ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: އަވަސް
ހަބަރު
12 Nov 2022 | 11:03
ރަޖިސްޓްރީ ހެދޭނީ ތަފްސީލު ދީގެން، ބިދޭސީންގެ މައުލޫމާތު ހޯދަން އެދުނުތާ 2 އަހަރު!

ތޮއްޖެހިގެން ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅެމުންދާ ބިދޭސީންގެ ތަފްސީލު ހާމަކުރުމަށް ގޮވާލާ އެމްޑީޕީގެ ކުރީގެ ޗެއަރޕާރސަން އަދި ޕީޖީ ލީޑަރު މޫސަ މަނިކު (ރީކޯ މޫސަ) ދެއްކެވި ވާހަކަތަކަށް މާލޭ ސިޓީކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރައްދުދެއްވައިފިއެވެ. 

މީގެ ދެ ދުވަސްކުރިން މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާ 11 މީހުން ނިޔާވުމާއި ގުޅިގެން ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅެމުންދާ ބިދޭސީންގެ ވާހަކަތައް އަނެއްކާވެސް ވަނީ ދައްކަން ފަށައިފައެވެ. 

އެގޮތުން ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވަނީ މާލޭސިޓީ ގެ ދިރާސާއެއްކުރައްވާފައިވާނަމަ ގަރާޖްހުރިއަދަދާ ގަރާޖްނެތި މަގުތައްމަތީ ވެހިކަލްމަރާމާތުކުރާއަދަދުތަކާއި ކުދި ކޮޓަރިތަކުގަ ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންގެ ސައްޙަރިޕޯޓު މާލޭރައްޔަތުންނަށް ހާމަކޮށްދެއްވުމަށް މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު އަރިހުން އެދިލައްވާފައެވެ. 

ރީކޯ މޫސަގެ އެ ޓްވީޓަށް ރައްދުދެއްވަމުން ޝުޖާއު ވިދާޅުވީ މާލޭ ސަރަހައްދުގައި ދުއްވާ އެއްގަމު އުޅަނދުފަހަރާއި، ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު ހޯދުމަށް ސަރުކާރުގައި މާލޭ ސިޓީ ކައުންސިލުން އެދޭތާ 2 އަހަރު ވެފައިވާކަމަށެވެ. 

އެފަދަ ސައްހަ ރަޖިސްޓްރީއެއް ހެދޭނީ ސަރުކާރުން ފޯރުކޮށްދޭން ޖެހޭ މައުލޫމާތުތައް ފޯރުކޮށްދީގެންކަމަށާއި، މައުލޫމާތު ހޯދަނަ އެދުނުތާ 2 އަހަރުވެގެން ދިޔައިރުވެސް ސަރުކާރުން އެ މައުލޫމާތު ފޯރުކޮށްދީފައި ނުވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ޤާނޫނުގައި ކައުންސިލުން ކުރުމަށް ލާޒިމުކޮށްފައިވާ ކަންކަން ނުކުރެވި ލަސްވަނީ އަދި އެކަންކަން ނުކުރެވިގެން ކައުންސިލަށް ދަތިވެގެން އުޅެނީ ސަރުކާރުން އެއްބާރުލުން ނުދޭތީކަމަށެވެ. 

ޝުޖާއު ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުމުގެ ނަމުގައި ވިޔަވަތި ކޮންފަރެންސްއެއް އެކަނި ބާއްވާލުމުން ކައުންސިލްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުވެގެން ނުދާނެކަމަށެވެ. ސަރުކާރުގެ މުއައްސަސާތަކުން ކައުންސިލްގެ ކަންކަމުގައި ފަރުވާ ކުޑަކުރާކަމަށާއި، ކައުންސިލްތަކުން ކަންކަމަށް އެދުމުން އެއް މުއައްސަސާ އަނެއް މުއައްސަސާގެ ބޮލަށް ކަންކަން ޖަހަމުންދާކަމަށްވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ. 

ޕީޕީއެމް މެޖޯރިޓީ މާލޭ ކައުންސިލަށް ލިބުމުން ސަރުކާރުން، އެ ކައުންސިލަށް އެއްބާރުލުން ނުދޭ ޝަކުވާ މާލޭ ސިޓީ ކައުންސިލުން މީގެ ކުރިންވެސް އެތައް ފަހަރަކު ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.