށް އަމިއްލަ ފަރާތަކުން މަޖިލީހަށް ފޮނުވި ސިޓީއަކާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރުމަށް އެޓާނީ ޖެނަރަލާއި އޭޖީ އޮފީހުގެ ކަމާ ގުޅުން ހުރި ބޭފުޅުން ބައްދަލު ކުރައްވަން އެ އޮފީހަށް ދެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ޖަވާބުގައި ޓްރައިބިއުނަލް އަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ މައުލޫމާތު ހިމަނައި ދެ ސިޓީއެއް އޭޖީން މަޖިލީހަށް ފޮނުވި ކަމަށް މަޖިލީހުން ބުންޏެވެ. ނަމަވެސް އަޑު އެހުންތައް ބޭއްވުމާ ހަމައަށް އެ ލިޔެކިޔުންތަކުގެ ސިއްރު ހިފަހައްޓަން ޖެހޭ ކަމަށާއި އޭގެ ފަހުން އިތުރު އެއްވެސް މައުލޫމާތެއް މަޖިލީހަށް ހިއްސާ ނުކުރާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ވުމާއެކު މަޖިލީހަށް ހުށަހަޅަން ޖެހޭ ކަންކަމާއި ރުހުން ހޯދަން ޖެހޭ ކަންކަމުގެ އިޖުރާއަތްތައް އޮންނަ ގޮތް އޮޅޭ ގޮތަށް މަސްއޫލުވާ ފަރާތްތަކުން މައުލޫމާތު ނުފެތުރުމަށް ވެސް މަޖިލީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އިމުގެ މައްސަލައިގެ އެއްވެސް ކަމެއް މަޖިލީހަށް ނާންގާ ބައެއް މެންބަރުން، ވިދާޅުވަމުން ދަނިކޮށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރިފްއަތު ވިދާޅުވީ ފެބްރުއަރީ 17، 2022 ގައި އެ މައްސަލައިގެ މައުލޫމާތު ކަރުދާސްތައް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

"[މަޖިލީހަށް ފޮނުވި] ސިޓީއާ އެކީ ހުށަހަޅާފައި ވާނެ މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ އާއި މޮރިޝަސްގެ ފަރާތުން ދީފައި އޮތް ޖަވާބާއި ރާއްޖެއިން ދީފައިވާ ޖަވާބާއި ކަމާ ގުޅޭ ގޮތުން. ހުށަހެޅިފައި ހުރި ޗާޓުތަކުގެ ކޮޕީ އާއި އެ ބާވަތުގެ ލިޔެކިޔުންތައް،" ރިއްފަތު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ